ތިލަފުށި ބްރިޖް މަޝްރޫއަށް ދިން 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ކ) އާއި އެގްޒިމް ބޭންކުގެ ޖެނަރަލް މެނޭޖަރު ނިރުމިތު ވެޑް އަތްޖައްސާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޖޫން 2023 - 12:55
މިދިޔަ އަހަރު އަށް ލޯނަކަށް 6.2 ބިލިއަން ރުފިޔާ ނަގާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ބޭރުގެ ގައުމުތަކުން ނެގި ލޯނުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނަގާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެ ބޭންކުން، ދެ ޕްރޮޖެކްޓަކަށް 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން އެއް ލޯނު ނަގާފައި އޮތީ ފުލުހުންގެ ޕޮލިސް ސްޓޭޝަންތަކާއި ކަސްޓޯޑިއަލް ފެސިލިޓީތަކެއް ހެދުމަށެވެ. ދެވަނަ ލޯނު ނެގީ ލައިން އޮފް ކްރެޑިގެ ދަށުންނެވެ.
މިދިޔަ އަހަރު ވަނީ 111 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަށް ވެސް ނަގާފަ އެވެ.
މިދިޔަ އަހަރު ފެށުނު އިރު ބަޖެޓު ސަޕޯޓުގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ނަގާފަ އެވެ.
މިދިޔަ އަހަރު ހަ ބިލިއަން ރުފިޔާގެ ލޯނު ނެގި އިރު މިދިޔަ އަހަރު ވަނީ ފަސް ލޯނަކަށް ސަރުކާރުން ގެރެންޓީ ވެސް ދީފައިވެ އެވެ. އެ ލޯނުތަކުގެ އަދަދު 7.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއެމްއޭ އިން ނެގި ކަރެންސީ ސްވޮޕަކަށް ދިން ގެރެންޓީ އާއި އެސްޓީއޯ އާއި އެމްއޭސީއެލް އާއި ބީއެމްއެލް އިން ނެގި ލޯނަކަށް ދިން ގެރެންޓީ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2019 އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަންޏަށް 46 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ.
ރާއްޖޭގެ ދަރަނި އެހާ ބޮޑަށް އިތުރުވެފައި ވަނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވެ، ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ލޯނު ނަގަންޖެހުމުންނެވެ. ކޮވިޑްގެ ކުރިން ރާއްޖޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 79 ޕަސެންޓުގަ އެވެ. އެއީ 68 ބިލިއަން ރުފިޔާ އެވެ.
މިހާރު ދައުލަތުގެ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން 49 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އަދި އެތެރޭގެ ދަރަންޏަކީ 59 ބިލިއަން ރުފިޔާ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 113 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
21 June 2023
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2019 އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަންޏަށް 46 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. މިހާރު ދައުލަތުގެ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގަ އެވެ. ވެރިކަން ބަދަލުވެ މިނިވަން އޮޑިޓް އެއް ކޮށްފިނަމަ އެތައް ބިލިއަން ރުފިޔާ އެއް ލިބޭނެ އެވެ. އަދި މައްސަލަ ބަލައިފި ނަމަ ބަޔަކު ޖަލަށް ދާނެ އެވެ. މިކަން ވާނީ އާ ބަޔަކަށް ވެރިކަން ދީގެންނެވެ.
ބޮޑުމީހާ
21 June 2023
ލޯނު ނަގައިގެން ބަދަލު ދިނުމާއި ސިޔާސީ މީހުންނަށް މިލިއަނުން މުސާރަ ދިނުން..ސާބަހޭ އިބޫ
އެދުރުކަލޭގެފާނު
21 June 2023
ކައި ހުސްކޮށްފި! އަދިވެސް މިމީހުންގެ ފަހަތުން ދުވަންވީ؟؟ ޑޮލަރުގެ އަގު އަތްނުފޯރާ އަދިވެސް ދައުލަތް ރޮލާއި ކާން އިތުރު ދައުރެއްދޭންވީ؟