ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމުގައި ވޯޓަށް އަހަނީ.
06 އޯގަސްޓް 2023 - 15:48
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގައި ދެންމެ ވޯޓުގައި އެ މަނިކުފާނަށް ނާކާމިޔާބުވެ، އިންތިހާބު ބޮއިކޮޓް ނުކުރަން ފާސްކޮށްފި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެމްބަރުންނެވެ. އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 67 މެމްބަރެކެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެމްބަރެކެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ވޯޓަށް އަހަން ޖެހުނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން، އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތުމުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ޔާމީން ހަވާލުކުރެއްވި ނޯޓިސްގައި ވަނީ އެ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެހެންވެ، ސެނެޓްގައި ވޯޓަށް އެހީ އެވެ.
މިއަދު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސަމިޓްގައި މެމްބަރުން ވޯޓު ދެއްވަނީ.
ސެނެޓްގައި މި ބަހުސް މިއަދު ކުރިއަށް ގެންދިޔައީ ހޫނު ޒުވާބާއި އަރައިރުމުގެ ތެރޭގަ އެވެ. ބައްދަލުވުން މެދުކަނޑާލާފައި ވަނިކޮށް، ބޭރުން ބަޔަކު ޕީޕީއެމްގެ އޮފީސްތެރެއަށް ވަދެ ހަމަނުޖެހުން ވެސް ހިންގި އެވެ. އެކަމަކު، ވަކި ހިސާބަކުން އެ މީހުން ބޭރަށް ނެރެ ތަން ހަމަޔަކަށް އެޅުވި އެވެ.
އިންތިހާބު ބޮއިކޮޓް ނުކުރަން ގޮވާލައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި ޔާމީންގެ ވަރަށް އަރިސް ބޭފުޅުން ވެސް ހިމެނެ އެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ބޭނުންފުޅުވި ނަމަވެސް އެ މަނިކުފާނަށް ފުރުސަތު ގެއްލޭ ހާލަތުގައި ޕީޕީއެމް/ޕީއެންސީން ނެރޭނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ސެނެޓުން އޮތީ ފާސްކޮށްފަ އެވެ. މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަނޑައަޅަން ނިންމަވައިފަ އެވެ.
ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ މާދަމާގެ މެންދުރު 2 ޖަހާއިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބޮދުﷲ ޔާމީނު
06 August 2023
ތިމާގެ އަތުން ވެރިކަން ގެއްލުނު ހިސާބުން ހުރިހާ ބާރެއް ގެއްލުނީއެވެ. ހެއްދެވި ފަރާތެއްވާ ކަން ނުވިސްނާ ތިމާގެ ޖައްބާރުކަމާއި ނުބައިކަން ދެއްކި ވެރިންގެ ނިމުން ހިއްޗެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް ޢިބުރަތުން ފުރިގެންވާ ދަރުހެކެވެ.
ރާނގަޅުހަމަ
06 August 2023
ޔާމީން އެއބުރު ހުރެފި، ލާރިތަކެއް ކާލައިފި. ދެން ދައުރު ނިމުނީ. އެހެންމީހަކު އަރުވާދެން.
ދަސްބެ
06 August 2023
ޔާމީންގެ ސިޔާސީހަޔާތް ކަފުންކުރެވުނީ
އަފްރާސިޔާބު
06 August 2023
ދެން އަސްލު ޕީޕީއެމް އިން އެމީހެއްގެ ކިބައިން ޕީޕީއެމް ދަމައިގެންފައިވާ ލީޑަރ އާ ހަވާލުކުރަންވީނުން. ގައިމު އަދުގެ ޒައީމު ހުންނަވާނެ ޕާޓީ ލީޑްކިތަން. ދެން ޒުވާނުން ކުރިއަށްޖެހި ލީޑަރ ޝިޕާ ހަވާލުވާއިރު ޒައީމު ހުންނަވާނެ މަގު ދައްކައްކަން އެޑްވައިޒަރެއްގެ ގޮތުގައި.
ޥަސް
06 August 2023
126 މީހުން ވީޓުގައި ބައިވެރިވި ކަމަށްވޭ. ތި ސެނަޓުގައި ތިބެނީ ކިތައްމީހުން.
ޢަލީބެ
06 August 2023
ޕާޓީގެ މެމްބަރުންވެސް ޔާމީނަށް ހަރާންކޯރު ވެއްޖެ. ޔާމީން އެކުރާ ޖިހާދުގަ މެމްވަރުން ބައިވެރި ނުވުމަކީ އިބޫސޯލިހަށް ލިބުނު ކާމިޔާބީއެއް.
ކކާޅު
06 August 2023
ހަމަ ސީދާ ބަގާވާތެއް
އަލްމުދިސް
06 August 2023
އަނިޔާވެރިންގެ ނިމުން ކީރިތި ﷲ ހިތިކުރައްވާނެ. މި ދުނިޔޭގައި ވެސް އެދަނީ ދައްކަވަމުން. ރައީސް ޔާމީން ތައުބާވެ ހިތްތިރި މީހަކަށް ވޭތޯ ދުޢާކުރަންވީ!
އޮނަރަބްލް އަފީފު ދީދީ
06 August 2023
ސިޔާސީ ޕާޓީއެއްގެ ގޮތުން އިންތިޙާބުގައި ބައިވެރިނުވެ އިންތިޙާބު ބޮއިކޮޓް ކުރުމަކީ އެއްވެސް މައްސަލައެއްނޫން. # އެހެން ނަމަވެސް އެފަދަ ކަމެއްކުރާންޖެހުނު ސަބަބަކަށް ދިވެހި ދައުލަތުގެ އެންމެމަތީ ކޯޓްގެ ޙުކުމް އައިގޮތުގެ ވާހަކަ ދައްކާ "އެ ޙުކުމުގެ ސަބަބުން" ޙައްޤު ގެއްލުނުކަމަށް އަޑު އުފުލުމަކީ ސްޕްރީމް ކޯޓްގެ ހުކުމަށް ގޮންޖެހުން ފަދަ ކަމެއް. އެފަދަ އަމަލެއް ސިޔާސީ ޕާޓީއެއްގެ ލީޑަރޝިޕުން ފެނުމަކީ ވަރަށްދެރަކަމެއް. އެކަން އެހެން ކުރުން ރަނގަޅެއްނޫން.
ބްރޯސް
06 August 2023
ރަނގަޅު ކަންކަމާ ނުބައި ކަންކަމުގެ ވާހަކަ ދައްކާއިރު ވައްކަން ކުރުން އެއީ ރަނގަޅު ކަމެއްބާ؟
އާއްމު މެންބަރުން
06 August 2023
ޕީޕީއެމް ގެ އާއްމު މެމްބަރުން ދެން ބައި ހަދާފައި ގޮސް އެހެން ދިމަދިމާއަށް ދިއުމުގެ ބަދަލުގައި، ސީދާ ސާދާ ކެންޑިޑޭޓް އެމްއެންޕީ ގެ މުހައްމަދު ނާޒިމް ފަހަތަށް އަރައި، އަތާ އަތް ގުޅާލައި އުޖާލާ ޒަމާނަކަށް މަސައްކަތް ފަށަންވީ
ިހަސަން ކުރު ސީލާ
06 August 2023
ޔަމީންގެ ނޯޓްގައި އޮތްވާހަކަ އޮލުވާނުލާތި. ނޯޓުގައި އޮތީ ޕީޕީއެމް ބޭނުން ވާކަމަށް ވަންޔާ އިންތިހާބު ބޯއިކޮޓް ކުރަން ސެނެޓުން ފާސްކުރިޔަސް ތިމަން މަނިކުފާނުގެ މައްސަލައެއް ނެތޭ. އެއީ ޕީޕީއެމް އެމް އިން މިއަދު ޔާމީން އަތްޕުޅަށް އެރުވި ނޯޓްކޮޅެއްގެ ޖަވާބު. އަބްދުއްރަހީމް މެން ތަންކޮޅެއް ސާފުކޮށް ޕީޕީއެމް މެމްބަރުންނަށާއި މީޑިއާއަށް މި ވާހަކަ ކިޔާދޭންޖެހޭ. ނޫނީ މި އޮޅުވާލިގެން ހަބަރު ފެތުރުމުގެ ފުރުސަތު ބޮޑީ.