ހަ މަސް ތެރޭ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 279 މައްސަލަ ޖެންޑާއަށް ހުށަހަޅާފައިވޭ.--
01 އޯގަސްޓް 2023 - 14:16
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މި އަހަރު ވެސް މަދު ނުވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަހު ކުޑަކުދިންނާ ގުޅޭ 1،500 އަށްވުރެ ގިނަ މައްސަލަ ޖެންޑާ އަށް ހުށަހަޅާފައިވެ އެވެ. ޖެނުއަރީ މަހާއި މެއި މަހު ހުށަހެޅި މައްސަލަތަކުގެ އަދަދު 300 ގައި އުޅޭއިރު އެހެން ކޮންމެ މަހަކު 200 އިން މައްޗަށް މި އަދަދު އަރަ އެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. ހަ މަސް ތެރޭ 144 މައްސަލަ ހުށަހަޅާފައިވެ އެވެ.
ޖެނުއަރީ: 27 މައްސަލަ
ފެބްރުއަރީ: 27 މައްސަލަ
މާޗް: 13 މައްސަލަ
އޭޕްރީލް: 21 މައްސަލަ
މޭ: 31 މައްސަލަ
ޖޫން: 25 މައްސަލަ
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ 251 މައްސަލަ ހުށަހަޅާފައިވެ އެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އޭގެ ތެރޭގައި ބިރުދެއްކުމާއި ފުރައްސާރަ ކުރުން ހިމެނެ އެވެ.
ހަ މަހު ހުށަހަޅާފައިވާ އާއިލީ މައްސަލަތަކުގެ އަދަދު އުޅެނީ 198ގަ އެވެ. އެ މުއްދަތުގައި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 102 މައްސަލަ އާއި ކުޑަކުދިންގެ އަހުލާގާ ގުޅޭ 105 މައްސަލަ ހުށަހަޅާފައިވެ އެވެ.
ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ މައްސަލަތައް ކޮންމެ މަހަކު ވެސް ހުށަހަޅަ އެވެ.
މި އަހަރު ފެށުނުއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 183 ކުދިންނެވެ. މި އަހަރުގެ މިހާތަނަށް އަލަށް 10 ކުއްޖަކު ވަނީ ޖެންޑާގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ. އެ މުއްދަތުގައި ފޮސްޓާކުރި ކުދިންގެ އަދަދު އުޅެނީ ހައެއްގަ އެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން 140 މައްސަލަ މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
01 August 2023
ރާއްޖެ އަކީ މުޅި ދުނިޔެއިން ވެސް އާބާޑީގެ ނިސްބަތުން ޕޯން ( އޮރިޔާން ސައިޓް ) ތަކަށް އެންމެ ގިނައިން ވަންނަ މީހުން އުޅޭ ގައުމޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ނުލަފާ ފާހިޝް ކަންތައްތައް ދަސް ވެ އެކަން ޓެސްޓް ކުރަން ފަށަނީ މިސައިޓް ތަކަށް ވަންނަ މީހުންނެވެ. ޕޯން ސައިޓް ތައް ބްލޮކް ކުރަން ވީ އެވެ. ހިދުމަތް ދޭ ފަރާތް ތަކަށް އަދި ސަރުކާރަށް ޓެކްސްގެ ގޮތުގަ އެތައް ސަތޭކަ މިލިއަން ލިބުނަސް މުޖުތަމައު އަށް ލިބޭ ގެއްލުން މާ ބޮޑެވެ.
މޭޝްޑް
01 August 2023
ޕޯން ވެސް ބަންދުކުރަންވީ ހަމަ. އެކަމަކު ކުޑަކުދިންނާއި ބެހުމުގެ މައްސަލަ ހައްލު ވާނެ ކަމަކަށް ނުފެނޭ! އަހަރެމެން ކާބަފައިންގެ ޒަމާނުންސުރެ އަބަދުވެސް ގަދައަށް ހިނގަމުން އަންނަ ކަމެއް. ކުރިން މިކަހަލަ ކަންތައް މާބޮޑުކަމަކަށް ނުހަދައި އޮއްބާލަނީ އެކިއެކި ސަބަބުތަކާއި ހުރެ. މިހާރު މީހުން ހޭލުންތެރިވެފައި ސްމާރޓްވީމައި ފަޅާއަރަނީ!
ޅައިމަގު
01 August 2023
މިފަސްއަހަރުތެރޭގައިތިބާވަތުކަމެއްނުހިގާ ފިތުނައުފައްދަންލިޔާވާހަކަ އަމާންއޮމާންފަސްއަހަރު
ޝީން
01 August 2023
ކޮން ކުށެއްތޯ މަދުވީ؟ ކުއްތަކަށް ޢަދަބު.ނުދެވޭ އެއްވެސް މުޖްތަމައެއްގައި ކުއްމަދެއްނުވާނެ، ހަމަޖެހުމެއްނޯންނާނެ