24 ޖޫން 2023 - 11:11
އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި، ބުރާސްފަތި ދުވަހުގެ ރޭ ބުޓާނާ ދެކޮޅަށް ކުޅުނު މެޗުން، ދިވެހި ޓީމު މޮޅު ވިޔަސް ރާއްޖެއިން ދެއްކި ކުޅުމާ މެދު ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެވެ. ގާތްގަނޑަކަށް ދޮޅު މަސް ދުވަހު ތަމްރީންގައި ހޭދަކޮށްގެން ބޫޓާނާ ދެކޮޅަށް ކުޅެން ޖެހޭނީ މި ކަހަލަ ދަށް ގޭމެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ.
ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޯސްޓާ ރާއްޖޭގެ މެޗުގެ އެނަލިސިސްއެއް އޭނާގެ ފޭސްބްކްގައި ލިޔެފައި ވެއެވެ. އޭނާ ބުނީ މިހާ ދަށް މެޗެއް ރާއްޖެއިން ކުޅެފައި ނުވާ ކަމަށެވެ.
"ކުރިން ހުރި ނެދަލެންޑްސްގެ ކޯޗު [މާޓިން ކޫޕްމަން] އަދި އޭގެ ކުރިން ހުރި ކްރޮއޭޝިއާގެ ކޯޗު [ޕީޓާ ސެގަޓް] އަދި 2021 ގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކޯޗު [އަލީ] ސުޒޭންގެ ކޯޗު ކަމުގެ ދަށުން ކުޅުނު މެޗުތައް އަހަރެން ބެލިން. އެކަމަކު މި މެޗުހާ ދަށް މެޗެއް އަހަރެން ނުދެކެން،" ސިމާއޯ ލިޔެފައި ވެއެވެ.
ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގައި: އެ މެޗުން ރާއްޖެ ދެއްކި ކުޅުމާ މެދު ގިނަ ބަޔަކު ހިތްހަމައެއް ނުޖެހޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ބުނީ ބޫޓާން މެޗުގައި، ރާއްޖޭގެ ގޭމް ކުޅޭނެ ގޮތުގެ އައިޑިއާއެއް އަދި ޕްލޭނެއް ނެތް ކަމަށެވެ.
"ރާއްޖެ މޮޅުވީ އިންޑަވިޖުއަލް ހުނަރުވެރި ކުޅުންތެރިން އެ ކުޅުންތެރިންގެ އެ ސްކިލްސް ބޭނުން ކޮށްގެން،" ސިމާއޯ ބުންޏެވެ.
"މުޅި މެޗުގައި މެދުނުކެނޑި ފަސް ހަ ޕާސް ވެސް ރާއްޖެ އަށް ކުރެވިފައި ވޭތޯ ބަލާ. ނެތް. އަރިމަތިން ބޯޅަތަކެއް ސަޕްލައިކޮށްގެން ކުޅެވިފައެއް ނެތް."
މިދިޔަ އަހަރު މާޗް މަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އިރު ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ސިމާއޯ ބުނީ އެ މެޗުގައި ރާއްޖޭގެ ވިންގުން ހަމަލާތަކެއް އުފައްދާފައިވާނެ ކަމަށެވެ. އަދި މިޑްފީލްޑާއި އެޓޭކުގައި ގުޅުން ރަނގަޅު ވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދިނެވެ.
އެކަމަކު ބޫޓާން މެޗުގައި އެކަމެއް ނުފެނުނެވެ. ސިމާއޯ ބުނީ ބޫޓާނާ ދެކޮޅަށް ފަސް ޑިފެންޑަރުން ފަހަތުގައި ތިބެގެން މެޗު ކުޅެން ޖެހޭ ސަބަބެއް އޭނާ އަށް ނުވސްނޭ ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ: މެޗުން މޮޅުވުމުން އޭނާ ހުރީ އުފަލުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެންމެންގެ ފާޑު ކިޔުންތައް ހުރި ނަމަވެސް ގައުމީ ކޯޗު މޮރިއޭރޯ ހުރީ ހިތްހަމަޖެހިގެންނެވެ.
އެކަމަކު މުބާރާތުގެ ފުރަތަމަ މެޗުގައި 35 މިނެޓް ނުވަނީސް ކުޅުންތެރިންގެ ވަރުބަލިކަން ފެނުނެވެ. ޔެސް ޓީވީން ގެނެސްދިން މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ ކިތަންމެ ވަރަކަށް ޓްރޭން ކުރިޔަސް މެޗުތަކެއް ނުކުލޭހާ ހިނދަކު ޓީމުގެ ފެންވަރެއް ނޭނގޭނެ ކަމަށެވެ.
"އެހެންވެ މުބާރާތަށް ތައްޔާރުވާ އިރު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ޖެހޭނީ. އެ މެޗތަކުން އެނގޭނީ ޓީމުން ރަނގަޅު ކުރަން ޖެހޭ ކަންކަން،" 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ސޮބާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕަށް ދިޔަ ޓީމުތަކުގެ ތެރެއިން ޕްރެކްޓިސް މެޗެއް ވެސް ނުކުޅެ މުބާރާތަށް ދިޔަ ހަމައެަކނި ޓީމަކީ ރާއްޖެ އެވެ. ސިމާއޯ ވެސް ބުނީ ރާއްޖޭގެ ތައްޔާރީތަކުގައި މައްސަލަ ހުރިކަން މެޗުން އެނގޭ ކަމަށެވެ.
"ކޯޗަކަށް އަންޑަސްޓޭންޑެއް ނުވޭތަ ޓީމު ފަހަތަށް ފައިބައިގެން ތިބްޖެހުނު ސަބަބެއް؟ ގޭމްގައި އިންޓެންސިޓީއެއް ނެތީ ކީއްވެ؟ ރަނގަޅު ފުޓްބޯޅައެއް ނުކުޅެވުނީ ކީއްވެ؟ ކީއްވެ ރަނގަޅު އޮގަނައިޒް ގޭމް ޕޭލޭނެއް ނެތީ؟ ޓީމު ތިބީ ވަރުބަލިވެފަ. ކީއްވެ އެހެންވާން ޖެހެނީ؟ އެއީ ތައްޔާރުވުމުގައި މައްސަލަ އުޅޭތީ." ސުވާލު އުފައްދައި އޭނާ ލިޔުނެވެ.
"ކުޅުންތެރިން މުބާރާތަށް އަންނަ އިރު ދަމަހައްޓަން ޖެހޭ ފިޒިކަލް ކޮންޑިޝަން ކޯޗަށް ދެމެހެއްޓިފައެއް ނެތް."
މާދަމާ ރާއްޖެއިން ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. ރާއްޖެއިން ބޫޓާން މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު ބަންގްލަދޭޝް މެޗަށް ނުކުންނާނީ އެއްވަރުކޮށްލައިގެން ފުއްދާލަން ކަމަށް ސިމާއޯ ލަފާ ކުރެ އެވެ. އެކަމަކު ސާފް ޗެމްޕއިންޝިޕްގައި މިދިޔަ 20 އަހަރު ތެރޭ ރާއްޖެއިން އަބަދު ވެސް ބަންގްލަދޭޝް ބަލިކޮށްފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންސްޓޭ
25 June 2023
ދިވެހިންނަށް ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެވުން އިރެއް ބުނެބަލަ. ކުޅުންތެރިން ޖެހޭނީ ބިނާކުރަން. އެކަމެއް ނެތް މިރާއްޖޭގަ ކުރެވިފައެއް. ޓެކްނިކަލް އެބިލިޓީއެއް ހުރީކީ ނޫން. ބުންވަރެއް ހުރީކީ ނޫން. ގައުމަށްވެސް ހުތުރު. ގޭމަށްވެސް ހުތުރު.
ކިރު ސައި
25 June 2023
ދިވެހިންނަށް ތިކަމެއް ނުވާނެ. އަޚްލާގެއް އަދަބުވެރިކަމެއް ނެތް ބައެއް. ކޮފީއަށްގޮސް މޭޒުމައްޗައް ފައި ލައިގެން ފޯނާ ކުޅެން ތިބޭ.
އިސްލާހު
24 June 2023
މިފަހަކަށް އައިސް މި ރީޖަންގެ އެންމެ ދަށް ޓީމަކީ ރާއްޖެ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބަކީ ތޯ އެވެ ؟ ސާކް ސަރަހައްދުން އެންމެ ދަށް ޤައުމުތަކުގެތެރޭގައި މިހިމެނެނީ ސްރީލަންކާ އަދި ބޫޓާން އެވެ. އެޓީމުތަށް ވެސް މިހާރު ބަލިކުރެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް މިހާރަކު ނޯވެއެެވެ. ސްރީލަންކާ އަދި ބޫޓާން އާ ދެކޮޅަށް ޤައުމީޓީމް ފަހުން ކުޅުނު މެޗުތަކުން އެކަން އިނގޭނެއެވެ.
ހާލަތު23
25 June 2023
ލީގު ކަޑަވުން.. އެފް.އޭ.އެމްގެ ހަރުދަނާކަމެއް ނެތި ލަޓޯފަޓޯވުން.. އެސޯސިއޭޝަނުގަ ނެތްކަމެއް ލީގަކުވެސް ޤައުމީ ޓީމަކު ވެސް ނުހުންނާނެ.. މިއއީ ޓީމުގެެ ނޫނީ ކޯޗުގެ މައްސަލައެއް ނޫން.. ގާޑިއޯލާ ނޫނީ އަންޖަލޮއްޓީ ގެނަޔަސް މި ރާއްޖޭގަަ ފުޓުބޯޅަ މި އޮތް ގޮތުން ޓީމު ދާނީ ހަމަ ޗޮކުން..
ާއަލިމޯޑު
24 June 2023
ކޯޗަށް އިނގިރޭސި އެއް އެނގެނީއެއް ނޫން.ކުޅުންތެރިންނަށް އިޓަލީ ބަސް އެނގެނީއެއް ނޫން.އެފްއޭއެމް އިން ކީއްވާނީ ކުޑަމިނުން އިޓަލީބަސް އެނގޭ ދިވެއްސެއް ޓީމުގެ ކޮންމެވެސް އޮފިޝަލެއްގެ ގޮތުގަ ގެންދަން. ކީއްކުރަން އިނގިރޭސި ބަސް ނޭނގޭ މީހަކު ކޯޗަކަށް ގެންނަންވީ. މޮރިއޭރޯ އަކީ މޮޅަށް ބޯޅަ ކުޅެފަ ހުއްޓަސް ކޮންމެ ގޮތެއް ހަދާފަ ވެސް ގެންނަހާ މޮޅު ކޯޗެއްވެސް ނޫން.
ޒ ދުެހދުެ
24 June 2023
ރަނގަޅު، ހަމަ ތަޅާ ބޭލީ، ނަސީބު ރަނގަޅު ކަމުން 2 ގޯލު ޖެހިފަ އިނީ
އިސްމާލު 2.0
24 June 2023
ފުޓުބޯޅަ އެބަކުޅޭތަ ދިވެހިން؟؟
ޖަހާމުގުރި
24 June 2023
ދުނިޔޭގެ ހުރިހާ ގައުމެއްގެ ގައުމީޓީމުތަކުގެ ފޮޓޯތައް އެއްތަންކޮށްފަ ދެން ބަލާބަލަ ރާއްޖޭ ގައުމީޓީމުގެ ފޮޓޯއެއް، އޭރުން ތިވެގެންއުޅޭގޮތް އެނގޭނެ. ހަތަރުދަމު ފެންނުވަރާ ކަނޑުމަތީގަ މަހަށްނިކުމެތިބެފަ ރަށަށް ލަފައިގެންއުޅޭ ބަޔަކާ ތަފާތެއްނުފެނޭ، އަނެއްކާ ކިޔަނީވެސް ބާލިދީ، ކޮއްޗޭ އިސްކުރު، ބިމުދާއްބަ މިޒާތުގެ ނަންނަން، އަހަރެމެން ތިބަޔަކު ކުޅޭތަން ބަލާކަށް ބޭނުމެއްނޫން.
ތަކުރުބެއްޔާ
24 June 2023
ޓްރެއިނިންގް އަށް ފޮނުވީމަ ގޮސް ޗުއްޓީހަދާފަ އަންނަނީ.. ފުޓްބޯޅައަށް ކުރާ ހަރަދު ހުއްޓާލަގައި މި ކުދިންނަށް ޓްރެއިންން ދޭން ވީ . https://mihaaru.com/sports/122844
ޙެހހެ
24 June 2023
ބައްސާމު ލާރިކައިގެން ބަކީތާ ޓީމަށް ލިބޭނީ
ވެއްޓިއްޖެ
24 June 2023
ރާއްޖޭގެ ފްޓްބޯޅައިގެ ފެންވަރު ވެއްޓެމުންގޮސް މިސަރަހައްދުގެ އެންމެބަލިކަށިކަމައް ގިނަބަޔަކު ގަބޫލުކުރާ ބޫޓާނުގެ ފުޓްބޯޅައިގެ ފެންވަރާހަމައައް ވެއްޓިއްޖެ. ރޭންކުތަކުން ރާއްޖެކުރިހޯދިއަސް އެކަން މާގިނަ ދުވަހައް ދެމިއޮންނާނެ ކަމަކައްނުފެނޭ. ރާއްޖޭގެ ފުޓްބޯޅަ ހަލާކުކޮއްލުމުގެ މޭސްތިރިއަކީ ފުޓްބޯޅައާއިލާއަކުން ނިކުމެ ފުޓްބޯޅަހިންގުމާ ހަވާލުވި ބޭފުޅެއް. ފުޓްބޯޅައިގެ ފޯރިއާ ވާދަވެރިކަން ނައްތާލެއްވި، ލިބުނުހާފައިސާއެއް ބަދަލުދިނުމައް ހުސްކޮއްލި.