އެމްއާރުއެމްގެ ޓިކެޓަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅާ ފާރިސް މައުމޫން: ޕާޓީން ވާދަނުކުރެވިއްޖެ ނަމަ އަމިއްލަ ގޮތުން ވާދަކުރައްވަން އޭނާ ގެންދަވަނީ ތައްޔާރުވަމުން. -- ފޮޓޯ | މިހާރު
30 ޖުލައި 2023 - 14:18
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ކުރިމަތިވެފައިވާ ގާނޫނީ ހާލަތާ ހެދި އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވިދާނެތީ އަމިއްލަ ގޮތުން ކުރިމަތިލައްވަން ސޮއި ހޯދަން ފަށައިފި އެވެ.
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ނަމަ ފޯމު ހުށަހެޅޭނީ 1،500 މީހުންގެ ތާއީދު ސޮޔާއެކުގަ އެވެ.
ފާރިސް ސޮއި ހޯއްދަވަމުން އަންނަ އިރު އެމްއާރުއެމުން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ އޭނާ އެކަންޏެވެ. އެކަމަކު އަމިއްލަ ގޮތުން ވެސް ވާދަކުރައްވަން އޭނާ ތައްޔާރުވެވަޑައިގަންނަވަނީ އެމްއާރުއެމަށް ކުރިމަތިވެފައިވާ ގާނޫނީ ސުވާލާ ހެދި އެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ އަދަދު 3،000 މެމްބަރުން އެ ޕާޓީގައި ހަމަނުވާތީ އީސީން ވަނީ އެމްއާރުއެމް އުވާލައިފަ އެވެ. މިއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދޭން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމިފައި އޮތީ އެމްއާރުއެމްއާ އެއްކޮޅަށެވެ.
ކޯޓުން އޮތީ މައްސަލަ ނިމެންދެން އެމްއާރުއެމް އުވާލުމުގެ ނިންމުމަށް އަމަލުނުކުރަން އަންގައިފަ އެވެ. އެކަމަކު ރިޔާސީ އިންތިހާބާ ގުޅޭ ބައްދަލުވުންތަކަށް އީސީން އެ ޕާޓީއަށް ނުދޭ ކަމަށް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.
އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ އެ ޕާޓީއަށް އިންތިހާބުގައި ވާދަނުކުރެވިއްޖެ ނަމަ އަމިއްލަ ގޮތުން ފާރިސް ވާދަކުރައްވާނެ ކަމަށެވެ.
އެމްއާރުއެމުން އިންތިހާބަށް ފާރިސް ނެރެން ނިންމާފައިވާ އިރު އެ ޕާޓީ އަދިވެސް އޮތީ މި ސަރުކާރު ހިންގާ ކޯލިޝަންގަ އެވެ. މި ވެރިކަން ގެނައުމުގައި އިސް ހަރަކާތްތެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ފާރިސް ހިމެނިވަޑައިގެންނެވި ނަމަވެސް މި ފަހުން އެމްއާރުއެމުން ދަނީ ސަރުކާރުގެ އެކި ކަންކަމާ ގުޅުވައި ނުރުހުންފާޅުކުރަމުންނެވެ.
ކޯލިޝަން ވެރިކަމެއް އުފައްދަން ލީޑަރުންގެ މެދުގައި އެއްބަސްވި ގޮތަށް ކަންކަން ނުދިޔަ ކަމުގެ ކަންބޮޑުވުން ވެސް އެ ޕާޓީން އޮތީ ފާޅުކޮށްފަ އެވެ.
އެމްޑީޕީ އިސްވެ އޮވެ އުފެއްދި މި ކޯލިޝަންގެ ދެ ވަނަ ދައުރަކަށް އެމްއާރުއެމަށް ދިން ދައުވަތު އެ ޕާޓީން ގަބޫލެއް ނުކުރި އެވެ. އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދު ނުކުރެވޭތީ ކޯލިޝަންގެ އިތުރު ދައުރަކަށް އެމްޑީޕީއާ އެކު ނުތިބެން ނިންމާފައިވާ ކަން މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ.
އެކަމަކު ޖޭޕީއާ އެކު އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ކުރަން އެމްއާރުއެމް ތައްޔާރެވެ. މިދިޔަ ހަފުތާގައި އެ ޕާޓީން ވަނީ ޖޭޕީއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެދުންސ
30 July 2023
30އަހަރު ވެރިކަންކުރެއްވި ބޭފުޅާ ތިޔަހުރިހާކުދިންނަށް ވާވަރަށް ވެރިކަންކޮށފި ދެން ތިކަމަކާއިގެން އުޅުއްވާނެކަމެއްނެތަް
ވިސްނާށޭ
30 July 2023
ޕީޕީއެމްށްވުރެ ވިސްނުން ރަގަޅުކަމަށް ގަބޫލުކުރެވޭ. ގާނޫނޫ މާސިންގާސުވާލެއް އޮތަސް ބިރުވެރި ވަގު ނޫން އެހެންމީހަކު ހުށަނާޅާ އެހެން ޕްލޭނެއްނެތި އެކަންތައްތައްކުރަނީ ކޮންޓިންޖެންސީ ޕްލޭނު ހެދުމުގެ ވިސްނުމުގެ ބާރުނެތީމައެވެ. އެމއްއާރުއެމުން އެކަހަލަ ކަންތައްތަކަށް ވިސްނާ ޕްލޭން ކުރުމުން ދޭހަވަނީ ދެމެހެއްޓެވި ގޮތަކަށް ވިސްނުމުގެ ކުޅަދާނަކަން އެބަހުރި ކަމެވެ.
48343
30 July 2023
އެހެންވީމާ މިފަހަރު ފަހަތުން އެއްވަނަށް ވާދަކުރާނެ ކެންޑިޑޭޓުންނަކީ ފާރިޝާ އުމާރާ ލަބީބާތާ.
މުއުތަބަރު
30 July 2023
ފަާރިސް ، މައި ޔަންގް ޕްރެޒިޑެންޓް!
އަލީ އަލީ 22
30 July 2023
ފާރިސް އަސް މިކަން ވާނެ! ޔާމީނު ވެރިކަމުގަ ދެއްވި އަނިޔާއިންވެސް ފިކުރަކަށް ހިއްވަރަކަށް ބަދަލެއް އަޒުމަށް ބަދަލެއް ނައި! ފަހަކަށް ނުޖެހުނު! އަނެއްކާ ރައީސް މައުމޫނުގެ ބޭފުޅެއް ވީމާ އުއްމީދު ކުރެވޭ ރަނގަޅުވާނެކަމށް! މަމެންނާ މަމެން ރަށުމީހުންވސް ފާރިސަށް ވޯޓް ދޭނެ!
ސާބަހޭޭ
30 July 2023
އިންތިޚާބަށް ތައްޔާރުނުވެވޭނީ ބަޔަކަށް މިހާ ވަރަށް. ދެން ކިހިނެއް ގައުމެއް ހިންގަނީ އުޅެވޭނީ.
އަންދަލޫސިޔާ
30 July 2023
ދެން 1500 ވެސް ހަމައެއް ނުވާނެ. ލާއިންސާނީ މައުމޫނިއްޔަތަށް ދިވެހިން ބުނާނީ ނޫނެކޭ!
އޮނަރަބްލް އަފީފު ދީދީ
30 July 2023
ގޮން ޖެހުމަކަށް ނުވިކަމުގައިވިޔަސް ވެރިކަން ގެއްލިހިގައްޖެ ކަން ޔަޤީންވެއްޖެ އެހެންނޫންތޯ؟ ކުރީގެ އެމްޑީޕީ (އެޕާޓީގެ %20 މެންބަރުން މިހާރުތިބި ޕާޓީ ނުވަތަ ސޯލިޙްގެޕާޓީ) އާއި ގޮށް ޖެހިގެން ތިބި އިމްރާނު، ޖާބިރު، ރީކޯ މޫސާނިކް އަދި ފޮރިންގް މިނިސްޓްރީން ސިންގަޕޯރ ސަރުކާރަށް ފޮނުވި "ސިއްރު" ސިޓީގައި އިއްޒަތްދެއްވި ސިޔާމް ފަދަ ޝަރަފުވެރިންނަށްވުރެން އަދިވެސް ޒައީމްގެމަޤުބޫލުކަން ބޮޑުވާނެ އިގޭތޯ. އިންތިޙާބުގައި ސޯލިޙް ހޯދާ ނުފެންނަހިސާބަށް ވެއްޓޭނެ.