ސްކޫލް ގައިޑު

ބީއެމްއެލް ކިޑްސް ސޭވާ: ދަރިންގެ މުސްތަގުބަލަށް ހަރުދަނާ ފިޔަވަޅެއް

ބީއެމްއެލް ކިޑްސް ސޭވާސް އެކައުންޓަކީ ދަރިންގެ މުސްތަގުބަލަށް ފައިސާ ރައްކާކުރުމަށް ބީއެމްއެލްއިން ފަހިކޮށްދީފައިވާ ފުރުސަތެއް. -- ބީއެމްއެލް

ދަރިންގެ މުސްތަގުބަލަށް ފައިސާ ރައްކާކުރުމަކީ އެ ކުދިންގެ މުސްތަގުބަލް އުޖާލާކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެކެވެ. ކުދިން ބޮޑުވެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ނުވަތަ މަތީ ތައުލީމަށް ދިއުމަށް ނުވަތަ ކުއްލި މާލީ ދަތިކަމެއްގައި ދަރިންގެ ކަންތައްތައް ފުރިހަމައަށް ގެންދިއުމަށް މިގޮތަށް ރައްކާކުރާ ފައިސާ އަކީ ބޮޑު އެހީއަކަށް ވާނެ އެވެ.

ދަރިންގެ މުސްތަގުބަލަށް ފައިސާ ރައްކާކުރުމަށް ހިތްވަރުދީ، އެ ކަމަށް ލުއި ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން ބީއެމްއެލްއިން ވަނީ "ކިޑްސް ސޭވާސް އެކައުންޓެއް" ތައާރަފްކޮށްފަ އެވެ. މި އެކައުންޓަކީ މައިންބަފައިންނަށް އެ މީހުންގެ 18 އަހަރުން ދަށުގެ ކުދިންނަށް ވަރަށް ފަސޭހަކަމާ އެކު ހުޅުވޭ އެކައުންޓެކެވެ. މަންމަ ނުވަތަ ބައްޕަގެ އިތުރުން ގާނޫނީ ގޮތުން ކުޑަކުއްޖަކު ބަލަމުންދާ މީހަކަށް ވެސް އޭނާ ބަލަހައްޓަމުންދާ ކުއްޖާއަށް މި އެކައުންޓު ހުޅުވައިދެވޭނެ އެވެ. އަދި ބޭނުންވާ ނަމަ ބީއެމްއެލް އިސްލާމިކްގައި ވެސް ކިޑްސް ސޭވާ އެކައުންޓެއް ހުޅުވިދާނެ އެވެ.

ދިވެހި ރުފިޔާ އަދި ޑޮލަރު އެކައުންޓުގެ ގޮތުގައި ކިޑްސް ސޭވާސް އެކައުންޓު ހުޅުވޭނެ. -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓް 100ރ. ނުވަތަ 10 ޑޮލަރުން ހުޅުވޭނެ އެވެ. ކިޑްސް ސޭވާ އެކައުންޓުގެ ރުފިޔާ އެކައުންޓަށް ފައިދާގެ ގޮތުގައި އަހަރަކަށް ދެ ޕަސެންޓު ލިބޭއިރު ޑޮލަރު އެކައުންޓަށް ފައިދާގެ ގޮތުގައި 1.5 ޕަސެންޓު ލިބޭނެ އެވެ.

ކިޑްސް ސޭވާ އެކައުންޓަށް އިންޓަނެޓް ބޭންކިންގެ ހިދުމަތް ލިބޭނެ އެވެ. މި ހިދުމަތް ބޭނުންކޮށްގެން އެކައުންޓު ބަލައިލެވޭނެ އެވެ. އެކައުންޓުން ފައިސާ ނުނެގުމަށް ބާރު އެޅުމުގެ ގޮތުން އިންޓަނެޓް ބޭންކިން އަދި ކާޑު ބޭނުންކޮށްގެން މި އެކައުންޓުން މުއާމަލާތެއް ނުކުރެވޭނެ އެވެ. ކުއްޖާއަށް 18 އަހަރުފުރުމުން ބެލެނިވެރިންގެ އަތުން އެކައުންޓު އޮޕަރޭޓުކުރުމުގެ ހުއްދަ ބާތިލުވެ، އެ ކުއްޖާއަށް އެ އެކައުންޓު އޮޕަރޭޓްކުރުމުގެ ބާރު ލިބޭނެ އެވެ. އަދި އެ އެކައުންޓަކީ އާއްމު ސޭވާސް އެކައުންޓަކަށް ބަދަލުވާނެ އެވެ.

މި އެކައުންޓު ހުޅުވުމަށް ފަހު ފަހު ބެލެނިވެރިން ބޭނުން ނަމަ، އެ ކުއްޖަކަށް އެކައުންޓު މެދުވެރިކޮށް ޓޮޕްއަޕްކުރެވޭ ޕްރީޕެއިޑް ކާޑެއް ހެއްދޭނެ އެވެ. މި ކާޑަކީ މަންތުލީ އެލަވަންސެއް ދިނުމުގެ ގޮތުން ބެލިނިވެރިންނަށް ބީއެމްއެލްއިން ދީފައިވާ ފުރުސަތެކެވެ. އަދި މިއީ ފައިސާ އަތަށް ދިނުމުގެ ބަދަލުގައި ކާޑުން މުއާމަލާތްކުރުމުގެ ފުރުސަތު ކުދިންނަށް ދީ، ރައްކާތެރި ގޮތެއްގައި ފައިސާ ގެންގުޅުމަށް ކުދިންނަށް ދެވޭނެ ފުރުސަތެކެވެ.

ކިޑްސް ސޭވާސް އެކައުންޓު ހުޅުވާފައިވާ ކުދިންނަށް އެ އެކައުންޓު 18 އަހަރުވުމުން ލިބޭނެ. -- ފޮޓޯ: ބީއެމްއެލް

ކިޑްސް ސޭވާސް އެކައުންޓު ހުޅުވާފައިވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ނަގާ ގުރުއަތުން 20 މީހަކު ހޮވާނެ އެވެ. މިއިން ކޮންމެ ފަރާތަކަށް 2،500ރ. ލިބޭނެ އެވެ. މި ފައިސާ ޖަމާކުރާނީ ކިޑްސް ސޭވާސް އެކައުންޓަށެވެ.

މި އެކައުންޓު ހުޅުވުމަށް ބޭނުންވާނީ ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓާއި އައިޑީކާޑެވެ. މެއިން ބްރާންޗް ފިޔަވައި ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ކިޑްސް ސޭވާ އެކައުންޓް ހުޅުވޭނެއެވެ. މާލޭގައި ނަމަ އެކައުންޓް ހުޅުވައިދޭނީ މާލޭ ސްކޮޔާ (ގާކޮށި) އިންނެވެ.

މިއީ ދަރިންގެ މުސްތަގުބަލު އުޖާލާކޮށް ދަރިންނަށް މާލީ ފުދުންތެރިކަން ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ފަހި ކޮށްދީފައިވާ ފަސޭހަ މަގެކެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454