"ނީނާ"ގެ ޕޯސްޓަރެއްގައި ނުޒުހަތު ޝުއައިބު.
16 ޖުލައި 2023 - 15:14
ބާރުގަދަ އަންހެންގެ ވާހަކަ ކިޔައިދޭ ދިވެހި ފިލްމު "ނީނާ"ގެ ޓައިޓަލް ރޯލު ކުޅެގެން 150،000ރ. ލިބިފައިވާ ކަމަށް އެ ރޯލު ކުޅުނު ނުޒުހަތު ޝުއައިބު (ނުޒޫ) އިއްޔެ ބުނެފި އެވެ.
އަންނަ މަހު ހައެއްގައި އޮލިމްޕަހުގައި އަޅުވާ "ނީނާ" އަކީ ވަރަށް ބޮޑު ބަޖެޓަކުން ހެދި ފިލްމެއް ކަމަށް އޭގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ކުރިން ވެސް ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި، އެ ފިލްމުގެ ބަޖެޓު 600،000ރ. އަށް ވުރެ ބޮޑެވެ.
ޓީވީއެމުން ރޭ ގެނެސްދިން "ވީކެންޑް ވައިބްސް" ޕްރޮގްރާމްގައި ނުޒޫ ބުނީ އެ ފިލްމުގައި އޭނާ ކުރި މަސައްކަތަށް މުޅި ޖުމްލަ 150،000ރ. ލިބިފައިވާ ކަމަށެވެ.
"ނީނާ" ގެ މަންޒަރެއްގައި ނުޒުހަތު ޝުއައިބު އާއި ޝަރަފް އަބްދުﷲ.-- ފޮޓޯ: އައިފިލްމްސް
ޑައިރެކްޓަރު އިއްލެ ވެސް "މިހާރު" އަށް އެކަން ކަށަވަރުކޮށްދިނެވެ. އޭނާ ބުނި ގޮތުގައި، އެއީ ފިލްމަށް ތައްޔާރުވުމަށް ނުޒޫ ހެދި ޓްރެއިނިންނަށާއި ޝޫޓްކުރުމަށް ހޭދަވި ތިން މަސްދުވަހަށް ދިން އުޖޫރަ ކަމަށެވެ.
މިއީ އާންމުކޮށް ދިވެހި އެކްޓަރުންނަށް ދޭ މުސާރައަށް ވުރެ ވަރަށް ބޮޑު އަދަދެކެވެ.
މިހާތަނަށް ދިވެހި ފިލްމުސްޓާރަކަށް އެންމެ ބޮޑު އަގެއް ދީގެން ފިލްމެއް ކުޅުވީ 2010 ގައި ނުކުތް ފިލްމު "ނިއުމާ"ގަ އެވެ. އެ ފިލްމު ކުޅުމަށާއި ޑައިރެކްޓުކުރުމަށް އަދި އޭގައި ބޯބޭލުމަށް، ފިލްމީ ތަރި ނިއުމާ މުހައްމަދަށް 200،000 އެއްހާ ރުފިޔާ ދީފައިވެ އެވެ.
"ނީނާ" ގެ މަންޒަރެއްގައި ނުޒުހަތު ޝުއައިބު.-- ފޮޓޯ: އައިފިލްމްސް
ނުޒޫ ބުނި ގޮތުގައި، މިއީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުރި އެންމެ ބުރަ މަސައްކަތެވެ.
"ނީނާ"ގެ ވާހަކަ ބިނާކޮށްފައި ވަނީ ހިތްވަރުގަދަ އަންހެނެއް ކަމަށްވާ ނީނާގެ ހަޔާތަށެވެ.
ނުޒޫއާ އެކު ދެން އެ ފިލްމުގެ ލީޑުން ދެން ފެންނަނީ ރިހި ސްކްރީނަށް އަލަށް ތައާރަފުވާ އެކްޓަރު ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކޮއި
17 July 2023
ގާތްގަޑަކަށް މިވީ 5 (ފަހެއް) އަހަރު، އެއީ ފަސްދޮޅަސް މަސް. ބަހާލީމާ މަހަކަށް ޖެހެނީ އެންމެ -/2500ރ. މިއީ ދިވެހި ފިލްމީ ފަންނާނުންނަށް ޙައްޤު މިންވަރެއްނޫން.
ޗޮން
17 July 2023
ހިއްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއް މުޅި ދުނިޔެ މިއޮތީ ތިޔަ ފިލްމް ބަލަން ކެތްމަދުވެފައި
ޢަހުމަދު ސާހު
17 July 2023
ޢިންކަމް ޓެކްސް ދައްކަން ޖެހޭނެތަ
ކިރު ސައި
17 July 2023
އުނގެނުމުގެ މުހިއްމުކަން މީގެންވެސް އަންގައި ދެނީ!
ލޮލް
18 July 2023
ތެދެއް . ލޮލް
އައްދޯއި
17 July 2023
ފޮރެކްސް ގޯލްޑް އެންމެ ސްވިންގް ޓްރޭޑް އެންޓްރީއަކުން ވެސް 1 ދުވަސް ތެރޭގައި އަހަރުމެން ތިވަރު ހަދާލަން.
އަމައްޔާތް
17 July 2023
މަހަށް ގޮސްގެންވެސް ތީގެ 10 ގުނަ ދުވާލަކަށް އަހަރުން ހަދާލަން.
ކައްކާ
16 July 2023
އެހެންވީމާ މުޅިފިލްމުގެ ބަޖެޓުގެ 25 ޕަސެންޓު ތިޔަދުއްވާނީ ނުޒޫގެ މުސާރައަށްތާ!
ސިނަމާ
16 July 2023
މިހާގިނަދުވަހުން ފިލްމު ނިމުންއިރުގަ އެވަރަށް ރެޑީވި ފިލްމެއްހެން ފެންނަ މަންޒަރުތަކުން ހީއެއްނުވޭ ފާޑަކަށް ބޯގަތާފަހުރިކަން ދެންބުނާނެ ވަރަށް ވަރަށް ތަފާތު ފިލްމެކޭ. ކޮންމެ ފިލްމެއް ތަފާތުވާނެ އެއީ ޔަގީންކަމެއް
ދަލޭކަ ދައިތަ
16 July 2023
2019 އިން 2023 އަށް 150،000ރ. ތީ އެއްވެސް އެއްޗެއް ނޫނެއްނު. އެންމެ އަހަރަކަށް ބެލީމަވެސް މަހަކަށް 12،500ރ. އަދި އެވެސް ދެއަތްއުރާލައިގެން ފިލްމަށް ހުސްވެހުރެ. 4 އަހަރަށް ބަހާ މަހެއްގެ މައްޗަށް 3000ރ ވަރު ވީމަ ތި މާބޮޑު އަދަދަކަށްވީ އަދުރެމެޓިކްސްއިން ބެލީމަތަ؟
ކިތާބު
16 July 2023
ތިހިސާބު ގޯސް. 150،000 ރުދިޔާ، 24 މަހަށް ބެހީމާ މަހަކަށް ޖެހޭނީ 6250 ރުފިޔާ ދޯ؟ އަސްލު ވަރަށް ކުޑަ އެއްޗެއް. އެއްކޮށް އަދަދު ކިޔާއި ބޮޑަކަސް
ޅިންޑި
16 July 2023
4 އަހަރު 48 މަސް، 150،000 ބެހީމާ މަހަކަ ޖެހެނީ 3125ރ. 3000ރ ޖެހެނީ. އެހެންވީމަ ފުރަތަމަ ކޮމެންޓް ރަގަޅު. ބަތޮލާ މުސްކުޅިނުވެ މަންމަ ބައިކުޅެން ނުޖެހެނީސް ފިލުމު ނިންމާލެވުނުކަން ރަގަޅު
އަބްޑޫޅް +
16 July 2023
އެއީ ގާތްގަނޑަކަށް މަހަކު 3125ރ ގެ މުސާރައެއް. ވަރަށް ކުޑައެއްޗެއް އެމީހުން އޭނަ އަށް އެ ދެނީ.
އަލަފީ
16 July 2023
150000ހާސް ހާދަ މަދު އަދަދެއް..2019އިން އެފިލްމަށް ހުސްވެ ހުރިވާހަކަ އެބުނީ..މަހަކަށް 3ހާސް ރުފިޔާ ޖެހެނީ..ސިވިލް އެއްމެ ދަށް ފައްތިޔަށްވުރެވެސް މަދު ލާރިކޮޅެއް ޖެހެނީ.