ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު (ވ) ޔާމީންގެ ދަރިކަލުން ޒައިން އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ހާޒިރުވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
06 އޯގަސްޓް 2023 - 14:05
މި އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގަވައި އޭނާގެ ބައްޕާފުޅު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައެޅި އަބްދުﷲ ޔާމީން އެންގެވި ނޯޓިސްގެ ސައްހަކަން ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މިއަދު ކަށަވަރު ކޮށްދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އިންތިހާބުގައި ޕީޕީއެމުން ވާދަނުކުރަން ޔާމީން ވަނީ ޕާޓީގެ ލީޑަޝިޕުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިޚާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޔާމީން ލިޔުމުން ދެއްވި ނޯޓުގެ ސައްހަކަން ޒެއިން ކަށަވަރު ކޮށްދެއްވީ އެއާ މެދު ޕީޕީއެމް/ޕީއެންސީގެ ސެނެޓާއި ލީޑަޝިޕްގެ ބައެއް މެމްބަރުން ސުވާލު އުފެއްދެވުމުން ކަމަށް ވެ އެވެ.
އެއީ އެމަނިކުފާނަށް ފުރުސަތު ގެއްލިއްޖެނަމަ، ބަދަލުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރެން ނިންމުމަށްފަހު، އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވާނެ ކަމަށް ސެނެޓުގެ ބައެއް މެމްބަރުންނަށް ގަބޫލުނުކުރެވޭތީ އެވެ.
އެކަމަކު ޒެއިން ވަނީ އެ ނޯޓުގެ ސައްހަ ކަން މިހާރު ކުރިއަށް ގެންދާ ސެނެޓްގެ ބައްދަލުވުމުގައި ޔަގީން ކޮށްދެއްވައިފަ އެވެ.
ޕީޕީއެމް/ޕީއެންސީ ޖޮއިންޓު ސެނެޓުގައި މިހާރު ދަނީ ޔާމީންގެ އެ ނޯޓާ މެދު ގޮތެއް ނިންމުމުގެ މަޝްވަރާތަކެވެ. އެނގިފައިވާ ގޮތުގައި އެކަމާ މެދު ސެނެޓު މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ، ބައްދަލުވުން ވަނީ ހޫނުވެފަ އެވެ.
އިންތިޚާބު ބޮއިކޮޓު ކުރުމާ މެދު ގޮތެއް ނިންމާނީ ޖޮއިންޓު ސެނެޓުން ފާސްކޮށްގެން ކަން އެނގިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޔާޒް
06 August 2023
ބޮއިކޮޓް ކޮށްގެން ނުވާނެ އާއްމު މެމްބަރުންގެ ހައްގު ކޮބާ ޕީޕީއެމް ގެ ކެންޑިޑޭޓެއް ނެރިގެން އިންތިހާބް ކާމިޔާބް ކޮށްގެން ނޫނީ ރައީސް ޔާމިން މިނިވަން ނުވާނެ ދެން ކޮން ބޮއިކަޓެއް ތިއުޅެނީ ޕާރޓީ ބައި ބައި ކުރަން ނަޝީދު އަށް މޮޅުތަކެއްވިތަ އެފާޑައް ތެޅެން ހަދާގެން.
ހުދަން
06 August 2023
ބޮއިކޮޓު ކޮށްފިން. މިތިބީ މަނިކުފާނާ އެކު.
ޣައްސާނު
06 August 2023
މީ މުއިޒު ގެ ފަހަރު.
ޒަރ.
06 August 2023
ތޭންކްސް ޒައިން. އިރާދަކުރެއްވިއްޔާ މިއަށް ވުރެ ގަދަކޮށް ނިކުންނާނަން.
ލިޓޯން
06 August 2023
މައުމޫން ނުވެއްޓޭ, އަދިވެސް އެންމެ ގަދަވާނީ ޒައީމް
ލިޓޯން
06 August 2023
މައުމޫން ނުވެއްޓޭ, އަދިވެސް އެންމެ ގަދަވާނީ ޒައީމް
މުހައްމަދު މާޔޫސް
06 August 2023
ޠާމީން ބުންޏަސް އިންތިޚާބު ބޯއިކޮޓެއް ނުކުރެވޭނެ! ވޯޓްލާންވީ ކެނޑިޑޭޓެއް ދައްކާ! އެހެން ނޫނީ މަ ވޯޓްލާނީ މަ އިޚްތިޔާރުކުރާ މީހަކަށް!
ޓުކުޓުކު
06 August 2023
އަދި ނެތް ވޯޓުލާން ރަގަޅު އެެއްވެސް ޖޯޑެއް. ސޭޑް، އޯލްސޯ “ލެސް އީވިލް” އަށް ވޯޓުލާން ނުބުނައްޗޭ، ބިކޯސް ދިވެހީން ޑިސޭވް ބެޓަރ.
ޕޕމ، ޕނސ އެކީގަ ނުކުމެ މުއިއްޒު/އުމަރު/ޒައިން ވިޔަސް ނުކުމޭ
06 August 2023
ޕޕމ އާ މިއެންމެން އެކުވެލީމަ އިބޫއާ ދަނޑިމޭން އަކަށް ވޯޓްލާން ތިބޭނީ އެމީހުންގެ އެންމެ ކްލޯޒްމީހުން، އެއީ މަދުބައެއް. ޔާމީނަށާ ޕޕމ އަށް ހަމްދަރުދީވޯޓްވެސް ބައިވަރު ލިބޭނެ.އަންނި ބުރުމާ،އިމްރާން މައުމޫން އެންމެން ޖަލުގަ ތިބީމަ އެމީހުންގެ އަނބިން ފިރިން މިސްވެގެން ޖެއްސި ސްޓަންޓށް ކިހާ ހަމްދަރުދީ ވޯޓެއްލިބުނު. ސޯ ޕްލީޒް އެކަތިގަނޑަކަށްވޭ. ބޮއިކޮޓް ކުރިޔަސް ވޯޓްލާން ގިނަމީހުން ނުކުންނާނެ.އެމީހުންގެ ވޯޓް ލިބޭގޮތެއްހަދާ. ވޯޓް ގަންނަން ރެޑީގަމީހުން
ވީޖޭ
06 August 2023
ސައްޚަކަން ކަށަވަރުވީ ގޮތެއް މި އާޓިކަލް އަކުން ނޭނގެ. ހެޑްލައން ޖެހިޔަސް ކަމަކުނުދާނެ