މުނިފޫހިފިލުވުން

އާޝާ ވެސް މިވީ ބާބީއަކަށް

އާޝާގެ "ބާބީ" ފޮޓޯޝޫޓް | ފޮޓޯ: ސުހައިލް

21 ޖުލައި 2023 - 09:02

10 comments

މިއަދު ނުކުންނަ ހޮލީވުޑްގެ "ބާބީ" ފިލްމަށް އޮތް ފޯރި ވަރަށް ގަދަ އެވެ؛ ރާއްޖޭގައި ވެސް މެ އެވެ.

ޓިކްޓޮކުން ވިދާލައި ދިވެހި ސިމަނާގެ އުދަރެހުގައި ވިދަމުން އަންނަ ތަރި، އާމިނަތު ރަޝްފާ (އާޝާ)ގެ އެންމެފަހުގެ ފޮޓޯޝޫޓުން ވެސް މި ފޯރި އެބަ ފެނެ އެވެ. އާޝާ ވެސް "ބާބީ" އަކަށް ވީ އެވެ.

ބައިސްކޯފް ސްޓޫޑިއޯގައި ބޭއްވި މި ފޮޓޯޝޫޓްގެ ފޮޓޯތައް އާޝާ ވަނީ މިއަދު އިންސްޓަގްރާމް ކޮށްފަ އެވެ.

އާޝާގެ "ބާބީ" ފޮޓޯޝޫޓް | ފޮޓޯ: ސުހައިލް

މިއީ "ބާބީ" އަށް އޮތް ލޯތްބާއެކު، އެންމެ ދުވަހަކުން ނިންމާލި މަސައްކަތެކެވެ.

މި ފޮޓޯޝޫޓްގައި އާޝާގެ "ބާބީ" އައުޓްފިޓް ޑިޒައިން ކުރި، ފެޝަން ޑިޒައިނަރު ނޫރާ ރަޝީދު ބުނި ގޮތުގައި އެއީ އެންމެ ހަތަރު ގަޑިއިރު އޭނާ ޑިޒައިންކުރި ހެދުމެކެވެ. އަދި އެ ސެޓް ހަދަން ނެގީ ތިން ގަޑިއެއްހާއިރެވެ.

"ބާބީ ޕްރިމިއާކުރާތީ ހަމަޖެއްސި ޝޫޓެއް ހަމަ،" އޭނާ ބުންޏެވެ.

އާޝާގެ "ބާބީ" ފޮޓޯޝޫޓް | ފޮޓޯ: ސުހައިލް

އާޝާގެ މޭކަޕް ކޮށްދިނީ ހަސަން އާދަމް (މޭކަޕް ހަސަން) އެވެ. ސެޓް ޑިޒައިންކުރީ ނޫރާއާ އެކު، ނާއިޝާ ނާޝިދު އަދި ހަސަނެވެ. ފޮޓޯތައް ނެގީ، ފޮޓޯގްރާފަރު އަހްމަދު ސުހައިލެވެ.

ގްރޭޓާ ގާވިގް ޑައިރެކްޓުކޮށް ގެނެސްދޭ "ބާބީ" ފިލްމަށް ކްރިޓިކުން ތައުރީފު އޮތީ އޮއްސާލައިފަ އެވެ. މިއަހަރު ގިނަ ބަޔަކު އެންމެ އިންތިޒާކުރި ހޮލީވުޑް ފިލްމަށް ވެސް އޮތީ ވެފަ އެވެ.

"ބާބީ"ގެ ލީޑު ރޯލު ނުވަތަ ބާބީގެ ރޯލު ކުޅެނީ މާގޯ ރޯބީ އެވެ. އަދި ކެންގެ ރޯލު ކުޅެނީ ރަޔަން ގޯސްލިން އެވެ.

10 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 5%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒައެން

23 July 2023

މަށަށް ވަރަށް ހުތުރު ކުއްޖެއް ތީ. ކަމަކު ނުދޭ

The name is already taken The name is available. Register?

މޫނު

22 July 2023

ބާބީ ހީވަނީ ދެން ދާދި އަވަހަށް ޕޯނީ އަކަށް ވެސް ވެދާނެހެން. އޭގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ.

The name is already taken The name is available. Register?

އަހްމަދޫން

22 July 2023

މަށަކަށް ތިޔަފޮޓޯއަކުން ބާބީ އެއްނުފެނޭ. މަށަށް ފެންނަނީ ނަރަކައިގެ ދަރުގަނޑެއް.

The name is already taken The name is available. Register?

މާލެ މީހެއް

22 July 2023

ތީ ހަމަ އިސްލާމުން އުޅޭ ގޮތްތަ؟ހަމަ ކަޝަވަރުން ދިރޭ ކޮންމެ އެއްޗެއް މަރު ގެ ރަހަ ލިބޭނެ.

The name is already taken The name is available. Register?

ދިުެނުދ84

22 July 2023

ކަށަވަރުން، ކޮން ޝ އެއްތަ

The name is already taken The name is available. Register?

2023

21 July 2023

އަސްލު ބާބީ ތިކުޅުވީ ނުބައި މަންޖެއެއްލައްްވާ ތި ފޮޓޯތައް ފެނިފަ ބޭރުގެ މީޑިޔާތަށްވެސް އެތިބީ ކޮސްވެފަ.... ބޮއިހަލަކި

The name is already taken The name is available. Register?

އަހުމޭ

21 July 2023

މިރީތި ކުއްޖެއް

The name is already taken The name is available. Register?

އަޑަފި

21 July 2023

ހުރިހާ ދިވެހި އަންހެނުންވެސް ހަށިގަނޑަށް ބަލާލައިގެން މިހެން ނަލަކޮން ތިބޭނަމަ ދޯ

The name is already taken The name is available. Register?

ބެލުންތިރިކުރޭ

21 July 2023

ހުރިހާމީހުން ފަލަކޮށްތިބެނީ އަބަދުކާތީކީނޫން. ބައެއްމީހުންގެ ހުންނަ ބައްޔެއްގެ ސަބަބުން ފަލަވަނީ، އަނެއްބަޔަކު ހަށިގަނޑުގެ ހޯމޯންލެވެލްގެ މައްސަލައަކުން. ދިވެހި އަންހެނުންތެރޭ މިމައްސަލަވަރަށްބޮޑު. ބައެއްމީހުން ފަލަވަނީ ކާންޖެހޭ ބޭހަކުން. އަނެއްބަޔަކު ކިތަންމެ މަސައްކަތްކުރިޔަސް ނުހިކެނީ. ފިރިހެނުންގެ ސަރުބީވިރޭހާ ހަލުވިކޮށް އަންހެނުންގެ ނުވިރޭނެ. އެމީހުންގެ ހަށިގަޑަކީ ކޮންމެމަހަކު އެތައްބަދަލުތަކެއް އަންނައެއްޗެއް. ނޭނގެންޏާ ވާނުވާ ދަސްކޮށްބަލަ

The name is already taken The name is available. Register?

ނޯ ގުޑް

21 July 2023

ތަނަކުން ލޫޅާފަތި އަންހެނަކު ފެންނައިރަށް ހާދަވަރެކޭތިވަނީ. ނަސީބެއް ހުރިހާ އަންހެނުން ހިކިކޮށް ނުތިބޭކަން. އެހެންނޫނީ ހުރިހާ އަންހެނުންނާ ދިމާލަށްވެސް ތިވައްތަރަށް ބަލާނެ. އަދި މޮޅުކަމަކީ މިހެންކިޔާ ފިރިހެނުންވެސް ތިބޭނީ ރުނބާގަނޑެއްހެން. ތިމާ ވަރިހަމަ ބޯޅައެއްހެން އޮތަސް. އަންހެންމީހާ ޖެހޭނީ ބަނޑި ބަނޑިލާފައި ހުންނަން. ހިތްމޮޅު ވަހުޝީމީހުން ގިނަ ތަނެއް ރާއްޖެމީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454