އެމްއާރުއެމްގެ ރަޖިސްޓްރީ ހަވާލުކުރަން ނޮވެމްބަރު، 2019 ގައި އީސީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމިޝަންގައި އޭރު ތިއްބެވި މެމްބަރުންނާ، އެމްއާރުއެމްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 ޖޫން 2023 - 21:14
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތައް ހުރިގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވާނެކަމުގެ އުއްމީދު ކުޑަ ކަމަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.
އެ ޕާޓީ އުވާލުމަށް އީސީން ކުރާ މަސައްކަތްތަކާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ރޫހާ ހިލާފަށް އީސީން ހިންގާ އަމަލުތަކުގެ ސަބަބުން އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އިންތިހާބު އިންސާފުވެރިވާނެ ކަމުގެ އުންމީދު ކުޑަވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ކަނޑައަޅައި އެމްއާރުއެމް އުވާލަން އީސީން ވަނީ މިދިޔަ މަހު ނިންމައިފަ އެވެ. ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި ޕާޓީގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އީސީން އެ ޕާޓީ އުވާލުމުގެ މަސައްކަތް މަޑުޖައްސާލަން ވަނީ އަމުރުކޮށްފަ އެވެ.
އެކަމަކު، އެ އަމުރު މުރާޖައާކުރަން ކޮމިޝަނުން މި މަހު ސިވިލް ކޯޓަށް ހުށަހެޅުމުން، މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ނިންމީ އެ އަމުރު މުރާޖައާކުރެވެން ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ޕާޓީ އުވާލުމަށް އީސީން ނިންމާފައިވާ މައްސަލާގައި ޖުޑީޝަލް ރިވިއު މައްސަލައެއް ވެސް ހަމަ އެ ދުވަހު ކޯޓަށް ހުށަހަޅާފައި ވެ އެވެ.
އެމްއާރުއެމް އިން ބުނީ އެ ޕާޓީ އުވާލުމަށް ނިންމި ކަމަށް ބުނެ އީސީން އިއުލާނު ކުރުމަކީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކުރިކަމެއްކަމަށް ޝައްކުކުރެވޭ ފަދަ ގޮތަކަށް ހިންގި ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ޕާޓީގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.
"އެމްއާރްއެމް އަކީ މިހާރު ވުޖޫދުގައި ނެތް ޕާޓީއެއްކަމަށް ދެކެވި، ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ސޮއި ކުރުމާއި މި ޕާޓީން 2023 ގެ ރިޔާސީ އިންތިހާބަށް ވަމުން އައި ތައްޔާރީތަކަށް ވެސް ވަނީ ހުރަސްއެޅިފަ އެވެ. މިފަދަ އެންމެހާ ގޮންޖެހުންތަކާއެކު ވެސް، ޒިންމާދާރު ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިސްލާހަށް މަސައްކަތް ކުރުމުގައި ފަސްޖެހުމެއް ނެތި އެމްއާރްއެމް ދެމި އޮންނާނެކަމުގެ ޔަގީންކަން ޕާޓީގެ ލޮބުވެތި މެންބަރުންނާއި ދިވެހި ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައި ވެ އެވެ.
މި ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރުއެމް އިން ބުނީ އީސީގެ އަމަލުތައް ހުރިގޮތުން އެ ކޮމިޝަންގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ގިނަބަޔަކު ގަބޫލު ކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ. އަދި ޕާޓީތަކުގެ ކަންކަން ބެލެހެއްޓުމުގައި ގާނޫނާއި ގަވައިދު އަދި އަމިއްލައަށް ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާ ތަން ވެސް ފެންނަ ކަމަށް ބުންޏެވެ.
ވޯޓުލާ މީހުންގެ ލިސްޓު ތައްޔާރު ކުރުން ފަދަ މުހިންމު ކަންކަމުގައި އެ ކޮމިޝަންގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ވަރުގެ ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކުރެވޭއިރު، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކާ އެ ކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަމަށް އެމްއާރުއެމްއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
24 June 2023
އިންތިޚާބުގައި މަކަރު ހަދައިގެން ކަމެއްކޮށްފަ ވާކަން ސާބިތުވާނެ ހެކި ހުށްޓާ އީސީން ބުނޭ އިންތިޚާބުގެ ނަތީޖާ އަށް އެކަމުން އެއްވެސް ބަދަލެއް ނާންނަކަމަށެވެ. ތެދެއްމެ! މީގެ މާނަޔަކީ އެބަޔަކަށް ހެދުނު އެއްޗެއް ހަދައިގެންވެސް ކާމިޔާބު ވެއްޖެނަމަ އިީސީ އޮންނާނީ އެމެޖޯރިޓީ މަކަރު ފަޅީގައެވެ.
ޕަޕަރާޒީ1
24 June 2023
އީސީ ގައި ތިބި ޕަޕަޓެން ބޭރުކުރޭ!
ކަތްދައްތަ
24 June 2023
މިދިޔަ ފަހަރުވެސް ގާނޫނާ އެއްގޮތަށް ރިޔާސީ އިންތިޚާބު ގެންދިއުމަށް ޝަރުޠުކޮށް 25 މިލިޔަން ޑޮލަރު ދިންކަމަށްވޭ އީސީގެ ބޮޑުންނަށް. ހަމަ އެގޮތް މިފަހަރުވެސް އޮންނާނެ ނޫންތޯ
އެޗް އެމް
24 June 2023
މައުމޫނިޒަމްގެ އަސަރު ފިލަން ވަގުތު ނަގާނެ. އެއީ 30 އަހަރު ތެރޭ ކޮންމެ ދުވަހަކު ތިންއިރަށް ރޭޑިއޯ ޓީވީ މެދުވެރިކޮށް އެންމެ މީހަކަށް ސަނާކީ ބައެއް. އަދިވެސް ކަންފަތުގަ އެއަޑުހުންނަހެން ހީވޭ..
ވަހީދުބެ
25 June 2023
ރައީސް މައުމޫނަށް ޒާތީގޮތުން ރުޅިއަންނަ ފަދައިން އެބޭފުޅާއަށް ސަނާ ކިއުމަކީ ވެސް އޮންނަންވާނެ ކަމެއް ކަމަށް ދެކެން. ވަރަށް ބޮޑަށް ޤާނޫނުތަކާއި ޚިލާފުވެ ފިތުނަ ފަސާދަ އުދެއްދި ބަޔަކު ޖަލުގައި ތެޅެން ޖެހުމަނީ އެމަނިކުފާނު އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމެއްނޫން.
އަންމަކަޅޭ
24 June 2023
ބައިޢަތު ހިފި އެންމެން ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރުނީމަ ސަލާމަތްވާންޖެހޭނީ ވެސް އަމިއްލައަށް
ޗާބޫކުން
24 June 2023
ކާކަށްތަަ އިނގޭނީ ކުރަން ހިތުލަފާ އީސީގެ މެމްބަރުން މިރާއްޖޭގެ އެތައް ހާސް ރައްޔިތުންނެއް އެކުވެ ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާރޓީ އެއް އުފައްދަން ރެއާއި ދުވާލު އެމެން ކުރަމުންދާ ބުރަ މަސައްކަތަށް ހުރަސް އަޅާނޭ ކަމަށް މީ އެމެން ގުދާރުގައި ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ވަރަށް ތަދުވެ ގުދާރުގައި ރިއްސަނީއޭ އެހެނެއް ނުވާނޭ ހަމަހިލާ ހަދާން އަވަހަށް އެޗާބޫކުނޭ ގެންދަވާ އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ..
އިލެކްޝަން
24 June 2023
މިފަހަރު އިލެކްޝަން އިންސާފުވެރިނުވާން، މިރާއްޖޭގައި އިންތިޚާބެއް އިންސާފުވެރިވީ ކޮންދުވަހަކުބާވައެވެ؟ މަރުޙޫމް ދެރައީސުންގެދައުރުގެވާހަކަ ދައްކާނެ ބޭނުމެއްނެތެވެ. ދިގުތިރީސްއަހަރުގެ ވެރިކަމުގައި ކުޑަކާފާއި ބޮޑުކާފު ޖެއްސެވެ. މިފްކޯގެ ބޯޓުފަހަރުގައި ވޯޓުފޮށި އުފުލިއިރު ކަންވީގޮތް އެބޯޓުފަހަރުގައިއުޅުނު މީހުނަށް އެނގޭނެއެވެ. މިހިންގޮސް ކިޔާނެކަމެއްނެތެވެ. އެދުވަހު އިލެކްޝަން ވަރަށް އިންސާފުވެރިއެވެ.
އިސްތިއުފާ
24 June 2023
އީސީގައި ތިބި ސަރުކާރުގެ ޕަޕެޓުން ކަމަށްވާ އަތޮޅޭ އާސިފް އާއި އަދި ނަޝާތު އިސްތިއުފާ އޭއި ތަމެން އިސްތިއުފާ މަމެން އަޑުގަދަ ކޮށްފައޭ މިބުނަނީ ތަމެން އިސްތިއުފާ ދޭށޭ ތަމެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ގފދސގފފފގހ
24 June 2023
ތީ މާމާތްބަޔަކު އުޅޭ ޕާޓީއަކީތަ؟ އަލަކަށްނޫނޭ ޕާޓީއެއް ރާއްޖޭގާ އުވާލާން މިއުޅެނީ؟ އެއޮށް ގާނޫނީ އިބުރާގެ ޕާޓީވެސް އުވާލަންވީމާ އުވާލީ.
ކުޑަކާފު ބޮޑުކާފު
24 June 2023
އީސީގެ އަމަލުތައް ހުރިގޮތުން ނޫންތޯ މަނިކްފާނުގެ ނިކަމެތި ޕާޓީގައި 3000 އާންމު މެންބަރުން ހަމަނުވާއިރުވެސް ޕާޓީ އައިގެން ސިޔާސީ މައިދާނުގައި ތިޔަ ކުރިއަށް ވަޑައި ގަންނަވަނީ؟ މީ އިންސާފު ތޯ؟ ސްޓޮޕް އިޓް މައު. ރިޓަޔަރ ޕްލީސް.
ސުން
24 June 2023
ހޭބައްޔާ. ތިއީ މައުމޫނަށް ބުނި އެއްޗެއްނަމަ މައުމޫނު އެޕާޓީގެ ހިންގުމުގައި އެއްވެސް ވަރަކަށް މިހާރު ނޫޅޭކަންވެސް ނޭނގެ ދޯ. ދެން ހަމަ ހިތަށް އައިހައި އެއްޗެއް ކިޔާލަނީ އުތަ؟