ޕީޕީއެމް/ޕީއެންސީގެ އިސްވެރިން: ޕީޕީއެމްގެ އިންތިހާބީ ކަންބޮޑުވުންތައް އިނގިރޭސި ސަފީރާ ވަނީ ހިއްސާކުރައްވާފައި. ފޮޓޯ: ނިޝާން އަލީ / މިހާރު
23 ޖުލައި 2023 - 21:11
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ކަންބޮޑުވުންތައް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރު، ކެރޮން ރޮސްލާއާ ހިއްސާކުރައްވައިފި އެވެ.
ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސި ހައި ކޮމިޝަނަރާ ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތްގޮތާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށެވެ.
ސަރުކާރުން ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކަށް ވެސް ނުފޫޒު ފޯރުވަމުންދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވެ ސައީދު ވަނީ އެފަދަ ނުރަނގަޅު ސިޔާސީ ކަންތައް ނިމުމަކަށް ގެނައުމަށް ވެސް ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު މިނިވަން، އިންސާފުވެރި އިންތިހާބަކަށްވުމަކީ އެންމެނަށް ވެސް އެކަމުގައި ފައިދާ ބޮޑު ގޮތެވެ.
Today we met the British High Commissioner H.E @caron_rohsler to discuss the current political situation in the #Maldives. 🇲🇻🇬🇧
— Mohamed Saeed (@em_saeed) July 23, 2023
It is the collective interest of all sides to see an inclusive, free and fair election this September.
We expressed serious concerns on government’s…
އިނގިރޭސީ ހައި ކޮމިޝަނަރާ ބައްދަލުކުރައްވައި ޕީޕީއެމުން ކަންބޮޑުވުންތައް ހިއްސާކުރިއިރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ވަކީލުން މިއަދު ޖަލަށް ވަޑައިގަތުމުން އެމަނިކުފާނާ ބައްދަލުކުރަން ކަރެކްޝަންސުން ހުއްދައެއް ނުދިނެވެ. އެއީ، ވަކީލުން ގެންދިޔަ ފައިލެއް ދައްކަން ދެކޮޅު ހެދުމުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ފޯމު ހުށަހަޅަން ޕީޕީއެމުން އަންނަނީ މަސައްކަތް ކުރަމުން އަންނައިރު ޖަލަށް ގެންދިޔަ ފައިލުގައި ކެންޑިޑެސީއާ ގުޅޭ ލިޔުމެއް ނޯންނާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެ އެވެ. އެކަމަކު ޖަލު ހުކުމެއް ތަންފީޒު ކުރެއްވިޔަސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެ މަނިކުފާނުގެ ފޯމު އިލެކްޝަންސަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން އޮތީ ބުނެފަ އެވެ.
ޔާމީންގެ އިންތިހާބީ ހައްގުތައް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތުކޮށް އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިޔަސް އެ މައްސަލަ ބަލައި ނުގަންނަން ވެސް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެމަނިކުފާނުގެ އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އ ހަސަނު
24 July 2023
ކުދިންނޭ، މޮޔަ ނުވޭ. ކުރިއަށް ރިޔާސީ އިންތިހާބު އަދި އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ނިމޭއިރުވެސް ޔާމީނު އޮންނާނީ ޖަލުގަ. މުއިއްޒު ކުރަންވީ ކަމަކީ ޕާޓީގެ އެތެރެއިން އިންގިލާބެއް ގެނެސް ޕީޕީއެމް /ޕީއެންސީ ޓެކްއޯވަރ ކުރަންވީ. މިއީ މުއިއްޒު ލީޑަރޝިޕް ދައްކަން ޖެހޭ ވަގުތު! މުއިއްޒޫ، އަވަސް ކުރޭ. ވަގުތު ކުޑަތަން ވަނީ...
އަބްޑޫޅް +
24 July 2023
އަދިވެސް މާތްވެގެންވާ އިގިރޭސި ދައުލަތުގެ ގޯވަރުނަދޯރުގެ އަރިއަހަށް ދޯ މި ދަނީ. އެއް އިރެއް ދިޔަ، ބަތާވިކަރައިގަ ހުރި، ފޯލަންދާއިންގެ ކުފަރުނޭރު ގެ އަރިއަހަށް ވެދުންބަރުތީލަ ފޮނުވި އިރެއްވެސް. އަދި ފަންނަސޭރީގަ ހުރި ފަރަންސޭސީންގެ ލިގުވެޣްނެއޭޣް މޫޒުދުފުލީސް ގެ އަރިއަހަށް ކަބަރުފަތްކޮޅު ފޮނުވި އިރެއްވެސް.
ހަސޯ
24 July 2023
ސަފީރު ބުނީ ދިވެހިން އުނބައްޖެހުމޭ ބުނަނީ ކިހިނެއްވީމަތޯ؟
މަރޭމިތުރާ.
24 July 2023
މިކަހަލަ ސިޔާސީ ދަންފަޅިއރއްގެވެސް ހާފުވެސް ހަމަނުވާ ބަޔަކަށް ވޯޓުދީގެން ގައުމު ވާނީ ރޯނާ
ނިކު
24 July 2023
ތީ ޕީޕީއެމުން ގޮވާ އެއްކަލަ މުސްލިމުންނޫން ކާފަރުން. ހަމައެމީހުން ކައިރިއަށް މި އެހީއަށް ދާންމިޖެހުނީ! ހަހަހަހަ!
ސަމާ އާދަމް
24 July 2023
ކޮމަންވެލްތުން ވަކިވީމާ ރާކަނިމަސް ކެވޭތަ؟ ނޫނަސް ވައްކަން އިންތިހާއަށްކޮށް ބޮޑޭވެފަ އެ ފޮނި ޕޯޑިއަމްތަކުގާ ކެނޑީ ގައްޑާވެފަ. ދެން ޖަލުގައި ގައްޑާވާން އޮވޭ!
އަންދަލޫސިޔާ
24 July 2023
ކޮމަންވެލްތުން ވަކިވެ، ދާޚިލީ ކަންކަމާ ބޭރުމީހުން ނުބައްސާ މީހުން ކިހިނެތް ވެގެންބާ މިއުޅެނީ؟
ކަތްދައްތަ
24 July 2023
މުޅިން ދާޚިލީ މީހުންނާދޯ ތި ބައްދަލުކުރަނީ. އަސްލު ބައްދަލު ކުރަންވީ މީހާކީ ބޮޑުބޭބެ މޯދީ.
1828
24 July 2023
ނަޝީދު މިއަދު ޖަލުގައި ހުރިނަމަ އެމެރިކާ އަދި ޔޫރަޕްގެ ޤައުމުތަކުން އިރު އިރުކޮޅާ ސަރުކާރާއި ދެކޮޅަށް ބަޔާނެއް ނެރޭނެ. ފިއްތުންތައް ކުރިމަތިކުރުވާނެ. ސަބަބަކީ ކޮބައިކަން ހުރިހާ ދިވެހި ރައްޔިތުންނަށްވެސް އިނގޭ. އެއީ ދެކުނު އޭޝިއާގެ މުގާބޭއަކަށް ވެގެންނެއްނޫން. އެއީ އެމެރިކާ އަދި ޔޫރަޕްގެ ޕްރޮޕެގެންޓާ ނަޝީދު ރާއްޖޭގައި ފަތުރައިދޭތީ.
ބަރުސީ
24 July 2023
ކީއްކުރަން ތިދިޔައީ. ކޮމަންވެލްތުން ކެޑެން ގޮވާލަން ތަ؟