ޚަބަރު / ޑަބްލިއުއެޗްއޯ

އާޓިފިޝަލް ސްވިޓްނާ ބޭނުން ނުކުރަން ޑަބްލިއުއެޗްއޯއިން ލަފާ ދިފި

ީމީހަކު، ތައްޓަކަށް ހަކުރު އަޅަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމަށް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް (އެންސީޑީ) ގެ ނުރައްކާ ކުޑަކުރުމަށް ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ސްވިޓްނާ ބޭނުން ނުކުރަން ޑަބްލިއުއެޗްއޯއިން ލަފާދީފި އެވެ.

އެ ޖަމިއްޔާގެ ވެބްސައިޓުގައި، މެއި 15، 2023 ގައި އާއްމުކުރި ލިޔުމުގައި ބުނީ ސްވިޓްނާ ބޭނުން ނުކުރަން ލަފާ ދިނީ ބަރުދަން ލުއި ކުރަން އެ ބޭނުންކުރާ މީހުންނަށް ދިގު މުއްދަތަކަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ހޯދުންތަކުން ފެންނާތީ ކަމަށެވެ.

ދިގު މުއްދަތަކަށް ސްވިޓްނާސް ބޭނުންކުރާނަމަ ޓައިޕް 2 ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ކުއްލިއަކަށް ބޮޑެތި މީހުން މަރުވުމުގެ ފުރުސަތު ބޮޑުވުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ދިރާސާގެ ނަތީޖާއިން ދައްކާ ކަމަށް ވެބްސައިޓުގައި ވެ އެވެ.

އެހެންވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ހަކުރު ކެއުން މަދުކުރެވޭނެ އެހެން ގޮތްތަކާ މެދު ވިސްނަން އެދިފަ އެވެ. އޭގެ ތެރޭގައި، ގުދުރަތީ ގޮތުން ފޮނި ރަހަ ދޭ މޭވާ ފަދަ އެއްޗިއްސާއި އެކި ބުއިންތަކެވެ.

ގިނަ މީހުންނަށް ވިސްނިފައި އޮންނަ ގޮތުގައި ސްވިޓްނާ އަކީ، އާއްމުކޮށް މި ބޭނުންކުރާ ހަކުރަށް ވުރެ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. އެކަމަކު، ދިރާސާތަކުން ފެންނަނީ އޭގެ އަނެއް ކޮޅެވެ.

ޑަބްލިއުއެޗްއޯއިން ވެސް ބުނީ ސްވިޓްނާސް އަކީ ޑައިޓްގައި ހިމެނޭ އަދި ނިއުޓްރިޝަނަލް ވެލިއު ހުރި އެއްޗެއް ނޫން ކަމަށެވެ. ސިއްހަތު ރަނގަޅުކުރުމަށްޓަކައި ޖެހޭނީ ކުރިން ފެށިގެން ވެސް ކެއުން އެ ގޮތަށް ބައްޓަންކުރުމަށް ކަމަށް ބުންޏެވެ.

ކެއުންބުއިމުގައި އާޓިފިޝަލް ސްވިޓްނާ ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏަސް، ނޮން-ޝުގާ ސްވީޓްނާސް (އެންއެސްއެސް) ހިމެނޭ ގައިން ތާހިރުވުމަށާއި ރީތިވުމަށް ބޭނުންކުރާ ދަތް އުނގުޅާ ބޭހާއި ހަމުގެ ކްރީމް ފަދަ އެއްޗިއްސަށް މި ލަފައެއް ނުހިނގާނެ އެވެ.

8 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 40%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަކުރޭ

04 July 2023

ބައެއްމީހުން ދުފާއިރުވެސް ހަކުރުޕެކެޓްތަށް އަނގައަށްއަޅާ!!

The name is already taken The name is available. Register?

ސސކފ

04 July 2023

ހަކުރުބަސްތާއިން ސަބްސިޑީ އަދިވެސް ކަނޑާލާކަށްނުވޭތަ؟

The name is already taken The name is available. Register?

ކުކޫ

02 July 2023

ތި އާަޓިކަލްގަ އޮތް އޮލްޓަރްނެޓިވް ސްވީޓްނާރް ޢޯގަނައިޒޭށްން ކުރިސުވާލުތަކަ ޖާވާބު ނުދޭވާހަކައާ ރިސާރްަޗް ޢާޓިކަލް އިންކޮންކްލޫސިވްކަމާ އާޓިފިސަލް ހަކަރުން ދަތްފަނިނުކާކަމާ އެހެނިހެން ފައިދާތަ ކޮޕީޕޭސްޓް ކުރަނީ ހިތްކިޔާތަންކޮލުކަން ވަރަ ފާހަގަވެ

The name is already taken The name is available. Register?

ކަޑަ

02 July 2023

ބަސްތާ ޗޮކްލެޓް ދެންގެންނާނީ

The name is already taken The name is available. Register?

ޓެރޭ

02 July 2023

ރާއަރަން ފަށަމާ.

The name is already taken The name is available. Register?

ދޮގު ރިޕޯޓެއް

02 July 2023

އާޓިފިޝަލް ސްވީޓްނަރ ގައި ހުންނަނީ 0 ކެލޮރީ. ކާބޮހައިޑްރޭޓްސް ނޫނީ ފެޓް ނުހުންނަ ހުރިހާ އެއްޗެއްގަ ނުހުންނާނެ ކެލޮރީއެއް. އާޓިފިޝަލް ސްވީޓްނަރ އާކީ ކެންސަރަށް މަގުފަހި ކޮއްދޭ އެއްޗެއްވެސް ނޫން. އަގަޔަށް ފޮނިރަހަ ލައްވާފައި އެދާގޮތަށް ދާނީ ބޮޑުކަމުދާ ތަކެތީގެ ގޮތުގައި. ޑަބްލިޔު އެޗް އޯ އިން އެކިޔަނީ އާޓިފިޝަލް ސްވީޓްނަރ ހިމެނޭ ކާބޯހައިޑްރޭޓްގެ ވާހަކަ. ޕެކެޓް ކޭކުގެ ވާހަކަ. ޑައެޓް އެއްޗެހިން ނުލިބޭނެ ގެއްލުމެއް.

The name is already taken The name is available. Register?

ކީމާ

04 July 2023

އާޓިފިޝަލް ހަކުރުން ގަޓް މައިކްރޯބަޔޮޓާ އަށް ނޭދެވޭ އަސަރު ކުރޭ. ގަޓް މައިކްރޯބަޔޮޓާ އަކީ ސީދާ ސިކުނޑިއާ ވެސް ގުޅިފައިވާ އެއްޗެއް.

The name is already taken The name is available. Register?

ކޮރަލް

02 July 2023

ރާއްޖެ އަށް ބަސްތާ ހަކުރު އެތެރެކުރުން މަނާ ކުރަން ވީ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454