ޑާކްރެއިންގެ "ފުރޭތަ"ގެ ޕޯސްޓަރު.
18 ޖުލައި 2023 - 06:55
ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ފުރޭތަ"ގެ ޓްރެއިލާ ނެރެ، ފިލްމު އަޅުވާ ތާރީހު އިއްޔެ އިއުލާންކޮށްފި އެވެ.
ފިލްމުގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ މީހެއްގެ ދިރިއުޅުމުގައި ހިނގާ އާދަޔާ ހިލާފު ކަންތައްތަކެއް ދައްކާނެ ތުރިލާ ފިލްމެކެވެ.
އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމު ޑައިރެކްޓުކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ.
ޝަރަފު އަބްދުﷲ ލީޑު ރޯލުން ފެންނާނެ މި ފިލްމުގެ ކާސްޓުގައި ދެން ހިމެނެނީ ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، މުހައްމަދު ރިފްޝާން، އައިމިނަތު އަސީލާ، އަހުމަދު ނީލް، އާދަމް ރިޒްވީ އަދި އަލީ ނަދީހު އެވެ.
މި ފިލްމު އޮލިމްޕަހުގައި އަޅުވަނީ އަންނަ ޑިސެމްބަރު މަހު ހަތަރެއްގަ އެވެ.
ޑާކްރެއިނުން އެންމެ ފަހުން އޮލިމްޕަހުގައި އެޅުވި ފިލްމަކީ މިދިޔަ ފެބްރުއަރީ މަހު ނެރުނު، ޑައިރެކްޓަރު އަހުމަދު ޒަރީރުގެ ލޯބީގެ ފިލްމު "ބީވީމާ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާކިހާ
18 July 2023
ކޮޓަރިއެއްތެރޭ ދެތިން މީހުން ލައިގެން 2 ދުވަހުން ނިންމާލާފައޮތް ވީޑިޔޯއެއް ދޯ.