އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިލަންދޫގައި ބާއްވާ ޖަލްސާއަށް ވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
31 ޖުލައި 2023 - 22:54
ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ޓެކްނިކަލް ސާވޭ ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، މި ރަށުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ 2،648 މީހުން ދިރިއުޅޭ މިލަންދޫގައި އެއާޕޯޓެއް އަޅައިދިނުމަށް މި ރަށު ރައްޔިތުންނާއި ކައުންސިލުން ހުށަހަޅާފައިވާ ކަމަށެވެ.
އެކަމުގެ ޓެކްނިކަލް ސާވޭ ހެދުމަށްފަހު، އަދި އެއީ ކުރެވޭ ކަމެއްތޯ ބެލުމަށްފަހު އެއާޕޯޓު އެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް ރައީސް މިރޭ އިއުލާނުކުރެއްވި އެވެ.
މި ރަށުގައި އެއާޕޯޓު އެޅުމުގެ އިޝާރާތެއް ރައީސް ދެއްވިއިރު، މި ރަށުން ލޯންޗެެއްގައި 15 މިނެޓުން ދެވޭ ފުނަދޫގައި ވެސް އެއާޕޯޓެއް އެބަ ހިންގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި އެއާޕޯޓު އެއްކޮށް ނިންމައި ޓެސްޓު ފްލައިޓު ޖެއްސީ 2020 ވަނަ އަހަރެވެ.
ރައީސް ގެންދަވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފިނަމަ އިތުރު ރަށްރަށުގައި އެއާޕޯޓު އަޅައިދޭނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
01 August 2023
އަޅޭ މީހަކު ހޭބަލިވެދާނެ! އެންމެ 6 ނޯޓިކަލް މޭލު ދުރުމިނުގައި އެއާޕޯރޓް އަޅާނީ .. ތިބޭބަޔަކު. އަދި އަޅާނެކަމަށް ގަބޫލުކުރާނީވެސް އެފަދަ ބަޔަކު. އެބުނާހެން މީނާއަށް އިގުތިސޯދު ކިޔަވައިދޭނެ މީހެންނު ހޯދަންވީ ފުރަތަމަ މުޅިގައުމަށްލިބޭ ފައިސާ ހަރަދުކޮށްގެންވެސް
ގުލުމީ
01 August 2023
ސާވޭހަދާފަ އަދި ދެދައުރު ދިނަސް އެއާޕޯޓެއް ނޭޅޭނެ .. ފެށި އެއްވެސް ކަމެއް ނުނިމޭ
ބޮޑުމީހާ
01 August 2023
ދަރަނި 112 ބިލިއަން. ކޮންމެ ރަށެއްގައި އެއާޕޯޓެއް ހޮސްޕިޓަލެއް. މީނައަށް އިގްތިސާދީ ލަފާދޭމީހަކު ހިފާ ހައްޔަރުކުރަންޖެހޭ
އުދާސްތޫ
01 August 2023
ރައްޔިތުން ގުނބޯ ހައްދައިގެން ގައުމު ދަރަނިކޮށް ބޭކާރު ޚަރަދުކުރާ މިފަދަ ރައީސަކަށް ދެވަނަ ދައުރެއްދިނުންވާނީ ގައުމީ ނުރައްކަލަކަށް....15މިނިޓް ކައިރީ އެއާޕޯޓެއް އޮއްވާ ރައްޔިތުން ޓެކްސް ފައިސާއިން މިފަދަ ދެކޮޅުނުޖެހޭ ވައުދުތަކުން ގައުމު އިދްޖެހޭނެ.
ރަންދެލި
01 August 2023
ށ.ފަރުކޮޅު އެއާޕޯޓުން ށ.މިލަންދޫ އަށް ދުރުމިނަކީ 15.81 ކިލޯމީޓަރު. ހދ.ކުޅުދުއްފުށިން ހދ.ހަނިމަދޫ އެއާޕޯޓަށް 21.17 ކިލޯ މިޓަރު! މީކީ ކުރަން ހެޔޮ ވާވަރު ކަންކަމެއް ނޫން.... ތިލަފުށިން (ބުރިޖު މަތިން) ގޮސް ހުޅުމާލެ ފޭސް 2 އަށް ވެސް އެއީ ގާތްގަޑަކަށް 15 ކިލޯމީޓަރު!
ކޮސްބޮލާ
01 August 2023
ކީއްކުރަންތޯ އިތުރު ޚަރަދު ކުރައްވަން ބޭރުން ބަޔަކު ގެނަސް ތިޔަފަދަ ސާވޭ ކުރަން ތިޔަ އުޅުއްވަނީ؟ މިނިސްޓަރު އަމީރު ދާދި އިހަކަށް ދުވަހު އަޅުގަނޑު ގާތު ވިދާޅުވީ ފެނަކަ ސައީދު މިއީ މިސަރުކާރުގެ ސިޔާސީ ޕޮރޮޖެކްޓްތަކުގެ އިންޖިނިއަރިން އެއްމެ މޮޅު ބޭފުޅާ ކަމުގައެވެ.
ޖަޒީރާ4ގިއަރު
01 August 2023
މިލަންދޫން ފުނަދޫ އެއާޕޯޓަށް 15 މިނެޓުން ދެވޭކަމެއް ނޭނގޭތަ. ނޫނޭވާ ކުރީސަރުކާރުން އިބޫއަށް ދަސްވެއްޖެ ކޮންކްރީޓްތަރައްގީ ރަނގަޅުކަން.
ޞައްދާމު
01 August 2023
ނުވާނެ ތިކަމެއް!
ކުފޫ ހަމަ ނުވާ މީހުން ހޮވީމާ ގައުމު ހަލާކުވާނީ!
01 August 2023
މީގެން ދައްކުވައިދެނީ ގައުމު އިނދަޖައްސާލާކައްވެސް ސިޔާސީވެރިން ޖެހިލުމެއްނުވާނެކަން. ދުނިޔޭގަ އެއްވެސް ގައުމެއްގަ، އަދި ވަކިން ހާއްސަކޮން 3ވަނަ ދުނިޔޭގެ ގައުމުތަކުގައި ގައުމައް ނުތަކާވަރައް ލޯނު ނަގައިގެނެއް ގައުމު އާރާސްތު ކުރާކައް ވައުދު ތަކެއް ކޮއް ސަލާމަތް ވެފަކައެއް ނެތް! ގައުމު ވެއްޓޭނީ ބޮލާލާ އަނދަވަޅަކައް!
1828
01 August 2023
އަޅަން ވީ އެއަރ ޕޯޓެއްނޫން. ކޮންމެ ރަށެއް ވަށައިގެން މޫދު / ކަނޑު. ސީޕްލޭން އޮޕަރޭޝަންއަކީ ރާއްޖެއަށް އެންމެ ކަމުދާ ނިޒާމް. މަތިން އުދުހެވޭގޮތް ހަދަނީ މާލެއަށް ދިއުމަށް ފަސޭހަކުރަން. އޭގެ ބަދަލުގައި ޒޯނަކުން ނުވަތަ އެ އަތޮޅަކުން ސިއްޙީ ޚިދުމަތް ލިބޭނެގޮތް ހަދަންވީ. އޭރުން ރާއްޖެތެރޭ މީހުން ހުރުމަތް ތެރިވެގެންވާ މާލެއަށް އަރާކަށް ނުޖެހޭނެ.