ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ފިއްލަދުއަށް ވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
02 އޯގަސްޓް 2023 - 12:33
މިއީ ހުރިހާ ކަމެއްގެ މައްޗަށް ގައުމު އިސްކުރަންވީ ވަގުތު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ އިންތިހާބުގައި ކެމްޕެއިނަށް، ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ހއ. ފިއްލަދުއަށް، ވަޑައިގެން، މި ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވަކިވަކި ފަރުދުންނަށް ވުމުން ތަފާތު ހިޔާލުތަކުގެ މީހުން ހުންނާނެ ކަމަށެވެ.
ނަމަވެސް، މިއީ ހުރިހާ ކަމެއްގެ މައްޗަށް ގައުމު އިސްކުރަންވީ ވަގުތު ކަމަށާއި ތަފާތު އެކި ހިޔާލުގެ މީހުންނާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އޭގެއިން ނުކުންނާނީ ރަނގަޅު ނަތީޖާ." ރައީސް ވިދާޅުވި އެވެ.
ބޮޑުތިލަދުންމަތި ތަރައްގީކުރުމުގެ ޕްލޭނާ އެކު ލިބޭނީ ފައިދާ ކަމަށްވާތީ، ހިތްހަމަނުޖެހޭ ކަމެއް އޮތަސް ވޯޓަށް އަސަރުކުރާ ކަމެއް ނުކުރުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. ކުރިއެކޭ އެއްގޮތަކަށް މި ކޯލިޝަނަށް ވެސް މި ރަށުން ބޮޑު ތާއީދެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ކުރީ އިންތިހާބު ކެމްޕެއިން ކުރީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ހިފައިގެން ކަމަށާއި އޭގެ ބޭނުމަކީ އެ މީހަކު ހުރި ރަށަކުން އަސާސީ ހިދުމަތްތަކާއި ދަތުރުފަތުރާއި ރަނގަޅު ސިއްހަތު އަދި ތައުލީމް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. އެ މެނިފެސްޓޯގެ ވައުދުތަކުގެ 90 ޕަސެންޓް ނިމި، ބާކީ ހުރި މަސައްކަތްތައް ކުރަމުން އަންނަކަން، އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ފިއްލަދޫ ސިއްހީ މަރުކަޒަށް ބޮޑުކުރި ބައި ހުޅުވައި ފެނާއި ނަރުދަމާ ނިޒާމް، ރައީސް ވަނީ ފައްޓަވައިދެއްވައިފަ އެވެ.
މި ރަށުގައި ފުޓްބޯޅަ ދަނޑަކާއި ބަނދަރުގެ މައްސަލަތަކާއި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އޭގެ އިތުރުން، އާ މިސްކިތެއް އަޅައިދީ، ޓޫރިޒަމް ސަރަހައްދަށް ފެނާއި ނަރުދަމާ ނިިޒާމް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލުމީ
03 August 2023
މިދިޔަ 4 އަހަރު ގައުމު ވިއްކީ
100ފ
03 August 2023
ދިވެހި ކޮންމެ ބޮލަކައް އެތައް މިލިޔަނަކުން ދަރާ މިއޮތީ
ތެދުވާހަކަ
03 August 2023
އެހެންވެގެން މި އުޅެނީ އިންޑިއާގެ މައްޗަށް ރާއްޖެއިން ކުރި ހޯދޭތޯ. ގައުމު މިއޮތް ފިތި ޗިސްވަނީ އިންޑިއާގެ ދަށުވެގެން. ޚިޔާލުފާޅުކޮށްގެން ކާއެތިކޮޅަށް ހުރަސް އަޅާފާނެ ފަދަ ބަޔަކާ ކޮން ގާތް ގުޅުމެއް ބާއްވާކަށް؟ އިންޑިއާއަކީ ރާއްޖެ ތަރައްގީނުވެ އޮތްއިރު ވަސީލަތްތަކެއް ނެތްއިރު އެހެން ގޮތެއް ނެތިގެން ގާތްކޮށްގެން އުޅުނު ގައުމެއް. މިހާރު އެމީހުންގެ ބަނޑުދަށުން ނިކުމެ އެހެން ގޮތްގޮތް ހޯދަންޖެހޭ. އަލުވިއާ ބިސްކޮޅަކަށްޓަކައި ސިފައިންގެ އަދަދު ހާމަނުކުރެވ
ވަރަބިންދާލި
02 August 2023
މިއޮތްހާދުވަހު އުޅުއްވީގައުމު ހުރިހާކަމަކަށް އިސް ނުކުރައްވާތަ ؟ މިގައުމު އެންމެ މީހެއްގެ މަސްލަހަތަށް ވުރެ ބޮޑުވާނެ ނޫންތޯ .؟ ވީމާގޮތް ނިއްމަން ޖެހިފަ ތިބިއިރު އެހައްޤު ލިބިދޭއިރު މަސްލަހަތަކަށް ވުރެ އިސްވާން ޖެހެނީގައުމު . އޮތް ހާލަތުން ވެއްޓޭނަމަ، ގައުމު ކޮލަށް ޖަހާ ތައާރަފް އެހެން ގައުމެއްގެ މިލިޓިރީއާއެކު ލިޔެވޭނަމަ ގައުމުގެ އެއާޕޯޓް ތަކުގަ މިލިޓިރީސިފައިން ތިބޭތީ މިނިވަން ގައުމެއްގެ ގޮތުގަ ނިއްމަން ގޮތް ހޯދަން ޖެހޭނެ .
މަމެންއެންމެން
02 August 2023
ސުކުރިއްޔާ ރައީސް ސޯލިހު. މިއިންތިޚާބު ނަގާނީ ބޮޑުތަނުން 1ލަކިން
ކުޑަހަސަނު
02 August 2023
އަހަރެމެންނަށް ކޮންމެ ވަގުތަކީވެސް ޤައުމާމެދު ވިސްނާ މުހިންމު ވަގުތު. ވެރިކަމާ ހިފާ މީހުންނަށް ޤައުމު ފަތިފޮތިކޮށް ބަހާލަންލިބޭ މުހިންމު ވަގުތު. ޢަދި ވެރިކަމާ ހިފާ ބައެއްމީހުނނަށް ޤައުމު ވިއްކާލާ އޭގެ ނަފާ ލިބިގަންނަ އެންމެ މުހިންމު ވަގުތު.
ބޮޑުމީހާ
02 August 2023
މިވަގުތަކީ ހުރިހާ ކަމަަކަށް ވުރެ ގައުމު އިސްކޮށް މިނާގާބިލު ސަރުކާރާއި ދެކޮޅަށް ބަސްބުނަންޖެހޭ ދުވަސް. ގައުމު އިންޑިއާއަށް ވިއްކުމާއި، ތަރައްގީގެ މެގަ ޕްރޮޖެކްޓެއް ނުހިންގުމާއި، ސިޔާސީ މަގާމުތައް ބެހުމާއި، މިލިއަނުން މުސާރަ ދިނުމާއި، މިހިރި ކަންކަމަކީ މިސަރުކާރަށް ނޫނެކޭ ބުނަންޖެހޭ އެތައް ސަބަބެއް
ދެބޯގެރިޔާ
02 August 2023
ޤައުމު އިސްކުރާށޭ ކިޔާފަ ދެބޯގެރި ދުއްވާނެ ކަމެއް ނެތޭ! ތިމާ އިސްކުރަނީ މޮދިބެގެ ޤައުމުކަން މި ޤައުމުގެ ދަރިންމަށް ވަރަށް ރަނގަޅަށް އެނގޭ
އައިމިނާ
02 August 2023
މަޝްރޫޢު ތައް ނުނިމެޔޭ ކިޔާއިރު މަސައްކަތް ކުރާ ކުންފުނި ތަކަށް ފައިސާ ނުދެވޭ. ކުދި ކުންފުނިތައް ބަގުރޫޓް ވެގެން ދަނީ. ދެން މި ހަދާ ގޮތަކީ ފަހުން(2 އަހަރު ނޫނީ 1 އަހަރު ފަހުން ) ފައިސާ ދޭގޮތަށް އެމްޓީސީސީ އާ ހަވާލުކުރަނީ. މިހާރު މި ގައުމުގެ ގިނަ ކުންފުނިތައް ހަލާކުވެއްޖެ. މި ސަރުކާރު އައި ފަހުން.
މިހާދު.
02 August 2023
ކަނޑުތައް ވިއްކާލާ