ޚަބަރު / ސުޕްރީމް ކޯޓް

ފަނޑިޔާރުންގެ ސުވާލު: ޖަލުގައި ހުއްޓާ ވެރިކަން ލިބިއްޖެ ނަމަ ވާނީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުންގައި ކުރިއަށްދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެންސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގޯސްކޮށް ކަމަށް އެ މަނިކުފާނުގެ ފަރާތުން ފާހަގަކުރައްވާ ނުކުތާތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފި އެވެ.

ޔާމީންގެ ފޯމް ބަލައިނުގަންނަން ނިންމީ އެ މަނިކުފާނުގެ މައްޗަށް ރިޝްވަތާއި މަނީލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައި އޮތުމުންނެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހާއަކީ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ.

އެކަމަކު، ޔާމީންގެ ފަރާތުން ފާހަގަކުރާ ގާނޫނީ ދިފާއަކީ މާއްދާގައި ބުނާ ހުކުމަކީ ނިހާއީ ހުކުމަކަށްވާން ޖެހޭނެ ކަމެވެ. ޔާމީންގެ ފަރާތުން ހައި ކޯޓުގައި ހުކުމް އިސްތިއުނާފުކޮށްފައި ވަނިކޮށް، މާއްދާގައި ބުނާ ހާލަތަށް ޔާމީން ނުފެއްތޭނެ ކަމަށް ވަކީލުން ވިދާޅުވެ އެވެ. ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި ދަށު ކޯޓުގެ ހުކުމެއް އޮތަސް، އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ އެވެ. އަދި އެކަމުގައި އެއްވެސް ގެއްލުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުވާލުކުރައްވަނީ

ގެއްލުމެއް ނެތް ކަމަށް ވަކީލުން ދައްކަވާ ސަބަބަކީ، ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ހާލަތެއް، މެދުވެރިވެއްޖެ ނަމަ އެ ޒިންމާ ހަވާލުކުރާނެ ނައިބަކު ކޮންމެ ރިޔާސީ ކެންޑިޑޭޓެއް ނުވަތަ އިންތިހާބު ކާމިޔާބުކުރާ ރައީސަކު އައްޔަންކުރަން ޖެހޭތީ އެވެ. އެކަން އެގޮތަށް އޮތީ، ހަމްޒާ ވިދާޅުވި ގޮތުގައި ދައުރު ފެށުމަށް ފަހު ނުވަތަ އޭގެ ކުރިން ވެސް ރައީސްގެ މަގާމު އަދާނުކުރެވޭ ފަދަ ދާއިމީ ސަބަބެއް މެދުވެރިވާ ހާލަތުގައި ގައުމު ދުސްތޫރީ ހުސްކަމަށް ނުދިޔުމަށްޓަކަ އެވެ.

އެހެންވީމާ އޭގެ މާނައަކީ މައްސަލަ ހުށަހެޅުއްވި ފަރާތް [ޔާމީން] ކެމްޕެއިނެއް ވެސް ނުކުރައްވާނެ، ކެމްޕެއިން ކުރައްވަން ނުކުމެވަޑައެއް ވެސް ނުގަންނަވާނެއޭ، ބަންދެއްގަތޯ ހުންނާނީ، އެއްކަލަ ހުކުމް ތަންފީޒު ކުރަމުންތޯ ދާނީ؟

އެކަން އެގޮތަށް ޔާމީންގެ ފަރާތުން ފާހަގަކުރާތީ، ފަނޑިޔާރުން ސުވާލުތައް އަމާޒުކުރެއްވި އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުވާލު ކުރެއްވީ އެގޮތަށް މާނަކޮށް މައްސަލަ ނިންމައިފި ނަމަ، ދެންވާނީ ކިހިނެއްތޯ އެވެ.

ޖަވާބުގައި ހަމްޒާ ވިދާޅުވީ ޖަލުގައި ހުއްޓާ ޔާމީން އިންތިހާބު ވިޔަސް، ވެރިކަމުގެ ޒިންމާތައް އަދާކުރައްވާނީ އެމަނިކުފާނުގެ ނައިބު ކަމަށެވެ. އެއީ، ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ ވަގުތަށް ނުކުޅެދިފައިވާތީ ކަމަށެވެ.

"އެހެންވީމާ އޭގެ މާނައަކީ މައްސަލަ ހުށަހެޅުއްވި ފަރާތް [ޔާމީން] ކެމްޕެއިނެއް ވެސް ނުކުރައްވާނެ، ކެމްޕެއިން ކުރައްވަން ނުކުމެވަޑައެއް ވެސް ނުގަންނަވާނެއޭ، ބަންދެއްގަތޯ ހުންނާނީ، އެއްކަލަ ހުކުމް ތަންފީޒު ކުރަމުންތޯ ދާނީ؟'" ފަނޑިޔާރު އެއްސެވި އެވެ.

ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ޝަރީއަތުގައި ޔާމީންގެ ވަކީލުންގެ ފަރާތުން ހަމްޒާ ލަތީފް ވާހަކަ ދައްކަވަނީ

ހަމްޒާ ވިދާޅުވީ ހައި ކޯޓުން މައްސަލާގައި ގޮތެއް ކަނޑަނާޅުއްވާތީ، ޔާމީން ގެންދަވާނީ މިހާރު އޮތް ހުކުމް ތަންފީޒު ކުރައްވަމުން ކަމަށެވެ. އެ ހުކުމް ތަންފީޒުކުރަން ނުޖެހޭ ކަމަށް އެއްވެސް ވަރަކަށް ވަކާލާތު ނުކުރައްވާ ކަމަށެވެ. އެކަމަކު، އެއީ ޔާމީންގެ އިންތިހާބީ ހައްގެއް ގެއްލޭނެ ކަމެއް ނޫން ކަމަށެވެ.

އެ ހައްގު ލިބި، މަގާމަށް އިންތިހާބު ވިޔަސް ގާނޫނުއަސާސީ ތަރުތީބުކޮށްފައި އޮތް ގޮތުން، ރައީސަށް ވެރިކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި އެކަމާ ހަވާލުވާނެ ފަރާތެއް ވެސް ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ކަމަށެވެ. އެހެންކަމުން ގައުމު ގާނޫނީ ހުސްކަަމަކަށް ނުދާނެ ކަމަށް ވިދާޅުވާ ވާހަކަ ހަމްޒާ ތަކުރާރު ކުރެއްވި އެވެ.

"ހުކުމް ތަންފީޒު ވަމުންދާނީ އެކަމަކު ޝަރުތު ހަމަވޭ، އެ ދެކޮޅު ޖެހޭތޯ؟" ފަނޑިޔާރު އަޒްމިރަލްދާ އަނެއްކާވެސް ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހަމްޒާ ވިދާޅުވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި އޮތް ގޮތުން، ޖަލު ހުކުމެއްގައި ހުރި މީހަކު ވެސް ވެރިކަމަށް އިންތިހާބު ވެދާނެ ކަމަށެވެ. އެއީ، އެ މާއްދާގައި އޮތީ 12 މަހަށްވުރެ އިތުރު ހުކުމެއްގެ ވާހަކަ ކަމާއި އެއަށްވުރެ ކުރު މުއްދަތެއްގެ ހުކުމެއް އޮތް މީހަކު ކުރިމަތިލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އަނެއްކާވެސް ފަނޑިޔާރު ސުވާލު ކުރެއްވީ އެގޮތަށް ޖަލުގައި ހުންނަ މީހަކު ހޮވިއްޖެނަމަ ދެން ވާނެ ގޮތަކާ މެދު އެވެ. މިސާލަކަށް، ޔާމީންގެ މައްޗަށް އިއްވާފައި އޮތް ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފި ނަމަ މަގާމު ގެއްލޭނީތޯ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ހަމްޒާ ވިދާޅުވީ އެ ހާލަތުގައި މަގާމު ގެއްލޭނެ ކަމަށެވެ. ދެން އެ ޒިންމާއާ ހަވާލުވާން ޖެހޭނީ އިންތިހާބުވާ ނައިބު ރައީސް ކަމަށް ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން، އިލެކްޝަން ކޮމިޝަންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ޖަލު ހުކުމެއް އޮއްވައި ޔާމީނަށް ކުރިމަތިލެއްވޭނެ ކަމަށް މާނަކޮށްފި ނަމަ، ގައުމު ހުސްކަމަކަށް ނާންނާނެ ކަމަށް މާނަކުރަނީ ގޯސްކޮށް ކަމަށެވެ. ވިދާޅުވީ އެއީ ހަމައެކަނި ޔާމީން އަދި އެމަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ޖަމީލު ވިސްނުމުގައި ބަހައްޓައިގެން ނެރޭ މާނަކުރުމެއް ކަމަށެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން މަހުފޫޒު ވިދާޅުވީ ރައީސްކަމާއި ނައިބު ރައީސްކަމުގެ ޝަރުތުތަކަކީ އެއް ޝަރުތުތަކަށްވާއިރު، ޔާމީންގެ ފަރާތުން އެދޭ ގޮތަށް މާނަކޮށްފި ނަމަ، ޖަލު ހުކުމެއް އޮތް މީހަކަށް ރަނިންމޭޓަކަށް ވެސް ވެވޭނެ ކަމަށެވެ. މިސާލަކަށް، ޖަލު ހުކުމެއް އޮތް ދެ ބޭފުޅަކު އިންތިހާބު ވެއްޖެ ނަމަ ދެން ވާނީ ކިހިނެއްތޯ ކަމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"ދައުރު ނިމެންދެން ނުވަތަ ހުކުމްގައި ގޮތެއް ސުޕްރީމް ކޯޓުން ކަނޑައަޅަންދެން ދެ ބޭފުޅުން ޖަލުގައި ތިއްބަވާނީތޯ؟ އެހެންވީމާ އެއީ ރަނގަޅު މާނަކުރުމެއް ނޫން،" މަހުފޫޒު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ސުވާލެއް ފަނޑިޔާރު އައިޝާ ސުޖޫން ވެސް ކުރެއްވި އެވެ؛

"ތި ވިދާޅުވާ ގޮތަށް ހުކުމް ތަންފީޒު ކުރަމުން މަގާމަށް އިންތިހާބު ވެއްޖެ ނަމަ މުޅި ރާއްޖޭގެ ރައީސަށް އެ ބޭފުޅަކު ވާނީ، އެހެންވެއްޖެއާ ހުރިހާ ރައްޔިތުންގެ ހައްގެއް އެއީ އެ ރައީސަކު ގައުމު ހިންގުމަކީ، ކޮބާތޯ؟"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ މައްސަލާގައި ފަނޑިޔާރު އާއިޝާ ޝުޖޫން

އޭގެ ޖަވާބުގައި ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ، އެންމެ ފަހުގެ ހުކުމެއް އަންނަންދެން ރައްޔިތުންނަށް ގޮތް ނިންމަން ދޫކޮށްލަން ބޭނުން ވަނީ އެހެންވެ ކަމަށެވެ. އީސީން އެ ހައްގު ހަނިކުރާ ނަމަ، ރައްޔިތުންނަށް ގޮތް ނިންމުމަށް ހުރަހަކަށް އެކަންވާ ކަމަށެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ޔާމީންގެ ފަރާތުން ފާހަގަކުރާތީ އެކަމާ ގުޅޭ ގޮތުން ވެސް ފަނޑިޔާރުން ސުވާލު އެއްސެވި އެވެ.

އެގޮތުން އެ މާއްދާގައި ބުނާ ހުކުމް ނިހާއީ ހުކުމަކަށް ވާންޖެހޭ ކަމަށް ޔާމީންގެ ފަރާތުން ފާހަގަކުރަނީ ކޮން ހަމައަކުންތޯ ކަމާއި މާއްދާގައި ލިޔެފައި ނެތީސް "ނިހާއީ" އެ ބަސް އައި ގޮތަކާ މެދު ސުވާލު ކުރެއްވި އެވެ. އަދި އެއްވެސް ގާނޫނެއްގައި ނިހާއީ ލިޔެފައިވޭތޯ ވެސް އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަން ވަކީލް ފާހަގަކުރެއްވީ ގާނޫނުލްއުގޫބާތުގައި ހައްދުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ނިހާއީ ހުކުމަކަށް ފަހު ކަމަށް ބުނާ މާއްދާ އެވެ. އެހެންވެ، ފަނޑިޔާރު ވިދާޅުވީ، އެއީ ވަކި ބާވަތެއްގެ މައްސަލަތަކަށް ހާއްސަ މާއްދާއެއް ކަމަށެވެ.

ފަނޑިޔާރު ޝުޖޫން ވެސް އެއްސެވީ ގާނޫނުއަސާސީގައި ނިހާއީ ހުކުމެއް ކަމަށް ލިޔެފައި ނެތީސް ކޯޓަށް އެގޮތަށް މާނަ ދަންމާލެވިދާނެކަމާ މެދު އެވެ.

ހަމްޒާ ވިދާޅުވީ ދަށު ކޯޓުން ހުކުމެއްކޮށް، އެންމެ ވާދަވެރި ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ގެއްލުވާލުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތީ ފަހިވެފައި ކަމަށެވެ. އަދި، ރާއްޖޭގެ ތާރީހުން ވެސް ފެންނަން އޮތީ އެގޮތަށް ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ހުކުމެއް ހަމައެކަނި އެގޮތަށް އޮތުމަކުން އެ ހައްގު ގެއްލުވާނުލެވޭނެ ގޮތަށް ހެދުމުގެ ބާރު ސުޕްރީމް ކޯޓަށް އެބަ އޮތް ކަމަށެވެ.

ހާއްސަކޮށް، ސަރުކާރަށް ނުވަތަ އިލެކްޝަން ކޮމިޝަނަށް އިންތިހާބު ވަކި ގޮތަކަށް ބައްޓަންކުރުން ހުއްޓުވުމަށް މިއީ ސުޕްރީމް ކޯޓުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަކީލް ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ އަތުން އަބަދުމެ މި އަތުލާ ހައްގު ދަތިކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓަށް އެބަ އޮތް؟" ހަމްޒާ ވިދާޅުވި އެވެ.

އެއާއެކު ފަނޑިޔާރު ސުޖޫން އެއްސެވީ ދަށު ކޯޓުތަކުގެ ހުކުމްތަކުގެ އެއްވެސް އަގެއް ނެތީކަމާ މެދު އެވެ.

ހަމްޒާ ވިދާޅުވީ، ކޯޓުތަކުގެ ހުކުމްތަކުގެ އަގު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއީ ދަށު ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެމީހަކު ހުންނަނީ ބަންދުގައި ކަމަށެވެ. އެހެންވެ އެ ބަންދުގައި އެ ހުންނަނީ އެ ކޯޓުގެ ހުކުމްގެ ބާރުގެ ދަށުން ކަމަށާއި ނަމަވެސް، އެ ހުކުމާ ގުޅިގެން އިންތިހާބީ ހައްގު ގެއްލިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ހަވީރު 4:00 ހާއިރު ފެށި ޝަރީއަތް އެކި ފަހަރު މެދުކަނޑާލަމުން ކުރިއަށް ގެންގޮސް 11:30 ވާން އުޅެނިކޮށް ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކަމަށެވެ.

70 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 4%
icon angry icon angry 8%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2000

07 August 2023

ތާކުން ތާކު ނުޖެހޭ ސުވާލެއް ކުރި ފުރަތަމަ ސްޕްރީމް ކޯޓްގެ ފަނޑިޔާރު. ކަމެއް ވީމާ އެކަމެއްގެ ފަރުވާ ޤާނޫނުގައި ނެތުމުން ޓަކި ޖަހަނީ ސްޕްރީމް ކޯޓްގެ ދޮރުގައި. އެދޮރުގައި ޓަކި ޖެހީމާ ފަޅޮލޭ ބަރބޮލޭ އެތެރެއިން ޖަވާބު ދިނީމާ އެދެވުނީ ފުރިހަމަ ޖަވާބެއް ކަމަކަށް ބޮލެއް ހުރި މީހަކު ގަބޫލެއް ނުކުރާނެ

The name is already taken The name is available. Register?

ހީޙީ ސުލީހް

06 August 2023

މިހާތަނަށް ފަނޑިޔާރަކު ކުރި އެއްމެ ތާކުންތާކުން ނުޖެހޭ ސުވާލު

The name is already taken The name is available. Register?

މަވޯޓާ

05 August 2023

ބޭނުން ވަނީ ހައި ކޯޓުގައި އޮތް އިސްތިއުނާފަށް ގޮންޖަހާ. ސ.ކޯޓުން ގާނޫނުގައި ނެތް ހުކުމެއް ނެރެގެން ގޮޑިލިބިއްޖެނަމަ، މުޅި މައްސަލަ އެކީ އޮއްބާލާ މާފުލިބުން. އެދުވަހު މިހާރު ކޯޓުތަކުގައި ތިބި އެއްވެސް ފަނޑިޔާާރެއްގެ މަގާމެއް ނޯންނާނެ ކަން ޔަގީން.

The name is already taken The name is available. Register?

2012

05 August 2023

ތިޔަހެން ކަންކުރައްވަން އެނގިވަޑައިގަންނަވާނީ އެމްޑީޕީ ބޭފުޅުންނަށް . ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް އެހުންނަވަނީ އެމަނިކުފާނު ޖަލުން ސަލާމަތްވެފައި އެ ހުންނެވިގޮތް ހަނދުމަވޭތޯ؟ މައުމޫނާއި، ޤާސިމާއި އިމްރާން ފަދަ ބޭފުޅުން ޖަލުން ނުކުންނެވިގޮތަށް ބައްލަވާ. ސުޕްރީމް ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރުން ކޮބައިތޯ؟

The name is already taken The name is available. Register?

ބަނޑުގައި

05 August 2023

ފަޑިޔާރުންތިބޭނީ ފަލަކޮށް. އެއީ ލާރިކާކާ

The name is already taken The name is available. Register?

އ‫ެހެންވެއްޖެނަމަ ނަމަ ނަމަ ނަމަ

05 August 2023

ހ‫ުރިހާ ފަނޑިޔާރުންތައް ޖަލަށް ވަންނަންޖެހޭނީ އަދި އަނހެން ފަނޑިޔާރުންނަށް ދެގުން އަދަބު ބޮޑުވާނެ

The name is already taken The name is available. Register?

5789

05 August 2023

ގާނޫނާއި ގާނޫނު އަސާސީން ފަރުވާ ނުލިބޭ ކަންކަމަށް ފަރުވާހޯދަން މަހަކު 95 ހާސް ރުފިޔާ ދީފަ ތިބޭފުޅުން ތިތަނަށް ލާފަ ތިތިބީ.

The name is already taken The name is available. Register?

ބޮޑުމީހާ

05 August 2023

ތިހެން ތިކަންކޮށްފިނަމަ މާދަމާ ކްލްބަ މޯލްޑިވްސްގައި ކުޅެންވެސް ޖަލުގަ ހުންނަ ކުއްޖަކު ބޭނުންވީމަ އެ ފުރުސަތުވެސް ދޭންޖެހޭނެ، ރަށުގަ އޮންނަ އީދުކުޅިވަރުގައި ބައިވެރިވާންވެސް ނިހާއީ ހުކުމެއް ނާންނަ ހިނދަކު ޖަލުގައި ތިބޭ އެންމެނަށް އެ ފުރުސަތު އޮންނަންވާނެ.

The name is already taken The name is available. Register?

5789

05 August 2023

އީދު ކުޅުމަށް ނުކުތުމަށް ގާނޫނު އަސާސީގަ އަސާސީ ހައްގެއްކަމަށާ ޑިމޮކްރަސީގަ ޕާޓީގެ ލީޑަރ އަކަށް ވުމުން އެތައްހާސްބަޔަކު އެމީހަކަށް ސަޕޯޓް ކުރާގޮތަށް އީދުކުޅި ކުޅުމަށް ކްރިމިނަލުން ގެނައުމަށް އެތައް ހާސްބަޔަކު ސަޕޯޓްކޮށް މަގުތަކަށް ނުކުންނަނަމަ އީދު ކުޅި ޖުޅުމުގެ ހައްގުވެސް ލިބެންޖެހޭނެ

The name is already taken The name is available. Register?

ނާޅި

05 August 2023

ބޮޑުމީހާ ތިބުނީ ހެޔޮކޮން. ރަށުކޯޓަކުން ވިޔަސް ހުކިމެއް ކުރީމަ ވަޒީފާ ގަނޑުވެސް އަހަރެމެންނަށް ނުލިބެ. ކުށުގެ ރިކޯޑު ސާފުވާން ޖެހޭ.

The name is already taken The name is available. Register?

ކުޑަމީހާ

05 August 2023

އީދު ކުޅިވަރު ކުޅުމަކީ ރައްޔިތުން ނަގާ ވޯޓަކާ ގުޅޭ ކަމެއް ނޫން. ޔާމީނަކީ 1 ލައްކައާ ގާތްކުރާ ވަރަށް ރައްޔިތުންގެ ވޯޓް ހޯދާފަ ވާ ވެރިއެއް. އެފަދަ ވެރިއަކާ ކުޅިވަރު ކުޅުމަށް ބޭނުންވާ މީހުންނަކާ އެއްވަރެއްނުކުރެވޭނެ. ނިދުމާ ކެއުމާ ކުޅުމާ ފާޚާނާކުރުން، ގައުމުގައި ވޯޓްހޯދުމުގެ ހައްގާ އެއްވަރުކުރާނަމަ ތިޔަ ތިބެވެނީ ހަމައަކު ނޫން.

The name is already taken The name is available. Register?

އަފްރާސިޔާބު

05 August 2023

އެއީ ބަޔަކަށް އޮޅުން އެރިޔަސް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ތިލަކޮށް ބުނެފައިވާ ޝަރުތެއް. ނިދާފައި ތިބިއްޔާ އެޝަރުތެއް ނުފެންނާނެ. ހޭލައި ރަގަޅަށް ބަލައިފިއްޔާ އެނގޭނެ ޝަރުތު ފުރިހަމަ ނުވާކަން. 12މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ހުކުމް ކޮށްފިނަމަ، އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ 3 އަހަރު ވުން ނުވަތަ ރައީސް މާފު ދެއްވިތާ 3 އަހަރު ވުން. 3 އަހަރު ހަމަވާން 1 ދުވަސް އޮތަސް ކުރިމަތި ނުލެވޭނެ. 12މަހަށް ވުރެ ކުރިއްޔާ. 1 ދުވަސް ވިޔަސް ކުރިމަތިލެވޭ

The name is already taken The name is available. Register?

ހުސެއިންބ

05 August 2023

ފަނޑިޔާރު ޤާނޫނު އަސާސީ ވިދާލުވީމަ ފެންނާނެ ނިހާއީ ހުކުމްގެ ވާހަކަ. އެންމެ ފަހަރަކުވެސް ނޫން ދެފަހަރަށް. ވިދާޅުވޭ. މިނިވަނެއްގެ ގޮތުގައި ހުއްޓާ ހަވާލުކުރި ރިޔާސީ ޓިކެޓް ގެ ހައްޤު ހޯދަން މިއުޅެނީ. އެހެންވެ ނިހާއީ ހުކުމްއަށް ބަލަންވީ. އެކަމަކު ބަލާނީ އަފްއާނިސްތާނާއި އިންޑިއާގެ ސިސްޓަމަކަށްނޫން.

The name is already taken The name is available. Register?

ނާޅި.

05 August 2023

ޑެން ކީއްވެ ވަޒީފާގައި ހުށްޓާއި ކޯޓަކުން ހުކުމެއް އައީމަ ވަޒީފާ ގެއްލެނި

The name is already taken The name is available. Register?

ޢައިނާ

05 August 2023

ވަރަށް ސިމްޕަލް. ރައީސް މައާފު ދެއްވާނީ.

The name is already taken The name is available. Register?

ވާނުވާ،،،

05 August 2023

ތުއްތު ކުއްޖާއައްވެސް އިގޭނެ ކުއްވެރިއަކަށް ކުރިމަތިނުލެވޭނެކަން ގައުމެއްގެ ވެރިކަންކުރަން. ސާފުސީދާ ބަހުން އެއޮތީ ލިޔެފަ ގާނޫނުގަ ކުއްވެރިން ތި ބޭނީ ޖަލުގަ. ދެންތީ ކުއްވެރިން މިނިވަންވާން މާ މޮޅު ގޮތެއްނު. ޖަމީލު މެން މި ވިސްނަނީ ކިޑްނީންތަ އަޅެފަހެ. މަށަށް ފެންނަނީ ހުމާމު މެން ކަހަލަ ބޮޑެތި ކުއްވެރިންވެސް ރައީސް ކަމަށް ކުރިމަތިލާން. އޭރުން ތިބޭނީ މިނިވަންވެސް ވެފެތާ. ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަނެގެންވެސް ނުވާނެ.

The name is already taken The name is available. Register?

ވާނުވޭ

05 August 2023

އެންމެން ތުއްތުކަމުން ކުރިމަތީ ހިނގާ މަންޒަރު ނުފެންނަކަން އަދި މާ ދެރައެއްނު. ގަސްތުގައި ޔާމީންގެ މައްސަލަ ކޯޓުން ނުހިންގައި ނަން ހުށަހެޅޭ ވަގުތު ހަމަވަންދެން އެ ތިބެނީ އެއީ ޖުޑީޝަރީއަށް ނަމުގަ ނުބެހި ތިބޭ މިސަރުކާރުން ކުޅޭ ކުޅިގަނޑަކަށްވާތީ. އެ ކުޅިވަރު ދުށުމުގެ ގާބިލްކަން ނެތިފަ ތިބެނީ އަސްލުވެސް ކިޑްނީން ވިސްނާތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454