ޚަބަރު / ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ރިޔާސީ ޓިކެޓަށް ހޯއްދަވަން މުއިއްޒު ޕީއެންސީ އަށް ސޮއިކުރައްވައިފި

މާލޭ މޭޔަރު މުއިއްޒު ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށްފަހު މިއަދު ޕީއެންސީ އާ ގުޅިވަޑައިގެން އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ފޯމު ހަވާލުކުރައްވަނީ: މުއިއްޒު ޕީއެންސީ އާ ގުޅިވަޑައިގެންނެވީ އެ ޕާޓީން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ތައްޔާރުވެފައިވަނިކޮށް. --ފޮޓޯ: ޕީއެންސީ

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓް ހޯއްދެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމް ދޫކުރައްވައި ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގެ ދަށުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ވާދަކުރެވޭނީ އެ ޕާޓީގެ މެމްބަރަކަށެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު މިހާތަނަށް ފުރުއްވި މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ އެހެންވެ އެވެ.

ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކަން ނުރަސްމީކޮށް މިހާތަނަށް ހާމަކުރައްވާފައި ވަނީ މުއިއްޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަކީ ކުރިއްސުރެ ޕީއެންސީގެ ނައިބު ރައީސެވެ.

މިހާރު ވަނީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. ސުންގަޑިއަކީ މިއަދުގެ މެންދުރު 2:00 އެވެ. ކެންޑިޑޭޓް ކަނޑައެޅުމުގެ މަޝްވަރާ މަޖިލިހުގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅަން ޖެހެނީ ޕްރައިމަރީއަކުންނެވެ. އެކަމަކު، ވަގުތު ނެތުމުން ހުރިހާ ކަމެއް މިހާރު ނިންމަނީ އެ ޕާޓީގެ މަޝްވަރާ މަޖިލިހުންނެވެ.

ޕީއެންސީއިން ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތް މައްސަލައިގެ އިސްތިއުނާފު މާދަމާ ސުޕްރީމު ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.

ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ މީހުންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. އޭގެ ކުރިން ގޮތެއް ނިންމުމުގެ ހައްސާސްކަން ބޮޑުވެފައިވާއިރު ޕީޕީއެމްގެ ސެނެޓްގައި އެ މައްސަލާގައި މަޝްވަރާ ނުކުރާތީ ވެސް ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑެވެ.

30 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 16%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމްއިދުރީސްް

03 August 2023

އެހެން ޕާޓީގެ މެންބަރުންނަށްވެސް ވާދަކުރެވޭގޮތައް އަސަސީ ގަވާއި އިސްލާހް ކުރިނަމަ މާ ސަޅިވީސް. އޭރުން ތިޕާޓީ ވީސް ތާރީހީ ޕާޓީއަކަށް. ދުނިޔޭގެ އެހެންގައުމުތަކަގުއިވެސް އެެކަހަލަޕާޓީތަށް ގިނަ. އެމެރިކާގަވެސް ބާނީސެންޑަރސް އަކީ އިންޑިޕެންޑެންޓެއް އެކަމަކު ވާދަކުރި ޑިމޮކްރެޓިކްޕާޓީގެ ރޭހުގަ

The name is already taken The name is available. Register?

ދޮން ހަސަނު

03 August 2023

މުޢިއްޒު ތި ޓިކެޓް ފަސޭހައިން ނަގާނެ އަދި އިންތިހާބުވެސް ކާމިޔާބު ކުރާނެ. ރައީސް ޔާމީންއަށް މިފަހަރު ފުރުސަތެއްނެތް. ވަރަށް ސާފު

The name is already taken The name is available. Register?

ބޮޑުމީހާ

03 August 2023

ޔާމީނުގެ ފަލްސަފާ ދެމެހެއްޓޭނީ މުއިއްޒުއަށް. ސްޕީޑުގަ ގައުމު ތަރައްގީކުރެވޭނ. އިބޫ ސޯލިހު އަންނަނީ އަންނަނީ އަންނަނީ ކިޔަކިޔަ ހުއްޓާ 5 އަހަރު މި ނިމުނީ.

The name is already taken The name is available. Register?

އަލަނާސިގަނޑު

03 August 2023

ދެން ޕީއެންސީގައި މިދިޔަ 8 އަހަރު ތިބި މީހުންނަށް ނުދީ ބާޒަކަށް ޓިކެޓް؟

The name is already taken The name is available. Register?

އެޗް އެމް

03 August 2023

މީގަ އާއްމު މީހާގެ ރޯލަކީ ތަސްބީހަ ކިއުން .، "ދޫކޮށްލާ ދޫކޮށްލާ! ހައްޔަރުކުރޭ ހައްޔަރުކުރޭ!" އެވެރިން އެއުޅެނީ ފައިސާ މާރުކުރުމުގަ..

The name is already taken The name is available. Register?

ސާޖި

03 August 2023

މުއިއްޒުއަކީ ތޯ މިނިކާ މާޒަކީ؟ މުއިއްޒުއަކީ ފެއިލްވެފައިވާ މީހެއް. އާދަމް ޝަރީފް މަގޭ ޗޮއިސް

The name is already taken The name is available. Register?

ޥަސް

03 August 2023

ޕާޓީއަށް ވަންނަ ދުވަހު ޓިކެޓް ލިބޭ ޕާޓީއެއްތަ ތިއީ. އެހެންވެ ނަޝީދަށްވެސް ތިޕާޓީގެ ޓިކެޓް ލިބުމުގެ ފުރުސަތު އެބައޮތްދޯ؟

The name is already taken The name is available. Register?

ލުސްމީން

03 August 2023

އެއީ ދުނިޔޭގަ އާކަމެއްނޫން. ތަންދޮރުނޭގޭ މީހުން ހޭނެ

The name is already taken The name is available. Register?

ލޯކަނު

03 August 2023

މުއިއްޒު މެން ނެތްނަމަ ޔާމީނު ދާނީ މަހަށޭ ވެރިކަން ކުރިއިރުވެސް. މުއިއްޒު މިފަހަރު ނަގާނެ ބޮޑުތަނުން.

The name is already taken The name is available. Register?

ނޫނޭ ވާ

03 August 2023

ހެހެ... ތިޔަ މުއިއްޒު ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް ޔާމީނަށް ކޮންމެ ފަދަ ލަގާއެއް ވެސް ދީފާނެ. ވެރިކަމަށް ހޮވިއްޖެ ނަމަ ޖަލުގައި ޔާމީން ފަކީރަށް ހަދާލާނެ ގޮތެއް ވެސް ނޭނގޭ.. މިހިރީ އަދި ފެންނަ ފަށުގައި ހިނގާކަންކަން. މުސްކުޅީން ބުނެ އުޅޭ ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއޭ. އެކަމުގެ ފުރިހަމަ މިސާލަކީ އިބޫ. އެކަމަކު މުއިއްޒު ވާނީ މިއަށް ވުުރެ ވެސް މިކަމަށް އަރާ ހުރި ފުރިހަމަ މީހަކަށް. ރައީސް ޔާމީން މި ދަތި އުނދަގޫ ދަތުރުން ސަލާމަތްކުރައްވާށި.

The name is already taken The name is available. Register?

ފައްވާޒު އަލީ

03 August 2023

ޓިކެޓާއި ހެދި މުއިއްޒު މިއޮށް ހުރިހާ ދުވަހު ހިންގި ކަމަށް ތުހުމަތުކޮށް އޭރު މުއިއްޒު ދޮގުކުރި ހުރިހާ ކަމެއްވެސް ޔަގީންވެ މުޖައްރިބުވެގެން މި ނިމުނީ. މިނިކާ ބާޒެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454