ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވ. ފެލިދުއަށް ވަޑައިގެން، މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
17 ޖުލައި 2023 - 15:13
މިހާރު ފައްޓާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދެވޭނީ އިތުރު ދައުރެއް ލިބިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ވ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ފެލިދޫ ބަނދަރުގައި ބޭއްވި ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ރާވާފައި ހުރި ކަންކަން ނިންމޭނީ އެ މަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް އަދި މިހާރު ހަދާފައިވާ ކޯލިޝަން އިތުރު ދައުރަކަށް ހޮވައިގެން ކަމަށެވެ.
"ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ. މި ރަށުގެ ރައްޔިތުން އެކަމާ ވިސްނައި ފިކުރު ކުރުމަށް އަޅުގަނޑު ގޮވާލަން. ތި ބޭފުޅުންގެ ރަށަށް މި އަންނަ ބަދަލާއި ކުރިއަށް ރޭވިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ މި ސަރުކާރު ދެމި އޮވެގެން،" އާބާދީގައި 616 މީހުން ދިރިއުޅޭ ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ނުވައެއް ސެޕްޓެމްބަރުގައި ތި ބޭފުޅުން ނިންމާ ނިންމުން އެއީ މުހިއްމު ނިންމުމަކަށް ވާނެ ކަމަށް އަޅުގަނޑު މި ދަންނަވަނީ އެހެން ވެގެން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، މިހާރު ރާވާފައިވާ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދެވޭނީ މި ސަރުކާރު އަދި ކޯލިޝަން އިތުރު ފަސް އަހަރަށް ހޮވައިގެންނެވެ.
"އަޅުގަނޑަށް ފެނޭ އެ މަންޒަރު ރާއްޖޭގެ އެކި ހިސާބުތަކުން. އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު ކުރިއަށް ވުރެ ރަނގަޅުވާނެ. ދެހާސް އަށާރައިގެ ނަތީޖާއަށް ވުރެ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ވަރަށް ޔަގީންކަމާ އެކު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު "ޖަޒީރާ ރާއްޖެ" ގެ މެނިފެސްޓޯ ތައްޔާރުކުރީ އެ މީހަކު އުފަން ރަށުން އަސާސީ ހިދުމަތްތައް ދެވޭނެ ފެންވަރަށް ތަރައްގީ ކުރުމުގެ ވިސްނުމުގައި ކަމަށެވެ. ތަފާތު ކުރުމެއް ނެތި އެ ރަށަކުން ތަރައްގީގެ މަސައްކަތް ކޮށްދޭން ޖެހޭ ކަމަށާއި ފެލިދޫން ރަށުން ފެންނަނީ އޭގެ މިސާލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ވިސްނުން ތަފާތު ވިޔަސް އެކަހެރި ނުކޮށް، އެ ރަށަކުން ބޭނުންވާ ތަރައްގީ ފެންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފެލިދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލާއި އިންޖީނުގެ އަދި ކުޑަކުދިންގެ ޕާކް ވަނީ ނިންމައިފަ އެވެ. ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ދައުރު ނިމުމުގެ ކުރިން އެ ހުރިހާ ކަމެއް ނިމޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، ކުވެއިތު ފަންޑުގެ އެހީގައި ގާއިމްކުރާ ހަތް ހޮސްޕިޓަލްތަކުގެ ތެރޭގައި މި ރަށް ހިމެނޭތީ 30 އެނދުގެ ހޮސްޕިޓަލް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
89898
20 July 2023
ދިވެހިގައުމުގެ އިޖުތިމާއީ ފޭރާންވީދިނިމި ހިގައްޖެ. ގައުމުގެ އަދުލު އިންސާފު ނެތި ހިނގައްޖެ. ގައުމުގެ ހަޒާނާ ހުސްކޮށްލައިފި. ދެން ތިޔަ ބޭފުޅާ މިގައުމުގެ ކަންކަމާ އުޅޭނެކަމެއްނެތް. ނެގި ފައިސާ ހިފައިގެން ރާއްޖޭންބޭރަށް ދަތުރުކޮށްލަކޮށްލާ ހުރޭ.
ފދފދދ
20 July 2023
ދެން ވެރިކަމާ ހަވާލުވާ މީހުންވެސް ތިކަންކަން ކުރިއަށް ގެންދާނެ. މަނިކުފާނު ހާސްނުވޭ. ގޭގައި މަޑުކޮށްލުން ދެން ރަނގަޅުވާނީ.
ވަރަބިންދާލި
19 July 2023
ދެވަނަ ދައުރެއް ޔާމީނަށް ނުދިން އިރު އެއްކަމެއް ވެސް ނުވެ ، އެެއްކަމެއްގަ ވެސް ގައުމަށް ކުރިއެރުމެއް ނުލިބި ތިބިހާލަތު ގޯސް ވި، ވައުދުތަކުން ވެސް ފުއްދުނީ މަދު އެތިކޮޅަކަށް ވާއިރު ، ދެވަނަ ދައުރެއް ޖަލުން ނެރެފަ ވެސް ދޭން ވީ ޔާމީނަށް . 7000 ފުލެޓް ގަ ދިރިއުޅޭތީ ދަރުމަވަންތައަށް ވަދެވޭތީ ބުރިޖްގަ ދަތުރު ކުރެވޭތީ . ފޭސް2 ފެންނަށް އޮތީތީ . 16 ރުފިޔާ އަށް ދައުރު ފުރިހަމަވަންދެން ޑޮލަރ ލިބުނީތީ . ޖަލުން ނެރެން ތިބިއްޔާ ނެރެވޭނެ ހުކުމެއް އޮތަސް .
5676
18 July 2023
ތަރައްޤީ ތިގެންނަނީ. ހަހަހަހަ. ކައުންސިލް އިދާރާއަށް ބާފޮތި އެއްކުރުން ކަހަލަ ތަރްޤީ ކަލޭ ތިގެނެސްދެނީ.
ސްލޯ އެޑްމިނިސްޓްރޭޝަން
18 July 2023
ކަންޒު ކަހަނބާއި މުސަޅުގެ ވާހަކައިން އިބުރަތް ހޯދައިގެން ސަރުކާރު ހިންގަންޏާމުން އަބަދުވެސް އިތުރު ދައުރެއް ދޭން ކިއުން ނޫން އެހެންކަމެއް ނުވާނެ!
ނަދުރު
18 July 2023
އަސްލު ސިފަ ފެންނަމުން މިދަނީއެވެ. ރިޔާސީ އިންތިހާބަށް ވޯޓުލާން 50 ދުވަހަކަށް ވެފައި ވަނިކޮށް ބަޖެޓްގައި ވެސް ނެތް ޕްރޮޖެކްޓްތަށް ފައްޓަވައި މިދެނީ ވޯޓުގެ ބޭނުމުކައިކަށް ޔަގީ ވެއްޖެއެވެ. އިޚުލާސްތެރިކަށްނެތް އަދި މަގާމަށް ފަހިވެތި ވެގެން ޕްރޮޖެކްޓްތަށް ސުލޯކޮށްގެން ރައްޔިތުންގެ ބޮލަށް އެރިދާނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އެކަން ވޯޓުން ރަގަޅަށް ދައްކާލާނަމެވެ.
ފޫހި
18 July 2023
ކޮންވާަހަކައެއް ދައްކާކަށް.
32356
18 July 2023
ރައްކާވޭ ދޯ.
އޯކޭ
18 July 2023
ކަލޯ އަހަންނަށް މިދެވުނީ ނުބައި ފެލިދޫއަކަށް އެރަށުގައެއް ތިބުނާ އިންޖީނުގެއެއް ނުނިމޭ
ދަ ޑިމޮކްރެޓްސް
18 July 2023
އެހެންވެގެންތޯ ކުރީގެ ވެރިން ކުރަން ފަށާފައި ހުރި ޕްރޮޖެޓްތައް ހުއްޓުވައިގެން ތިއުޅެނީ. ކޮންމެ މީހަކު ބުނާނެ ދެވަނަދައުރެއް ލިބިގެންނޭ މަސައްކަތްތައް ނުހުއްޓި ކުރިއަށްދެވޭނީ، މަހަމަ ހައިރާންވޭ މިިހެންބުނާތީ. ތިމާނެތަސް ނުހޮވުނަސް މަރުވިއަސް މަސައްކަތްތައް ކުރިއަށްދާނެކަން ވެރިކަމަށް އަންނަކޮންމެ ވެރިއަކުވެސް އެބަ ޤަބޫލުކުރަންޖެހޭ. ތިމާ ދުނިޔެއަށް އުފަންވެގެނެއްނޫން މަސައްކަތްތައް ފެށުނީވެސް. އިބޫއަށް ބޮޑުތަނުން ނޫނެކޭ މަ ބުނާނީ. ހަމަ ނޯ ނޯ ނޯ ނޯ.
ވާސިފު
18 July 2023
އިބޫތިކިޔާ އެއްޗެއް ނިކަން ސާފުކޮށްދީބަލަ. ހަވާލުކުރި ދައުރުގަ ނުނިންމުނު ކަމެއް ކުރަން އިތުރު ދައުރަކަށް އެދުމަކީ އެހެންމީހުން ލަދުގަންނާނެ ކަމެއް. އާކަމެއް ކުރަންޖެހޭ ބުނެ އެހެން ދައުރެއް ދޭށޭ ކިޔަންވާނީ އެންމެގާބިލު މީހާކަން ސާބިތު ކޮށްދީފަ. އެންމެ ގާބިލުމީޙާކަން ސާބިތުކޮށްދިނުމަށް މިހާތަނަށް ފަށައި ނިންމާފަހުރި މަސައްކަތުން ލިބެނީ ސުމެއް. ބަލަ ތިޔޮއް ބުރިޖު. މަނަމަ މިވަރުވީމަ ދައުރު ނިމެންދެންވެސް ނުހުންނާނަން.