ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ ކެންޑިޑެސީ ފޯމާ އީސީގެ ރައީސް ފުއާދު ހަވާލުވެ ވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 އޯގަސްޓް 2023 - 10:22
ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.
ޕީޕީއެމް އޮފީހުން ސެނެޓުގެ ބައެއް މެމްބަރުން ހިންގަވާފައި ދަރުބާރުގޭގައި ހިންގާ އިންތިހާބާ ބެހޭ މައި މަރުކަޒަށް ވަޑައިގެން ޔާމީންގެ ފޯމު ހަވާލުކުރެއްވިއިރު، އިސްކޮށް ހުންނެވީ އެމަނިކުފާނުގެ ރަނިން މޭޓް، ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނަށް ބައިވެރިވެވަޑައިނުގެންނެވުނީ ޔާމީންގެ މަންމާފުޅު ފާތުމަތު ހަސަން އަވަހާރަވެގެން ޖަނާޒާއަށް ސްރީ ލަންކާގައި ތިއްބެވުމުންނެވެ.
ކެންޑިޑެސީއާ މެދު ނިންމި ގޮތެއް 24 ގަޑިއިރު ހަމަވުމުގެ ކުރިން އަންގާނަން. -- އީސީގެ ނައިބު ރައީސް ހަބީބް
ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރިޔަސް ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެ އެވެ. އެކަމަކު ގާނޫނުއަސާސީގައި ބުނާ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝަރުތެއް އެމަނިކުފާނުގެ ވަނީ އުނިވެފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އީސީއަށް ފޯމު ހުށަހެޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ. ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔައަސް އެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެމަނިކުފާނު ސަލާމަތްވުމުގެ ދޮރު ގާތްގަނޑަކަށް މިހާރު އޮތީ ބަންދުވެފަ އެވެ.
ފޯމު ހުށަހެޅުމަށް ފަހު، ޔާމީންގެ ކެމްޕޭން އެޖެންޓް، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް ގޮތެއް ނިންމައިދިނުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އީސީއަށް ފޯމު ހުށަހެޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޔާމީންގެ ފޯމާ އީސީގެ މެމްބަރުން ހަވާލުވެވަޑައިގެން ވިދާޅުވީ ފޯމުގެ މައުލޫމާތު ދިރާސާކުރުމަށް ފަހު 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު ދޭން ކަމަށެވެ. ގާނޫނުގައި އޮންނަނީ ކެންޑިޑެސީ ބަލައިގަތް ކަން ނުވަތަ ނޫން ކަން 48 ގަޑިއިރުގެ ތެރޭގައި އަންގަން ޖެހޭނެ ކަަމަށެވެ.
ހަބީބް ވިދާޅުވި ގޮތުގައި ޕީޕީއެމުން ހުށަހެޅީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ފޯމު ކަމަށް ވާތީ ލަސްކުރުމުގެ އެއްވެސް ނިޔަތެއް ނުގެންގުޅޭނެ އެވެ.
އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހުމެއް އޮތް ނަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަން ވެސް އެ ކޮމިޝަނުން ފާހަގަކުރި އެވެ.
ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި އެހެން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަ ހަތް ދުވަސް ތެރޭ ނިންމަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
01 August 2023
ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީ އެއްގެ ރިޔާސީ އިންތިހާބު އެޕްލިކޭޝަން ކޮލިފައި ކުރެވޭނެ ހަމަ އެކަނި ގޮތަކީ އީއީސީގެ ގާނޫނަށް އިސްލާހު ގެނެސްގެން. ބަޔަކު މީހުންނަށް ޔާމީނުގެ ވެރިކަމުގައި އޮހެމުން ދިޔަ ފައިސާތައް މިހިނގަމުންދާ 5 އަހަރުގެ ދައުރުގައި އޮހުން ހުއްޓުނީމަ އަލުން އެފައިސާ އޮހެން ފެށޭނެ ގޮތަކީ ޔާމީނު އަލުން ވެރިކަމަށް ގެނެސްގެން ކަމަށްވާތީވެ، ހޭބުއްދި ފިލައިފައި ތިބި ހާލަތުގައި ކޮސް ކުރާނީ ތިކަހަލަ ކޮސްކަންތައް.
ވިކިލީކްސް
01 August 2023
ޔާމީނަކީ ޝަރުތު ހަމަނުވާ މީހެއް ނޫނެވެ.
ފޮނިޓައްޕު ހަސަނު
01 August 2023
އެކޮއެ ހޭބުއްދި ފިލީތަ؟
މިއޮތީ
01 August 2023
އީސީ ގެ ނިންމުން....ޤާނޫނުގައިވާ ޝަރުތުތައް ހަމަނުވާތީ ތިޔަ ފޯމު ހުށަހެޅުއްވި ކެޑިޑޭޓްގެ ކެޑިޑަސީ ބަލައިގަނެވޭކަށް ނެތް!!
ހަސަނާ..
01 August 2023
ސޭ ނޯ ޓު އެމްއެމްޕީއާރްސީ ޕާޓް 2
ހާމިދު ޝާހިދު
01 August 2023
ﷲ އިރާދަ ފުޅުން ޕީޕީއެމް އަށް އަދި ރައީސް ޔާމީންއަށް އޮތީ ފަހި މުސްތަގުބަލެއް. މިހާރު ތަހުއްމުލް ކުރައްވަމުންގެންދަވާ ދަތި ދުވަސްތަކުން މިންޖުވެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ އަލުން މިރާއްޖެ "ދިވެހިންންނަށް" ހޯއްދަވާ ދެއްވާނެ! إن شاء الله
ސާރިދޯޅަ
01 August 2023
އަހަރުމެން މިކަމަކާ ނުވިސްނަން.. މިތިބީ ފުލެޓާއި ގޯތި ލިސްޓުގެ އިންތިޒާރުގަ ގުނާލަ ގުނާލާ...މާ ލަސްކޮށްފިއްޔާ ވޯޓުން އެކަން ދައްކާނެ އިނގޭތޯ.
އިބްރާހިމް އަލި
01 August 2023
ދިވެހިރާއްޖޭގެ ޤާނުނު ހިނގާ ގޮތް ވަރަށް މަޖާ. ޖަލު ހުކުމުގަތިބި ގައިދީންވެސް އިލެކްޝަނަށް ވާދަކުރަނީ. ހުވާ މީ މޮޔަ ގައުމެއް!
އަލިފުޅު3
01 August 2023
ފުައާދު އަކަށް އިތުބާރެއް ނުކުރެވޭ. ނަޝީދު ގެ ޕަޕެޓެއް! މީނާ މިތަނުން ބޭރުކުރަންޖެހޭ!
އޯކޭ
01 August 2023
ސްޕްރިމްކޯޓުން ތިމައްސަލައިގައި ނިންމަންޖެހޭ ނިންމުމެއްނެތް ޤާނޫނުގައި ކަޅާއި ހުދުން ކެންޑިޑޭޓަކުގައި ހުންނަންޖެހޭ ޝަރުތުތައްވަނީ ބަޔާންކޮށަފައި އެޝަރުތުތައް ޔާމީންގެ ކިބައިންވަނީ އުނިވެފައި މިކަން ވަރަށްސާފު!
މިއޮތީ
01 August 2023
ޕޕ ކުދިންނަކަށް ސާފެއް ނޫން....އެހެން އެންމެނަށް ވަރަށް ސާފު!!
ޢަނޫ
01 August 2023
ޕީޕީ ކުދިން ވޯޓް ބޭނުމިއްޔާ ފައިސާ ގޯންޏެއް މިގެއަށް ފޮނުވަ ދީ.. އޭރުން ވޯޓް ދިނުމާއި މެދު ވިސްނާނަން..