އައްބާސް އާދިލް ރިޒާ: އޭނާގެ ޝަރީއަތް މިއަދު ވެސް ވަނީ ކެންސަލް ކޮށްފައި
17 ޖުލައި 2023 - 14:38
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ އައްބާސް އާދިލް ރިޒާއަށް ޗިޓް ރައްދު ނުކުރެވޭތީ އޭނާގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި އެވެ.
ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ އިންޑިއާ ހައި ކޮމިޝަންގައި ހުޅުވަން ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރެއްވުމާއި މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގަން ކްލަބް ހައުސްގައި ހިތްވަރު ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގެ މީގެކުރިން ތާވަލްކުރި އަޑުއެހުން ވެސް ކެންސަލްކުރީ އައްބާސްއަށް ޗިޓް ރައްދު ނުކުރެވޭތީ އޭނާ ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ. މިއަދު ބާއްވަން ތާވަލްކުރި އަޑުއެހުން ވެސް ކެންސަލްކުރީ އޭނާއަށް ޗިޓް ރައްދު ނުކުރެވޭތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެ މައްސަލާގައި އައްބާސް ކުރިން ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޯނާ
18 July 2023
އާމުރައްޔަތަކަށް ޗިޓްހަވާލު ނުކުރެވުނީއްޔާ ސިފައިންނަށް އަންގައިގެންވެސް އެމީހަކު ކޯޓަށް ހާޒިރުކުރޭ.
ފާނަކޮށި
18 July 2023
ދެން އެމްޑީޕީއަށް ސޮއިކޮށްލާ...... އޭރުންމައްސަލަ ނުބަލާ އަވަހަށް ކަންތައްނިންމާލާނެ........
ޢަހްސަން ފަރީދު
18 July 2023
މިބޭފުޅާ ކްލަބްހައުސް އިން ފެނޭ މިކުދިން އެބަކިޔާ.. ކްލަބްހައުސް ވަޑައިގެން ޗިޓް ރައްދު ކޮއްދެއްވުން އެދެން.. ޕީޕީއެމް ސަރުކާރުގަ ބިމުގެ 100މީޓަރު އަޑިން މިނިސްޓަރުކަން ފެންނަ ބޭބޭފުޅުން ދެއްތޯ މީހައްތާވެސް. މިބޭފުޅާ 2011ގަ ނަޝީދު ސަރުކާރު ފަރާތުން އިންޑިޔާ އެންބަސީ އާއި ރައީސް އޮފީސް ދޭތެރޭ އެގްރީމެންޓް ފައިލް ހިޕަވައިގެން ދުވިތަން ފެނުނު. އެދުވަހު އިންޑިޔާ އިންކޮށްފަ މިއަދު މިކުދިން ފެންނަނީ ކޮޅު ބަދަލުކޮށް އިންޑިއާ އައުޓް ގޮވާތާން.
ޟިހާ
18 July 2023
ޗިޓު ހަވާލު ނުކުރެވިގެން އުޅެނީ މި ބޭޅާ މި ވަގުތު މެލޭޝިއާގައި އުޅުއްވާތީ.
ނާދިރު
17 July 2023
މީ ވެސް "ކްރިކްރިޒާ" އެއްތޯ؟؟
ޔަގީނޭ
17 July 2023
ޔަގީން ތާ
⁶6
17 July 2023
ޔާމީނުހެން ވަރަށް ގަޓުހުރިކަމަށް ދެއްކޭންއުޅޭ ސޮރެއް މީ. ބޮޑުކަމެއްލައިގަތީމާ މުޅިން އެކަމަކު ފިލައިގެން އުޅޭނީ.