ވިޔަފާރި

ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓް ހިމެނޭ ހުރަވަޅި ރިސޯޓް، ރައީސް ހުޅުއްވައިދެއްވައިފި

ހުރަވަޅި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް ރައީސް މިރޭ ބައްލަވާލައްވަނީ.--ފޮޓޯ:ހުރަވަޅި ރިސޯޓް

ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްފައިވާ ޅ. ހުރަވަޅި އައިލެންޑް ރިސޯޓް، ރައީސް އަބްދުﷲ ޔާމީން މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުންޏެއް ކަމަށްވާ ޗަމްޕާލާސް ހޯލްޑިންގްސް އިން ތަރައްގީ ކޮށްފައިވާ ހުރަވަޅި ރިސޯޓް މިދިޔަ މަހު 1 ގައި ވަނީ ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ. އެ ރިސޯޓް ހުޅުވުން ފާހަގަކުރުމަށް، 50 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭ އޮފާއެއް ވެސް ތައާރަފްކޮށްފައިވެ އެވެ.

ހުރަވަޅި ރިސޯޓްގެ އެންމެ ހާއްސަ ކަމަކީ ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް މި ރަށުގައި ގާއިމްކޮށްފައިވުމެވެ. "5.8 އަންޑަސީ"ގެ ނަން ދީފައިވާ މި ރެސްޓޯރަންޓުގައި 24 މީހުންނަށް ތިބެވޭއިރު، މުޅިން ވެސް ހުންނަނީ ދެ މީހުންނަށް ތިބެވޭ ގޮތަށް ގޮނޑި އަތުރާފައިވާ މޭޒުތަކެވެ. އެއީ ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި ރީތިކަން ބަލަމުން، ވީހާ ވެސް އެކަހެރި މާހައުލެއްގައި މީރު ކެއުމަކަށް އިންސާފް ކުރުމުގެ ފުރުސަތު ދިނުމަށެވެ.

ހުރަވަޅި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް.--ފޮޓޯ:ހުރަވަޅި ރިސޯޓް

ގާތްގަނޑަކަށް 5.8 މީޓަރު އަޑީގައި ގާއިމްކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ. އެ އަށް ފަހު ރައީސް އާއި ރައީސްގެ އަނބިކަނބަލުންނާއި މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން މި ރެސްޓޯރަންޓްގައި ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފުކުރެއްވި އެވެ.

ހުރަވަޅި ރިސޯޓާއި ކަނޑުއަޑީގެ ރެސްޓޯރަންޓް ހުޅުވުމަށް އެ ރިސޯޓުގައި މިރޭ ބޭއްވި ހަފްލާގައި އުއްޗު ވިދާޅުވީ އެ ހިޔާލް ލިބިވަޑައިގަތީ ރާއްޖޭގައި ފުރަތަމަ ހުޅުވި އަދި ދުނިޔޭގެ ވެސް އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި ގާއިމްކުރުމުން ކަމަށެވެ. އެހެންކަމުން، އެ އަށް ވުރެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓެއް ހެދުމަށް ހިޔާލުކުރެއްވި ކަމަށް ވިދާޅުވި އެވެ.

މި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ލިބިވަޑައިގަތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށް އުއްޗު ވިދާޅުވި އެވެ. ރައީސް ބާއްވަވާ ގާތްކަމާއި ދެއްވާ ސަޕޯޓް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަކީ ކަށިން ބުއްދި ނެރުއްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

"ހިތްވަރު ލިބުނު ފަރާތްތަކަކީ ރައީސުލްޖުމްހޫރިއްޔާ އަދި ޓޫރިޒަމް މިނިސްޓަރު، އެ ބޭފުޅުން ވިދާޅުވަނީ އުއްޗުއަށޭ މިކަހަލަ ކަމެއް ރަނގަޅަަށް ކުރެވޭނީ. އެެހެންވީމަ އެހެން ވިދާޅުވި ވިދާޅުވުން އަޅުގަނޑު ނަގަނީ ވަރަށް ބޮޑު ހިތްވަރަކަށް. އެއީ ޔާމީން އެހެން ވިދާޅުވުން. އެހެންވީމަ، އެއީ އަޅުގަނޑަށް މިކަން ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ،" އުއްޗު ވިދާޅުވި އެވެ.

ހުރަވަޅި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ރައީސްގެ އަނބިކަނބަލުންނާއި ޓޫރިޒަމް މިނިސްޓަރާއި އުއްޗު ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ:ހުރަވަޅި ރިސޯޓް

މި ރަސްމިއްޔާތުގައި ރައީސް އާއި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ސީޕްލޭންގައި މާލެއިން ފުރައިގެން 40 މިނެޓުން ދެވޭ ހުރަވަޅި ރިސޯޓުގައި 60 އޯޝަން ވިލާ އާއި 30 ބީޗް ވިލާ ހުރެ އެވެ. ކޮންމެ ކޮޓަރިއެއް ވެސް ބައްޓަންކޮށްފައި ވަނީ އިރު އަރާ ނުވަތަ އިރުއޮއްސޭ މަންޒަރު ފެންނަ ގޮތަށެވެ.

މި ރިސޯޓަކީ ތިމާވެށްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކުރާ އެންމެ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެ ގޮތުުން، އެކި ކަންކަމުން އުކާލާ ފެނުގައި އެކުލެވޭ ހަކަތަ ބޭނުންކޮށްގެން ފިނި ފެން ހޫނު ފެނަަށް ބަދަލުކުރުމާއި ސޯލާ ޕެނަލް ބޭނުންކުރުމާއި އެ ރަށުގައި ހުންނަ ޕްލާންޓަކުން ފެންފުޅި ބަންދުކުރުމުގެ އިތުރަށް، އެ ރަށުގައި މެރިން ބަޔޮލޮޖިސްޓެއް ވެސް ހުރެ އެވެ.

29 ކޮމެންޓް, 108 ރިއެކްޝަންސް

icon happy icon happy 51%
icon sad icon sad 6%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިހުސާނު އަލީ / ޔޫ އެސް އޭ

31 January 2017

ރާއްޖޭގެ ނާޒުކު ރީތި ރަށެއް އަޅުގަނޑައް ތިޔަގޮތައް ދީފިކަމައްވާނަމަ ތިޔަ ކަނޑުއަޑީގެ ރެސްޓޯރަންޓުގެ 4 ގުނަބޮޑު އަދި މާހިތްގައިމު ރިސޯރޓެއް ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި ރިސޯރޓު ހުޅުވަން ސާފުޠޯހިރު ނިކަމެތި ފަގީރު ރައްޔަތުންނައް ދައުވަތުދީ 1 ހަފުތާވަންދެން އެބޭފުޅުންނައް ހިލޭ ރިސޯރޓުގައި ބައިތިއްބުމުގެ ފުރުސަތުދިނީމުސް.... ކީއްވެގެްތޯ ނުދެވެންވީ ތިޔަރައްރަށަކީ ދުނިޔޭގެ ތެޔޮނަގަމުންދާ ގައުމުތަކުގެ ތެޔޮވަޅުތަކައްތުރެން އެތަކެއްދަރަޖަ އަގުބޮޑު ފަސޭހައިން ހުސްވުމެއްނެތި ފައިސާ ލިބޭ ގައުމުގެ ޚަޒާނާތަކަކައްވާތީއެެވެ. ތެޔޮވަޅުތަކުން ލައްކަ ބުރަމަސައްކަތުން ފައިސާ ލިބޭއިރު އެވަޅުތަކަކީ ޚޮދު އެގައުމުތަކުގެ ދައުލަތުގެ މިލްކުތަކަކެވެ. ނަމަވެސް ރާއްޖޭގައި ހުރި ތަޔޮވަޅުތަކަކީ ރާއްޖޭގެ ރައްތަކެވެ. މިރައްތައް ވަކިވަކި ފަރުދުންގެ އަމިއްލަ މިލްކަކައް އެބަހަދައެވެ.

The name is already taken The name is available. Register?

މުހައްމަދު

31 January 2017

ރަނގަޅު ވާހަކައެއް. އުއްޗު އަށް މިކަހަލަ ކަމެއް ކުރެވޭނީ. ނައިބު ރައީސުންގެ ބާތުޑޭގައި ކޭކު ވެސް ފެޅޭނީ ވަކި ކަހަލަ ބަޔަކަށް. ބޮޑެތި މިލިއަނަރުން އިތުރު ފައިސާ ބައް ކުރުމަށް ހަދާ ރިސޯޓުތަކާއި ކަނޑުއަޑީގެ ރެސްޓޯރަންޓާއި އަރާމުޚާނާ ތައް ހެދުމަށް ގާނޫނުން ހުއްދަކޮށްގެން ޑިއުޓީ ނުދައްކައި، ޑިއުޓީއަށް ގެއްލުނުބައި އާއްމު ރައްޔިތުން ކޮންމެވެސް ޓެކްސް އަކުން ފުރިހަމަ ކޮށް އެ ފައިސާއިން ބަނދަރު ހަދައި ބަދަލުގައި ވޯޓު ހޯދައި، ވަކި ބަޔަކު ވެރިކަމަށް ގެނެސް، ވިޔަފާރިއަށް އިތުރަށް ފަހި މާހައުލެއް ގާއިމް ކުރެވޭނީވެސް ވަކި ކަހަލަ ބަޔަކަށް.

The name is already taken The name is available. Register?

ސިންބާ ގޮންގް ފްރޮމް ޕްރިޒަން

31 January 2017

ނޫނޭވާ އުއްޗު އެބަހުރި ދުނިޔޭގަ އުޅެން ދަސްކޮއްފަ. ކުރީގައި އޮންނަނީ ކޭކް ފަޅާފަ އަދީބުއަށް ހެދިކާ ކާންދިނުން. މިހާރު ރައީސް ޔާމީން އުގަށް ލައިގެން ކަނޑުއަޑީގައި ފަރިއްކުޅުވަނީ.

The name is already taken The name is available. Register?

ހަސަންބެ

31 January 2017

އެމްޑީޕީ އެއޮތީ ގާދޫކޮލުން ބޭރުވެފަ. ރައީސް ޔާމީނުގެ ޒައާމަތުގައި ޤައުމަށް ބޮޑެތި ބަދަލުތައްދަނީ އަންނަމުން. މީގެ ކުރިން ދުވަހަކުވެސް ރައްޔިތުން ނުދެކޭފަދަ ބޮޑެތި ކުރިއެރުން މިދިޔަ ތިން އަހަރު ފެނިއްޖެ. އިޤްތިސާދީގޮތުންނާ، ތަޢުލީމީ ގޮތުންނާ، ފޯރުންތެރިކަމުގެގޮތުންނާ، މިނިވަންކަމުގެގޮތުން. އެއްވެސް ކުއްޖެއް ބާކީ ނުކުރާ ޕޮލިސީގެ ދަށުން ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ ޤާބިލުކަން ހުރިވަރަކުން ތައުލީމުލިބި ކޮންމެވެސް ސެޓްފިކެޓެއް ނުވަތަ ހުނަރަކާއެކު މުޖުތަމައަށް ނުކުމެވޭގޮތް ވެއްޖެ. ގައުމު 2018 އަށް ޓަކައި ތައްޔާރުވާއިރު ބުނެވޭނީ އަދި އެއް ދައުރު ރައީސް ޔާމިނަށް ރައްޔިތުން ދޭނެކަމަށް.، ގައުމީ ޔުނިވަރު ސިޓީ އާއި އިސްލާމލިކު ޔުނިވަރު ސިޓީ ހަރުދަނާވެއްޖެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކާ އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް ގެންދަނީ މަސައްކަތްކުރަމުން. ގައުމަށް ހަމަޖެހުން އަތުވެއްޖެ. މަގުމައްޗަށް މުޒާހިރާއަށްނުކުމެ އާންމުންނަށް ބަޔަކުކުރަމުންދިޔަ ނުހުއްޕާނުން ސަލާމަތްކޮށްދީފި. ރަނގަޅު ތައުލީމު ހޯދައިގެން ތިބި އެންމެން މިތިބީ ވަޒީފާ ގަ. ނުކުޅެދޭ ކުދިންނަށްވެސް ވަޒީފާދަނި ލިބެމުން. ދެން ހަމަ އަޅުގަނޑަށް ދެންނެވެން އޮތީ ހަސަދަވެރިންނާ ލޮލަށް މިރުސްއެޅިފަތިބި މީހުނަށް މިކަންކަން ނުފެންނާނެކަން. އެކަމަކު ތަންދޮރުފިލާ ސިކުޑީގައި ތެއްކަންހުރި އެންމެން މިކަންކަން ޤަބޫލުކުރާނެ.

The name is already taken The name is available. Register?

ރައްކާކުރޭ

31 January 2017

ހުރަވަޅި ރިސޯރޓް ހުޅުވީ ޅަވިޔަނި އަތޮޅުގައެވެ. އެއަތޮޅުގައި އެބަޖެހޭ ޑޮމެސްޓިކް އެއާރޕޯރޓް އެއް މިވެރި ކަމުގައި އަޅަން އެމްޓީސީސީ އަށް އެ އަތޮޅު ފެލިވަރުން ބިން ދީގެން ނަމަވެސް. ޅަވިޔަނި އަދި ށަވިޔަނި އަދި ނޫނު އަތޮޅުގައި ޑޮމެސްޓިކް އެއާރޕޯރޓްސް އަދި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާރޕޯރޓް އަދި ހޯރަފުށީ ފަޅު ހިއްކައިގެން އެތަނުގައި ޑޮމެސްޓިކް އެއާރޕޯރޓްސް ހަދަން އެމްޓީސީސީ އާއި މިއަހަރު ހަވާލުކުރަންވީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން. އެއިރުން އެކުންފުނިން އެކަން ކުރާނެ ކަމުގެ ފުރިހަމަ ޔަގީން ކަން މަމެންނަށް އެބައޮތެވެ. ކޮންމެ އެއާރޕޯރޓް އަކަށް 20 ހާސް އަކަފޫޓްގެ ބިން އެމްޓީސީސީ އަށް ހުޅުމާލޭން ސަބްސިޑީ އެއްގެ ގޮތުގައި ދިނުމުން އެބިމުގައި 25 ބުރީގެ ފްލެޓްސް އިމާރާތް ކޮށް ކުއްޔަށް ދިނުމުން އެމްޓީސީސީ އަށް އަބަދު އާމްދަނީ ލިބި ލިބ ހުންނާނެ ނޫންތޯ. މިކަން ކުރެވޭތޯ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އެޕްރީލް 8 ގެ ކުރިން ބައްލަވަންވީ އެވެ. އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެއެވެ.

The name is already taken The name is available. Register?

ރިޒޯޓް

31 January 2017

ބޭރުމީހުންނަށް ދީފައިވާ ފަޅުތަކާއި ރައްތަކުގައި އެމީހުންގެ ވިޔަފާރި ކުރިއަރުވާނެ. އެކަމުން ދިވެހިންނަށް އޮތީ ކޮން އުފަލެއް.

The name is already taken The name is available. Register?

ބަލަންވީ

31 January 2017

ހުރަވަޅި ރިސޯރޓް ވެސް ހެދި ހުޅުވުނީ އެވެ. ދެން މަމެން ދެކެން ބޭނުންވަނީ އެމްޓީސީސީ އަށް ކޮންނަ ބޯޓް ގެނެސްގެން މާލެ ސަރަހައްދުގައި މިހިރަ ހުރިހާ ފަޅު ތައް ހިއްކާ އަދި މާފުށި ފަޅު އެއްކޮށް ހިއްކާލާ އެތަނުގައި މޮޓެލްސް ތައް އަޅަން ބިން އާންމު ފަރާތް ތަކަށް ކުއްޔަށް ދޫކޮށް އެއިން އެތައް މިލިއަން ޑޮލަރެއް އެމްޓީސީސީ އަށް ލިބިގެން ދާ ތަނެވެ. މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކައިފިނަމަ އެ ވަރަށް ބޮޑު އަގުގައި ވިކޭނެ ކަން މިހާރު މިދަނީ އެނގި ސާބިތު ވަމުން ނޫންތޯއެވެ. ކަން މިހެން ހުރުމުން މިކަން ވެސް ކުރެވޭތޯ ބައްލަވަންވީ އެވެ. އަދި ވަރަށް މުހިއްުމު މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލ،ަ ކަނޑުއޮޅު ހިއްކައިގެން އެތަނުގައި ނިއުމާލެ ކްރިއޭޓް ކުރެވޭތޯ ބެލުން. އެހެން ވެއްޖެނަމަ ދެން ރާއްޖޭގެ ހުރިހާ ރައްޔިތުން ނަށް ފާގަތި ރީތި ދިރިއުޅުމެއް ލިބި ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެގެން ދިޔައީ އެވެ.

The name is already taken The name is available. Register?

އަފިހުން ގޮއްޔެ

31 January 2017

އެއްގޮތަކަށްވެސް އާއްމު ފަރާތްތަކަށް ހުޅުވަލައިގެން ނުވާނެ އެއީ ވަރަށް ބޮޑު ގޯހެއް އާއްމު މީހާގެ ޖީބަށް ފައިސާ ފޮއްޗެއް ވައްނަގޮތެއް ހަދައިގެން ނުވާނެ، ބޭރުގެ ކޮންމެވެސް ފަރާތެއް ހޯދައިގެން މޭޒު ދަށުން ކުޅުނިއްޔާ ވެރިންގެ ޖީބުތައް ފުރާލެވޭނީ، އަނެއްކާ އެއީ ތަބީޢީ ކަމެއްވެސް ނޫންތޭ.

The name is already taken The name is available. Register?

އަމީން

31 January 2017

ރައީސް، ކެނެޑާގަ އެންމެ ފަހުން ހިންގި ޤަތުލު އާއްމު ކުއްވެރި ކޮށްލާނެ ވަގުތު ނުވަނީތޯ؟

The name is already taken The name is available. Register?

♞އަސްގެ

31 January 2017

ތިޔައީ ރިސޯޓް ހިއްސާ ރިސޯޓް މުވައްޒަފުންނަށް ދޭން ބުނި ސަރުކާރު.. އެވަރަކުން ހުއްޓުނީއެއް ނޫނެވެ. މަނިކުފާނު ވެރިކަމާއި ހަވާލުވީ ފަހުން 2014ވަނަ އަހަރު - އިރުފުށި ރިޒޯޓް ރިބްރޭންޑް ކުރަން ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވި "އިރާދަ ކުރެއްވިއްޔާ މިއަހަރު ތެރޭގައި މިކަން ކުރަން އަޅުގަނޑު ނިންމައިފިން އަދި ބައެއް ރިސޯޓްތަކުން މިކަން ކޮއްދޭނެ ކަމަށް އަޅުގަނޑަށް ކަށަވަރު ބަސް ދީފަ ވަނީ" 21 ފެބްރުއަރީ 2014 .. މިއީ ރިޒޯޓް ހިއްސާ މުވައްޒަފުންނަށް ދޭނެކަމަށް ބުނެ ދެއްކެވި ވާހަކަފުޅު

The name is already taken The name is available. Register?

މުގާބޭ

31 January 2017

ތި ރިސޯޓުގާ ދިވެހިން ކިތައްޕަސެންޓުތޯ އަދި ބޭރު މީހުން ކިތައް ޕަސެންޓުތޯ؟

The name is already taken The name is available. Register?

♞އަސްގެ

31 January 2017

ދިވެހި މުވައްޒަފުންނަށް %40 އިންސައްތަ ހިއްސާ ދޭނަމޯ.. #ކެންޑީސަރުކާރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454