30 ޖުލައި 2023 - 14:32
ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާ އިން އެއްވެސް އިރެއްގައި ދެކޮޅު ނުހަދާ ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ރޭ ވިދާޅުވެއްޖެ އެވެ.
ސެންޓް ޕީޓްސްބާގްގައި ބޭއްވި ރަޝިޔާ-އެފްރިކާ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވި ގޮތުގައި ޔޫކްރޭން މައްސަލަ ހައްލުކުރުމުގައި އަސާސެއް ކަމަށް ބަލާނީ ޗައިނާ އާއި އެފްރިކާގެ ގައުމުތަކުން ލިބިފައިވާ ހުށަހެޅުމެވެ. އެހެން ނަމަވެސް، ޔޫކްރޭން ސިފައިން ހަނގުރާމައިގެ ހާލަތުގައި ތިބިހާ ހިނދަކު، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާ އާއި އެފްރިކާގެ ގައުމުތަކުން ވެސް ވަނީ، ޔޫކްރޭން މައްސަލަ އަށް ސުލްހަވެރި ދާއިމީ ހައްލެއް ހޯދުމުގެ ހުށަހެޅުމެއް ރަޝިޔާ އާއި ޔޫކްރޭނަށް ހުށަހަޅައިފަ އެވެ. އެ ދެ ހުށަހެޅުމާ ބެހޭ ގޮތުން ވެސް، ރަޝިޔާ އާއި ޔޫކްރޭނުން ބުނެފައިވަނީ، ވަކި ޝަރުތަކަކާ އެކުގައި ނޫނީ މަޝްވަރާގެ މޭޒު ދޮށަށް ހާޒިރު ނުވާނެ ކަމަށެވެ.
އެ ގޮތުން ޔޫކްރޭނުން ހުށަހަޅާ ފުރަތަމަ ޝަރުތަކީ، 1991 ވަނަ އަހަރު އެ ގައުމުގެ ސަރަހައްދުގެ ގޮތުގައި އޮތް ހުރިހާ ބިމެއް އަނބުރާ އެ ގައުމަށް ލިބުމެވެ. ޔޫކްރޭނުން އެ އިޝާރާތް ކުރާ ބިންތަކަކީ މިހާރު ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ބިންތަކެވެ.
ނަމަވެސް ޔޫކްރޭންގެ އެ ޝަރުތަށް ރަޝިޔާ އިން ފާޅުގައި ދެކޮޅު ހަދަ އެވެ. ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭން މައްސަލަ އަށް ދާއިމީ ހައްލެއް ހޯދޭނީ، ޔޫކްރޭންގެ ސަރަހައްދު މިހާރު އޮތް ގޮތަށް ޔޫކްރޭނުން ރުހި ގަބޫލު ވެގެންނެވެ.
ޕުޓިން ރޭ ވިދާޅުވި ގޮތުގައި މި މަހުގެ ކުރީކޮޅު ކްރީމިއާ ބްރިޖް ގޮއްވައިލުމާ ގުޅިގެން، ދާޚިލީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވާނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އަދި އެ ހަމަލާ ދިން ޓެރަރިސްޓުން އަތުލައިގަނެ އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް ފަހުގައި ނޫނީ، އެ ފައިލް ބަންދު ނުކުރާނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ކްރީމިއާ ބްރިޖް ގޮއްވައިލީ ޔޫކްރޭނުން ކަމަށް ރަޝިޔާ އިން ތުހުމަތު ކުރި ނަމަވެސް، އެކަމާ ބެހޭ ގޮތުން ޔޫކްރޭނުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކްސް
31 July 2023
ގައުމު ހަނގުރާމައިގަ އޮއްވާވެސް މުސްލިމު ނިކަމެތި ގައުމތުތަކުގެ ދަރަނީގެ 90% މާފުކުރި ރައީސެއް މިނޫނީ ދުނިޔެ ދެކެފައިވާކަމެއް ނުދެނަހުރިން. ސޯމާލިއާގެ 684 މިލިއަން ޑޮލަރު ޕުޓިންއެވަނީ މާފްކޮށްފަ. އަދި ކޮންމެއަހަރަކު ހިލޭ ގޮވާމުގެ ބާވަތްތައް ސޯމާލިއާ ފަދަ އެފްރިކާގެ އެންމެ ފަގީރު ގައުމުތަކަށް ދޭނެކަމަށާ މުޅި އެފްރިކާ ބައްރުގެ 23 ބިލިއަން ޑޮލަރުގެ ދަރަނިވެސް މުޅިން މާފުކޮށްދީފި!
ޖުހާ.
31 July 2023
ވަރަށްބޮޑު ތެދެއް. މިއުޅޭ ސަލީމު އިދުރީސާއި ލެއްގި ކޮމިސަނަރަށް ތިއަކަހަލަ ތަންތަން ނުފެންނާތީ ދެރައީ.
ސަލީމު އިދުރީސް
31 July 2023
ދުނިއެ ހިނގާގޮތް ނޭގޭގަމާރުން ތިފަދަ ކަންތަކައް ކޮމެއްޓު ކުރީމަ ގޮވޭނީ ކޮސް! ބަލަ ތިބުނި ގައުތަކުގެ ގުދުރަތީ ވަސީލަތް ތަކުގެ ފުލު ކޮންޓު ރޯލު އޮތީ ރޫސީންގެ ދަށުގަ ކަން ނޭގޭތޯ! ވާގުނާގުރޫޕު ރުސީ ވިލާތުގަ ކުޅޭ ރޯލުނޭގޭތި ދެއްކޭވާހަކަ ތިއީ!
ދަގަނޑުސް
31 July 2023
ލެއްގިޔަސް ނުލެއްގިޔަސް އަދި ކޮމިޝަނަރުންނާ އިދުރީސުންނަށްވެސް މިފެންނަނީ ބާދަގަނޑުތައް . އެކަމަކު ބާދަގަނޑު ރައީސް ސުވިސްޓު ސިސްޓަމުން ބޭރުކޮށް އިދަޖައްސަން މުޅި ނޭޓޯ އުޅޭތާ 2އަހަރު. އާޚިރުގަ މިފެނުނީ ބާދަގަނޑުގެ ރައީސް ގެއަތުން މުސްލިމު ފަގީރު އެފްރިކާ ގައުމުތަކުން ނެގި ދަރަނި 23ބިލިއަން ޑޮލަރު ހަދިޔާ އަކަށް ދިންތަން.
ސަންތިމަރިޔަނބު.
30 July 2023
ސުލްހައިގެ ވާހަކަ ތިއައީ ދުނިޔެއަށް ދައްކާ ދަޅައެއް. ޔޫކުރޭނު ބުނަނީ ޕޫޓިން ޒެލެންސްކީ އަށް ސަޖިދަ ޖެހީމައޭ ސުލްހައިގެ ވާހަކަ ފަށާނީވެސް. ޕުޓިން ބުނީ ބޮލާއި ކަނދުރާ ވަކިކޮއްލިއަސް ޒެލެންސްކީއަށް ސަޖިދަ ނުކުރާނަމޭ. ދެން ތިއަ ހަނގުރާމަ ނިމޭނެކަމުގެ އެއްވެސް އުންމީދެއް ފެންނަން ނެތް ހަނގުރާމައެއް ތިއީ. ތިންވަނަ ބޮޑު ހަނގުރާމައަށް ވެދާނެތީ އެންމެ ބިރުގަންނަނީ.