ހައްޖުވެރިންތަކެއް އަރަފާތު ބިމުގައި: މިއަދު އިރުއޮއްސުމާއެކު ހައްޖުވެރިން މުޒްދަލިފާއަށް ދަތުރު ފަށާނެ --- ފޮޓޯ/އޭއެފްޕީ
27 ޖޫން 2023 - 18:48
ދެ މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.
ހައްޖުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާ އަަރަފާތު ބިމުގައި މަޑުކުރުން ފުރިހަމަ ކުރުމަށްފަހު މިއަދު ސައުދީ އަރަބިއާ ގަޑިން އިރުއޮއްސުމާ އެކު، ހައްޖުވެރިން ދެން ދަތުރު ފަށާނީ މުޒްދަލިފާއަށް ދިއުމަށެވެ. އަދި މުޒްދަލިފާގައި މަޑުކުރުމަށްފަހު އީދު ދުވަހު ތިބޭނީ މިނާގަ އެވެ.
މިއަހަރަކީ ކޮވިޑް-19 އަށްފަހު މިހާ ގިނަ އަދަދެއްގެ މީހުން ހައްޖުވާ ފުރަތަމަ ފަހަރެވެ. ކޮވިޑް-19 އާ ހެދި އެޅި ފިޔަވަޅުތަކާ އެކު، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރާއި އަދި މިދިޔަ އަހަރު ވެސް ހައްޖުވެރިންނަށް ދޭ ކޯޓާގެ މިންވަރު ސައުދީ ސަރުކާރުން ދަށްކުރި އެވެ.
މިއަހަރު ހައްޖުވާ މީހުންގެ ތެރޭގައި 200،000 އަށް ވުރެ ގިނަ ސައުދީ ރައްޔިތުން ވެސް ހިމެނެ އެވެ.
އެކި ގައުމުތަކުން ދެ މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާ ކުރާއިރު ރާއްޖެއިން ވެސް 1،140 މީހަކު ހައްޖުގެ އަޅުކަން އަދާކުރެ އެވެ. ރާއްޖޭގެ އަމީރުލް ހައްޖަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
27 June 2023
އެފަދަ މާތް ބިމަކަށް އެއްބަޔަކު މިދަނީ ނަމާދެއްނުކޮށް ބޭނުންހާ ގޮތަކަށް އުޅެލާފަ ލާރިހުރީމާ ތަޢުބާވުމާއެކު ނަރަކައިން ސަލާމަތް ވެލާށެވެ. އެއަށް ފަހު އަނެއްކާ އެމީހުން ކުރިން އުޅުނު ގޮތުގަ ދެމިހުރެއެވެ. މިކަން އަންގަވަމުން ކީރިތި ޤްރުއާނުގެ އަށްނިސާ ސޫރަތުގެ 137 ވަނައާޔަތުން އެއުރެންނަށް އަންގަވާކަމުގަވަނީ " އެއުރެންނަކީ ތެދުމަގު ދައްކަވާނޭ ބަޔެއްވެސް ނުމެނޫންމެއެވެ. " އެކަމަކު ހިތުހުރިހާ ގޮތަކަށް މިދުނިޔޭގަ ލާރިން އުޅެވެން އެބައޮތެވެ.