ހަސަން ލަތީފް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: އޭނާ ވަނީ އެމްޑީޕީން ކަނޑާލަި 39،000 މެންބަރުން ޑިމޮރެޓްސްއާ ގުޅުމަށް ދައުވަތު އަރުވާފަ ---- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ޖުލައި 2023 - 00:10
މި އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކައިރިވެފައިވަނިކޮށް، އެ ޕާޓީގެ ދަފުތަރުން އުނިކުރި ކަމަށް ބުނާ 39،000 މެންބަރުން، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅެން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ދައުވަތު ދެއްވައިފި އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރައްވަން، މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ވިދާޅުވީ، އެމްޑީޕީގެ ދަފުތަރުން 39،000 މެންބަރުން އުނިކުރީ، ރިޔާސީ ޕްރައިމެރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕާޓީން އުނިކުރި އެ މެންބަރުންނަކީ ނަޝީދަށް ތާއީދުކުރާ މެންބަރުން ކަމަށެވެ. މިރޭ ނަޝީދު އެ ޕާޓީ އަށް ސޮއި ކުރެއްވުމުން، އެމްޑީޕީގެ ދަފުތަރުން އުނިކުރި މެންބަރުން ޑިމޮކްރެޓްސްއާ ގުޅުމުގެ ދައުވަތު ހަސަން ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްއާ ގުޅެން ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަސަން ވިދާޅުވީ، އެމްޑީޕީގެ އެތެރެއިން ނުކުމެ ޑިމޮކްރެޓްސް އުފައްދަން ޖެހުނު ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާ މެންބަރުން އެ ޕާޓީގެ ދަފުތަރުން އުނިކުރަމުން ގެންދިއުން ކަމަށެވެ.
"ގާތްގަނޑަކަށް 40،000 މީހުން ގަނޑުކޮށް މުތުލަގަށް ވަކިކޮށްލީ އަހާލުމެއް ކަހާލުމެއް ނެތި އެމީހުންނާ ދޭތެރޭ އެއްވެސް ރަހުމެއް ނެތި،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ އެ 39،000 މެންބަރުންގެ ތެރޭގައި އެމްޑީޕީ އުފައްދަން މަސައްކަތް ކުރި އެ ޕާޓީގެ ފައުންޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ.
"ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހަށް އޭރު ކުރިމަތިވެފައި އޮތް ޕްރައިމަރީ ކާމިޔާބުކުރުމަށް އެ މީހުން ޕާޓީން ވަކިކޮށްލީ. އެހެންވީމާ ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހްއާ އެކީ ތިއްބެވުމުގެ ބޭނުމެއް ނެތް. ވަޑައިގަންނަވާ،" އެ މެންބަރު ޑިމޮކްރެޓްސްއާ ގުޅެން ދައުވަތު ދެއްވައި ހަސަން ވިދާޅުވި އެވެ.
ނަޝީދު އާއެކު ބައެއް އެހެން ބޭފުޅުން ވެސް ވަނީ އެ ޕާޓީ އަށް މިރޭ ސޮއި ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކުމާކު ރަޝީދު) ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހަސަން ވިދާޅުވީ، އިލެކްޝަން ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު އެކުލަވާލާފައިވަނީ، ޕާޓީގެ ރަށްރަށުގެ ގޮފިތަކާއި އެކި ގުނަވަންތައް މިނިވަންކަމާ އެކު ހިންގޭނެ ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރޮކަލި
15 July 2023
ޙަސަނާ ދޮގު ނަހަދާތި. މެމްބަރޝިޕް ފޯމްގައި ފިންގަރޕްރިންޓް ޖަހާގޮތަށް ފާސްކުރި ގާނޫނަށް އެމްޑީޕީއިން ވެސް ވޯޓް ދިން. ޕާޓީން ކެނޑުނުކަމަށް ބެލީ ފިންގަރޕްރިންޓް ޖެހި ފޯމް ހުށަހަޅާ އެ ފޯމްތަށް އިލެކްޝަން އިން ޕްރޮސެސް ނުވެ ތިބި މީހުން. ޙަސަނަށް ޗެއަރޕަރސަން ކަން ލިބުނު ފަހަރު އިތުރު ކެންޑިޑޭޓެއް ނެތް އިރުވެސް 25000 މީހުން ވޯޓް ނުލާ ކަން ޔަގީން. ދޮގު ހެދިއަސް ތީ ތަންފުކެއް ބޮޑުވަރު
އަލީހަމީދު
15 July 2023
އިލެކްޝަނުން މެމްބަރުން އުނިކުރީ ހަމައެކަނި އެމްޑީޕީ އަކުންވެސްނޫން، ފިންގަރޕްރިންޓް ނުޖަހާ ފޯމްތަކެއް ބާތިލްކުރިއިރު ހުރިހާ ޕާޓީއަކުންވެސް ހުރީ މީހުން އުނިވެފަ. އެމްޑީޕީން އަންނިޔަށް ތާއީދުކުރާ 29 ހާސް މީހުން ވަކިކުރިއްޔޭ ކިޔައިގެން އެހަދަނީ ދޮގެއް. އެއީ ތެދެއްނަމަ އެ ހުރިހާ އެންމެން މިހާރުތިބޭނީ ދަނޑިމޮކް ރެޓްސް ޕާޓީގަ. އަންނިޔަށް ތާއީދުކިރާ އެންމެން އެތިބީ މިހާރު ހުނިޖެހި ވަކިވެފަ.
ކެކެކެ
15 July 2023
އަހަރެން ހީކުރީ ޕާޓީ ރަޖިސްޓްރީ ކުރި ހިސާބުން އެ 39000 މެންބަރުން ތިބޭނީ ތި ދނޑ ޕާޓީއަށް ވަންނަން ކިޔު ހަދައިގެން ކަމަށް.
ޣތރފފފދދ
15 July 2023
ޕާޓީ އެއްނުލިބުނަސް ނުދާނަން ތި ލާދީނީ ދަނޑިމޮކްރެޓްސް އަށް!! ?
ރުންކުރު
15 July 2023
ބަރުލަމާނީ ފިކުރެއް ދިރުވަން ޕާޓީ މަތިން ޕާޓީ ހެދިޔަސް މިހާރު ތާއީދެއް ނުލިބޭނެ. އެއީ ގިނަ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން. މިފަހަރު އިންތިހާބުގައި މި ބައިގަނޑުގެ އަސްލު ސައިޒު ސާފުވާނެ.
ކަނބާ
15 July 2023
އެފިކުރު ރާއްޖޭގެ ގިނަބަޔަކަށް ކަމުދާ ފުވަސް ވަރަށް ކައިރި.
އިއްލި
15 July 2023
ކަނބާ، ހުރޭ އެދުވަސް އަންނާނެކަމަށް ތެޔޮލައިގެން .
އިބޫޫ
14 July 2023
ހެހެހެހެ. އެ 39000 މީހުން މިތިބީ ހަސަން ލަތީފުގެ ދައުވަތު ލިބެންދެން ސޮއި ނުކުރާންތަ؟
މޮލަ
14 July 2023
ދެފުއްކެހެރި. ތިޔަ ހަސަނު ނޫޅޭ ޕާޓީއެއް އެބަ އޮތް؟
ރުންކުރު
14 July 2023
އެއްވެސް ސިޔާސަތެއް ހަމައެއް ލަމައެއް ނެތި ހަމައެކަނި ނަފުރަތާއި ފަސާދަ އުފައްދަން ހެދި ޕާޓީއަކާ ގުޅޭނެ މީހުން ވަރަށް މަދުވާނެ. ހަރުދަނާ ސިޔާސީ ފިކުރުގެ އެކަކުވެސް ތި ދަނޑިމަގު ބައިގަނޑަކާ ނުގެޅޭނެ، އެއަށްވުރެ ދިވެހިން މިހާރު މާ ހޭލުންތެރިވާނެ. ވެރިކަން ކުރަން ނޭންގުނު މީހެއް މުގުލުގައި ބަހައްޓާގެން ޕާޓީ ހެދީމާ ލިބޭނީ ކޮން ތާއީދެއް؟؟
އަންދަލޫސިޔާ
14 July 2023
އެމްޑީޕީން ވަކިކުރި 39،000 އާއި ފިކުރެއްގެ ދިރުމަށް ސޮއިކުރި 50،000 މީހުންނާ އެއްކޮށްލީމާ ޖުމުލަ 3،560 މީހުން ދަ ޑިމޮކްރަޓްސްއާ ގުޅިއްޖެ. ހިސާބު ދިމާވޭތޯ ބަލަން ޕްރޮފެސަރ އަބްދުއްރަހީމް އަރިހަށް ވެސް ވަޑައިގެންފި!
ދިމިގްރާތީސޮރު
14 July 2023
އިލެކްޝަންސް ކަމިޝަނުން، ދައުލަތުގެ ބަޖެޓުން، ސިޔާސީ ޕާޓީ ތަކަށް، ކޮންމެ އަހަރަކު ދޭ ފައިސާ އެންމެ ގިނައިން ލިބެނީ އެމްޑީޕީ އަށް. އެކަމަކު، މި ނަޝީދު އަދި ހަސަން ގެ ދުވަސްވަރު އެ ލިބުނު ފައިސާ އިން ޕާޓީ އަށް އަދި ރަށްރަށުގެ ޕާޓީ އޮފީސް ތަކަށް ކުރި ޚަރަދެއް ވީ ފައިދާއެއް ނެތް. އެ ފައިސާއިން އަންނި މަޖާކުރީ. ޕާޓީ އޮޑިޓ ކުރޭ. އިބޫ ވެރިކަމަށް އައިފަހުން ބޭނުންވަނީ ޕާޓީ ފުނޑާލަން. އެހެންވެ އާ ޕާޓީ ވެސް މިހެދީ. ދެން ފުނޑޭނީ ވެއްޓުނު ފޫ ވައް ތޯއްޗެއް!
ޒިންމާ ok
14 July 2023
ތިޔަ ގޮވައިލުމަކީ ވަރަށް ރަނގަޅު ގޮވައިލުމެއް. ފޮޅިވަށިން ނެގި ފޮޅި ވަރަށް ސަޅިކޮށް އަސްލު އަދަދު ފެންނާނޭ ތިގޮތުން. ތިޔަވަރު ނުވެއްޖިއްޔާ މާނައަކީ އޮޅުވާލައިގެން ހަސަނު އެޕާޓީއަށް ވައްދާފަ ތިބި މީހުން ސާފުކޮށް އަދަދު އެނގުނީތިޔަ. 39000 މީހުމްނާއެކު 60000 ވަރު އެއްފަހަރާ ޕާޓީއަށްވލޖަމާވާނެ. މިތިބީ ބަލަން.