25 ޖުލައި 2023 - 13:38
ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓުވިޓާ ކުންފުނީގެ ނަމާއި ލޯގޯ އަދި ބްރޭންޑް އެ ކުންފުނިން ބަދަލުކޮށްފި އެވެ.
ޓުވިޓާގެ ވެރިޔާ، މަހުޖަނު އީލޮން މަސްކް ވަނީ ކުންފުނި ރީބްރޭންޑް ކުރި ކަން އިއުލާން ކުރައްވައިފަ އެވެ.
މި ގެނައި ބަދަލާ އެކު، މިދިޔަ 17 އަހަރު ޓުވިޓާ އިން ބޭނުންކުރަމުން އައި ނޫ ކުލައިގެ ދޫންޏެއް އިންނަ ލޯގޯ، އިނގިރޭސި "އެކްސް" އަކުރަކަށް ވަނީ ބަދަލުކޮށްފަ އެވެ. ނޫ ކުލައިގެ ބަދަލުގައި ބޭނުންކުރަނީ ކަޅާއި ހުދު ކުލަ އެވެ. ޓުވިޓާގެ ޑޮމެއިން x.com އަށް ބަދަލުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
— Elon Musk (@elonmusk) July 23, 2023
މަސްކް ވިދާޅުވި ގޮތުގައި، "ޓުވީޓް"ގެ ބަދަލުގައި އެ ޕްލެޓްފޯމުގައި ކުރާ ޕޯސްޓުތަކަށް ވެސް ދެން ކިޔާނީ "އެކްސް" އެވެ.
ޓުވިޓާ އާ ސީއީއޯ، ލިންޑާ ޔަކަރީނޯ ޔަގީންކަން ދެއްވި ގޮތުގައި، ރީބްރޭންޑް ކުރުމުން ކުންފުންޏަށް އާ ފުރުސަތުތައް ފަހިވާނެ އެވެ.
Our headquarters tonight pic.twitter.com/GO6yY8R7fO
— Elon Musk (@elonmusk) July 24, 2023
އާދައިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ބަދަލުގައި "ވީ ޗެޓް" އާއި "ޕޭޓީއެމް" ކަހަލަ ތަފާތު އިތުރު ހިދުމަތްތައް ދޭ "ސުޕަ އެޕް"އަކަށް ޓުވިޓާ ބަދަލުކޮށްލުމަކީ ވެސް މަސްކްގެ ވިސްނުމެވެ. އެ ކުންފުނި ރީބްރޭންޑްކުރުމުގެ މައިގަނޑު މަގުސަދުކީ ވެސް އެއީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާވިސްނޭ
27 July 2023
އަހަރެން ގެ ގަމާރު ކަމާ.
އެކްސްޓްވީޓް
26 July 2023
މިގައުމުގަވެސް އުޅެނީ ރީބްރޭންޑްކުރުމުގެ މޮޔަ ވަބާއެއް ފެތުރިގެން. މަސްކުވެސް އެ މޮޔަކަމުން ސަލާމަތެއްނުވި.
މަސްކޫރާ ކާސިމާގަ
25 July 2023
އެކަމު މަ ޓްވިއްޓޭގަ އަދިވެސް އޮތީ ޓްވިޓަރު ޑޮޓު ކޮމް. މަގޭ އެކުސް މަތިން ވަރައްފޫހިވޭ. އަބަދު އެހެން ބިޓުންގެ ވާހަކަ ދައްކާތީ ކޮމިއިނިކޭށަން އެރާ އެކޭ ކިޔާފަ މަ ބަޗާފިން. އޮއްނާނެ ބިޓުންގެ ވާހަކަ ދެއްކިފަ މިހާރު
48343
25 July 2023
މީގެފަހުން ބުނަންޖެހެނީ ޓުވީޓެއްކޮށްފީމޭ ބުނުމުގެ ބަދަލުގާ އެސްއެއްކޮށްފީމޭތަ؟
އައިބެ
25 July 2023
އެކްސް އެހާ ބާރުގަދައީ ކީއްވެތަަ؟
ޙިނި
25 July 2023
ވަރައް ފުރިހަމަ ނިންމުމެއް. ޓުވިޓާ ސްޕޭސް އޭޖައް އެކަށޭނަ އެއްޗަކައް ވާންޖެހޭ،
ފަހުދު.
25 July 2023
ދިވެއްސަކު ޓުވީޓް ކުރުމައް ޓިއުޓް ކުރުމޭ ކީފަހުން އީލޮން މަސްކް ގޮތްހުސްވެގެން އޭގެނަން × އައް ބަދަލުކުރީ
ބުރުގާ
25 July 2023
އައްޗީޑި ދެން...
މަސްކޫރާ ކާސިމާގަ
25 July 2023
އެކަމު މަ ޓްވިއްޓޭގަ އަދިވެސް އޮތީ ޓްވިޓަރު ޑޮޓު ކޮމް. މަގޭ އެކުސް މަތިން ވަރައްފޫހިވޭ. އަބަދު އެހެން ބިޓުންގެ ވާހަކަ ދައްކާތީ ކޮމިއިނިކޭށަން އެރާ އެކޭ ކިޔާފަ މަ ބަޗާފިން. އޮއްނާނެ ބިޓުންގެ ވާހަކަ ދެއްކިފަ މިހާރު
ސޭބޫ
25 July 2023
ބޯހަލާކު.