އިބްރާހިމް ވަނީ ފައްޅީގައި އޭނާއަށް ތަބާވާ އެތައް ހާސް ބަޔަކު ވެސް އިސްލާމް ދީނަށް ވައްދާފައި.
ކްރިސްޓިއަން ފާދިރީއެއްގެ ގޮތުގައި އުޅުމަށް ފަހު އިސްލާމްވެ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އިބްރާހިމް ރިޗްމަންޑް މިނާގައި. -- ފޮޓޯ: ހަރަމައިން
27 ޖޫން 2023 - 07:36
އިބްރާހިމް ރިޗްމަންޑް ދެކުނު އެފްރިކާގެ ކްރިސްޓިއަން ފާދިރީއެއްގެ ގޮތުގައި އުޅޭތާ އޭރު 15 އަހަރު ފަހުން އިސްލާމްވީ މީގެ ތިން މަސް ދުވަސް ކުރިންނެވެ. އާދަޔާ ހިލާފް ގޮތަކަށް ތެދު މަގު ފެނުނު އިބްރާހިމް މިފަހަރު ހައްޖުގެ އަޅުކަން ވެސް އަދާކުރަން ގޮސް ހުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދައުވަތު ދެއްވައިގެން ގެންދިޔަ މީހުންގެ ތެރޭގަ އެވެ.
ސައޫދީގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އިބްރާހިމް ވަނީ އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުނު ގޮތާއި އޭގެ ފަހުން ކަންކަން ބަދަލުވެގެން ދިޔަ ގޮތް ކިޔައިދީފަ އެވެ.
ލައްކައެއްހާ ކްރިސްޓިއަނުން ތަބަވާ ފައްޅިއެއްގައި އެންމެ އިސް ފާދިރީގެ ގޮތުގައި އުޅެނިކޮށް އިބްރާހިމަށް ފެންނަން ފެށީ ހުވަފެނެކެވެ.
"އަހަރެން އޮތީ ނިދާފައި. ދެން އަހަންނަށް އިވެނީ މީހެއްގެ އަޑު. ބުނަނީ ތަބާވާ އެންމެން ގާތު ބުނާށޭ ހުދު ކުލައިގެ ކުރުތާ ލާން. ދެން އަހަރެން ހިތަށްއެރީ މުސްލިމުން ގޮތަށްހޭ. އެކަމަކު ފުރަތަމަ ހިތަށް އެރީ މިއީ ހަމަ ހުވަފެނެކޭ،" އިބްރާހިމް ކިޔައިދިނެވެ.
"އެކަމަކު ހަމަ ތަކުރާރުކޮށް ދެން މި ހުވަފެން ފެންނަން ފެށީ. އެ އަޑު ދެން އިވެން ފެށީ ހަރުކަށިކަމާ އެކު."
އިބްރާހިމް ބުނީ ދެން އެ ހިސާބުން މިއީ އާދައިގެ ކަމެއް ނޫންކަން އެނގި އެ ވާހަކަ އޭނާއަށް ތަބާވާ އެންމެންނަށް އަންގައި އިސްލާމް ދީނަށް ގޮވާލަން ނިންމީ ކަމަށެވެ.
Former Pastor Ebrahim Richmond who was invited as part of the King Salman Hajj Programme is undertaking his first Hajj #Hajj1444 pic.twitter.com/OagZBJrm8W
— 𝗛𝗮𝗿𝗮𝗺𝗮𝗶𝗻 (@HaramainInfo) June 26, 2023
"ފައްޅިއަށް މީހުން ޖަމާވުމުން އަހަރެން ގޮސް މި ވާހަކަ ބުނީ. ﷲ އެކަން މެދުވެރިކުރެއްވީ ވަރަށް ފަސޭހަ ގޮތަކަށް. އެންމެން އިސްލާމް ދީން ގަބޫލުކުރީ. ޖެހިގެން އައި އެއްވުމުގައި އެންމެން ތިބީ ހުދު ކުލައިގެ ކުރުތާ ވެސް ލައިގެން."
ފައްޅިއަށް ޖަމާވެ ތިބެ އެންމެން ޝަހާދަތުގެ ދެ ކަލިމަ ކިޔައި އިސްލާމް ދީނަށް ވަންނަ މަންޒަރުގެ ވީޑިއޯއެއް ހިއްސާކޮށްފައިވެ އެވެ.
އަރަފާތު ފަރުބަދަ ކައިރީ ހުރެގެން ދިން އިންޓަވިއުގައި އިބްރާހިމް ބުނީ އޭނާ އެތަނަށް އައިސް އެ ހުރީ ކީރިތި ރަސޫލާ ދެއްކެވި މަގުން ހިނގަން ކަމަށެވެ. އަދި މިއާ އެކު، ދެކުނު އެފްރިކާގެ އެތައް މިލިއަން ބަޔަކު މިކަން ބަލައިގަނެ މި މަގުން ހިނގާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އިބްރާހިމް ބުންޏެވެ.
އަރަފާތު ފަރުބަދަ ދައްކާލަމުން އޭނާ ބުނީ "މިއީ ނޫރުގެ ފަރުބަދަ" ކަމަށެވެ.
ما الرؤيا التي جعلت القسيس إبراهيم يسلم ويتبعه الآلاف؟ #بسلام_آمنين pic.twitter.com/c3zqZaGpyn
— التواصل الحكومي (@CGCSaudi) June 25, 2023
އިބްރާހިމް ރިޗްމަންޑްގެ އިންޓަވިއު
އިންޓަވިއުކުރި މީހާ ދެން ބުނަނީ އެ ފަރުބަދަ ކައިރިއަށް އިބްރާހިމް ގެނައީ "މިއީ އިސްލާމް ދީނުގެ ނޫރުގެ ފެށުން" ކަމުގައިވި ފަރުބަދައަށް ވާތީ ކަމަށެވެ.
އިބްރާހިމް ދެން އަރަފާތު ފަރުބަދައަށް އަރައި ރޮމުން ދުއާކުރެ އެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުން އޭނާއަށް ގިސްލައި ރޮވެ އެވެ.
އެހެން އިންޓަވިއުއެއްގައި، އިސްލާމް ދީން ގަބޫލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހައްޖުގެ އަޅުކަން އަދާކުރެވޭތީ ކުރެވެނީ ކޮން އިހްސާސެއްތޯ އެހުމުން އިބްރާހިމް ބުނީ ބުނެދޭން ނޭނގޭ ކަމަށެވެ.
"މި ހުރިހާ ކަމެއް ވެސް މިންވަރުކުރެއްވީ ﷲ. ހުރިހާ ކަމެއް ވެސް މެދުވެރިކުރެއްވީ ﷲ. މިއީ އަޖައިބެއް ފަދަ ކަމެއް. މި ކުރެވޭ އިހްސާސްތައް ބުނެދޭކަށް ނޭނގެ،" އިބްރާހިމް ބުންޏެވެ.
ގައުމުގައި ތިބި މީހުންނަށް ދޭނީ ކޮން މެސެޖެއްތޯ އެހުމުން އޭނާ ބުނީ "ނޫރަކީ މިއީ، "ﷲ އަކީ ނޫރު. އުޅެންވީ ގޮތަކީ މިއީ. އެހެން ގޮތެއް ނޯންނާނެ. ހައްގު ގޮތަކީ މިއީ" ކަމަށެވެ.
މި އަހަރަކީ ކޮވިޑް-19 ގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހައްޖުގެ އަޅުކަމަށް ވެސް ބުރޫ އަރައި މަދު ބަޔަކާ އެކު މި މަތިވެރި އަޅުކަން 2019 ގެ ފަހުން ކުރަމުން އައިސް އޭގެ ކުރީ ހާލަތަށް އަމަލުކުރާ ފަހަރެވެ. މިފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުކުރީ66
29 June 2023
ހުޅަނގާ އިނގިރޭސި، ރަޝިޔާ ޗައިނާގެ ފަރަންޖީ ޢިލްމުވެރިންނަށް ހުރިހާ މުސްލިމުން ޝުކުރު އަދާކުރަންޖެހޭ. މާޝާﷲ.
އޯކިޑު
28 June 2023
އަލްހަމްދު ލިއްލާހި / އިބްރާހީމް ރިޗްމަންޑަށް ތެދުމަގު ދެއްވިކަމަށް ޓަކައި ޝުކުރުވެރި ވާ ޙާލު މިފަދަ ގިނަ ބަޔަކަށް ތެދުމަގު ދައްކަވާށި އާމީން
އަންދަލޫސިޔާ
28 June 2023
އިބްރާހީމް ރިޗްމަންޑް އަށް އިސްލާމްދީނަށް މަރުޙަބާ. ދިވެހިރާއްޖެއަށް ވަޑައިގެން ތަޖުރިބާ ޙިއްޞާކޮށްދެއްވުން އެދެން. މުސްލިމް ދިވެހިންނަށް މާތްﷲ ދެއްވާފައި މިވަނީ ކިހާ ބޮޑު ނިޢުމަތެއްކަން ވިސްނޭނީ އިސްލާމްވާ ގިނަބައެއްގެ ތަޖުރިބާ އާއި އުފާވެރިކަން އަޑުއިއްވައިދީ ޣާފިލްކަމުގެ ނިދިން ހޭލައްވައިލައިގެން.
މުގާބޭ ބެ
28 June 2023
ތިއާދެވުނީ ޓޫވޭ މަގަކުން ވަންވޭ މަގަކަށް، ދެން ޖެހޭނީ ތިމަގުގައި ކުރިޔަށް ދާން، އެއްވެސް ގޮތަކަށް ބުއްދި ބޭނުން ކުރުން މަނާ ވާހަކައެއް ނޫން މިބުނީ
ކަނބިލި
27 June 2023
ވަރަށް ވެސް ބޮޑު ނަސީބުވެރިޔެއް ދެދުނިޔޭގެ ބާޖަވެރިކަން އެލިބުނީ ކޮން ފަދަ ހިކުމަތްތެރި ގޮތަކަށް.
ދޮން ރަހާ
27 June 2023
ގަދަ ނަޞީބު ވެރިއެއް
ސަލީމު އިދުރީޟް
27 June 2023
އަޅުގނޑު ތިކަމާ ހައިރާންނުވޭ! އަރެމެން ދިވެހިން މީކުރީގަ ބުދުދީނުގެ ބައެއް! އަރެމެން އިސްލާންވި ގޮތުގެ ޥާހަކައަކީވެސް ތިހާ އަޑު އަޑުއަހާލާ ހިއްވާ މައްސޫރު ޥާހަކަ އެއް
ޓެރޭ
27 June 2023
ތާރީޚު ނުކިވާތީ ނޫނީ ތާޜީޚު ފޮތްތަކާއި ދުރުމީހުން ވަރަށް ގިނަ... އޭގެ މީހުންނަކީ ޓީވީން އަންނަ ޕޮރޮގުރާމުން ފުއްދާލާ މީހުން.
ސަލީމުބޭ.
27 June 2023
މާތް الله އިރާދަކުރައްވާ އަޅަކަށް ހުވަފެނުންވެސް ތެދުމަގު ދައްކަވާނެ. ހުވަފެނަކީ ބިލާހެއްނޫން. ހުވަފެނަކީވެސް އޭގައި ވަރަށްގިނަ އިލާހީ ހިކުމަތްތަކެއް ލައްވާފައިވާ އެއްޗެއް. އިންޓަރނެޓުގައިވެސް ނުބައި މަޢުލޫމާތާއި ދޮގު ހުރޭ. އެއާއެކު ތެދާއި ރަނގަޅު އެއްޗެހިވެސް ހުރޭ. ސާލިހު ވަލީވެރިންނާށް ހުވަފެނުގައި ވަރަށްގިނައިން ބަލިތަކުގެ ފަރުވާ އަދި ދުޢާވެސް ދަސްކޮށްދެއްވާކަން މުސްލިމުން އައީ ގަބޫލުކުރަމުން. އެކަމަކު މިއަދު އެކަންވެސް ބަޔަކު ދޮގުކުރީ.
ކުރުނބާ
27 June 2023
ތިކަން ދޮގުކުރަނީ ސަލަފީން އެކަނި. ވަލީވެރިންގެ އެހީއަކީ ވަރަށް މަދު ސާލިހު ބަޔަކަށް ލިބޭ އެއްޗެއް. އެލިބޭ މީހަކަށް އެނގޭނީ އޭގެ އަގު. އެހެން މީހަކަށް އެކިޔައިދިނަސް ނޭނގޭނެ. އަދި ގިނަފަހަރު ގަބޫލުވެސް ނުކުރާނެ.
ޗިޕުޗިޕު3
29 June 2023
ވަލީވެރިން ކިޔާ ބަޔަކު ނޫޅޭ. އެއީ މީހުންގެ ބޮލަށް ޖަހާ ޗިޕެއް. ޒާތެއްގެ ވެރިކަމެއް އެއީވެސް. ވެރިކަމަކީ ވަރަށް ގިނަ ޗިޕުތައް އެކުލެވޭ ކަމެއް.
ސައިމާ
27 June 2023
ﷲ އަކްބަރު
ވިސްޑަމް
27 June 2023
އަނދިރިކަމެއގައި ވަނިކޮށް އަލިކަމެއްލިބުނު މީހާއަށް އެކަމުގެ މުހިއްމުކަން އިސުސާސްވާ މިންވަރު ތަފާތުވާނެއެވެ. އަޅަމެންނީ މުސްލިމުންކަމުގައި އަބަދަށްލައްވާނދޭވެ.