ހިމަބިހި ޖެހިފައިވާ ކުއްޖެއް: ހިމަބިއްސަށް އަލަށް ޕޮޒިޓިވް ވެފައިވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހެއް ކަން ނުވަތަ ނޫންކަން އެޗްޕީއޭއިން ހާމައެއް ނުކުރޭ.--
06 އޯގަސްޓް 2023 - 20:42
ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ އިތުރު ކޭސްއެއް ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ ހިމަބިހި ޖެހިފައި ހުރި މީހަކު ފެނުނީ އިއްޔެ ކަމަށާއި އެ މީހާ އަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހެއް ކަމަށެވެ.
އެ މީހާގެ ފަރާތުން ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށްތޯ ބެލުމަށްޓަކައި އޭނާއާ ބައްދަލުވެފައިވާ މީހުންގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ.
މީގެ އިތުރުން އެޗްޕީއޭން ބުނީ ވެކްސިން ނުޖަހާ މީހުން ދެނެގަނެ އެމީހުންނަށާއި ބަލި ޖެހިފައިވާ މީހާ ދިރިއުޅޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ނަމަވެސް، އިއްޔެ ފެނުނު މީހާ އާ މިދިޔަ މަހު ފަހުކޮޅު ފެނިފައިވާ ކޭސްއާ ގުޅުމެއް އޮތް ކަމަށް އަދި ފާހަގަކުރެވިފައިނުވާ ކަމަށް ބުންޏެވެ.
🔸 މި ކޭސް އާ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސް އާ ގުޅުމެއް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނެތް.
— Health Protection Agency (@HPA_MV) August 6, 2023
(4/4)
- ހުން އައުން.
- ހަމުގައި ރަތް ބިހިތަކެއް ނެގުން.
- ކެއްސުން.
- ނޭފަތުން އަރިދަފުސް ފޭބުން.
- ލޯ ރަތްވުން.
އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ފަހުން 2020 ވަނަ އަހަރު އާއި މި އަހަރުގެ މާޗް މަހު އައްޑޫން ވެސް ކުޑަކުއްޖަކު ޕޮޒިިޓިވްވެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 August 2023
އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން ނެއްޓި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ގިންތީގައި އަހަރުމެން ހިމެނުނުއިރު މިތަނުން މިފެންނަނީ 16 ވަނަ ޤަރުނުގައިވެސް ކުރިމަތިނުވާފަދަ ހާލަތާއި ދިމާވެފަ. # ރައްޔިތުމީހާއަށް ހިމަބިއްސާއި ޑެންގޫ ފަދަ ބަލިތައް ޖެހުން އާންމުވާއިރު ދައުލަތުގެ ޙަޒާނާގައިވަނީ ކަތުރު ފަނިއަޅާފަ. # އަދުލު އިންސާފާއި ދައުލަތުގެ މުއްސަދިކަމާއި ވަސީލަތަކީ ވަކިރަށެއްގެ ޤަބީލާވަންތަވެރިންނަށް ޙާއްސައެއްޗަކަށް ވެގެންހިގައްޖެ. މިއީ ޙަޤީގަތް.
ކާތިބު
06 August 2023
ޚަބަރު ރަނގަޅަށް ކިޔާފަ ކޮމެންޓް ކޮށްބަލަ. "އެޗްޕީއޭއިން ބުނީ ހިމަބިހި ޖެހިފައި ހުރި މީހަކު ފެނުނީ އިއްޔެ ކަމަށާއި އެ މީހާ އަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހެއް ކަމަށެވެ." އެހެންކަމުން ރާއްޖެއިން ބޭރުން އަންނައިރު އެމީހެއްގެ ގަޔަށް، ގައިން ގަޔަށް އަރާ ބައްޔެއް އަރާފަ ހުރުމުން ދެން އެކަމާ ޚަޒާނާ އާއި ކަތުރު ފަންޏާ ދައުލަތާ ގަބީލާ އާއި ވަސީލަތާ ވަކި ރަށަކާ އަދި ތިޔަ އޮންރަބުލް އަފީފުދީދީ ބޭޅާ އާއި އޮތީ ކޮންގުޅުމެއްތަ؟ ހޭބަލިވެފައިނދޭ!