06 އޯގަސްޓް 2023 - 23:40
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވި ނަމަވެސް، ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މާދަމާ ހުށަހަޅަން ނިންމާފައިވާ ކަން އެނގިއްޖެ އެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ އެކު، އެމަނިކުފާނު ވަނީ ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.
ޔާމީންގެ އެދިވަޑައިގެންނެވުމާ މެދު މަޝްވަރާ ކުރުމަށްފަހު، އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އަގުލަބިއްޔަތުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފަ އެވެ.
އެކަމަކު ޔާމީން ވަނީ އެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް އަންގަވައިފަ އެވެ. އެއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ އިތުރު ބައްދަލުވުމެއް ބާއްވައި، އެކަމާ އިތުރަށް މަޝްވަރާކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ވެސް އަގުލަބިއްޔަތުން ނިމުނީ އިންތިޚާބު ބޮއިކޮޓު ނުކުރާ ގޮތަށެވެ.
އޭގެފަހުން، ދެ ޕާޓީގެ ލީޑަޝިޕުގެ ގިނަ ބޭފުޅުން ވަނީ އެ ކޯލިޝަނުގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނެރެން އެއްބަސްވެފަ އެވެ. މުއިއްޒަކީ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީގެ ފަރާތުން ރިޔާސީ ރޭހަށް ނެރެން ކުރިން ނިންމާފައިވާ ކެންޑިޑޭޓެވެ.
އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ މެންދުރު 2:00 އަށް ހަމަވާއިރު، އޭގެކުރިން މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅާނެ ކަން ވަނީ އެނގިފަ އެވެ. އެކަމަކު މި ކަމުގައި މުއިއްޒުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
އެނގިފައިވާ ގޮތުގައި، މުއިއްޒު ރިޔާސީ ރޭހަށް ނުކުންނަވައިފިނަމަ، ޕީޕީއެމްގެ ތާއީދު އޭނާއަށް ނެތް ކަމަށް ބުނެ ރަސްމީކޮށް ބަޔާން ނެރޭނެ ކަމުގެ އިންޒާރު ޔާމީން ވަނީ ދެއްވައިފަ އެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމުން، މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓުގެ ގޮތުގައި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމް
07 August 2023
ކޮންމެކގޮތެއްވިޔަސް ބޭނުން ވަނީ ސޮހުލުބަލިކުރަން މިގައުމު އޮޔާދިޔަނުދޭން މިގައުމުއުރައް ދަރަނިވިޔަނުދޭން ބޭރުގައުމަކައިތުރަ އަޅުވެތި ވިޔަނުދޭން
މޫސާ ޒަމީރު
07 August 2023
ރައީސް ޔާމީންގެ އަޑުއެހުމެއްއޮންނަ ކޮންމެ ދުވަހަކު މިޔަރުތަކެއްހެން ތި ބައިގަނޑު ސުޕްރީމްކޯޓް ބޭރުގައި ކެތްމަދުވެފައި އެނބުރޭތަން ފެނެއެވެ. ފަހަރެއްގައިވެސް ރައީސަށް ހެޔޮއެދިގެނެއްނޫނެވެ. ހިތާހިތުން ރައީސަށް ރަނގަޅުގޮތެއްނުވޭތޯ އެދިއެދި ބޭރުފުށުން ރައީސް މިނިވަންކުރަން ބޭނުންްވާކަން ދެއްކުމުގައި އަވަދިނެތިއެވެ. މުއިއްޒާއި ވަހީދާއި ދެންވެސްތިބި މިޔަރުތަކެވެ.
ބޯބުރާންތި
07 August 2023
ބަލަ ރާއީސް ޔާމީނު ބަޔާންނެރެނީ ކޮން ހައިސިއްޔަތަކުންތޯ. ޔާމީނަކީ ޕީޕީއެމްގެ އާޢްމު މެމްބަރެއް. އެއްވެސް މަގާމެއް ފުރުއްވާ ބޭފުޅެއްނޫން. ދެން ކިހިނެއްބާ ބަޔާންނެރޭނީ. މަށަށްވެސް ބަޔާނެއް ނެރެވިދާނެދޯ އެމްޑީޕީގެ ތާއީދެއް އިބްރާހީމް މުހައްމަދު ސޯލިހަށް ނެތޭ ކިޔާފަ
ރަމަ
07 August 2023
ހީވިތަ ކަމެކޭ މީނާ ހީކުރާގޮތުން މީނާނޫން އެހެންމީހެއް ޕީ.ޕީ އެމަކުން ވެރިކަމަށް އައިސްގެންނުވާނެ ޚުދުމުޚުތާރުކަން މީނާގެ އޮތްވަރު އެބައެގޭތާ! ޔާ ﷲ ޔާމީނުގެ ނުބައި ނުލަފާ ކަމުން މިޤައުމާއި ރައްޔިތުން ތާއަބަދަށް ސަލާމަތްކުރައްވައިފާދޭވެ. އާމީން.
ާާޙަނދަކުރޭ
07 August 2023
ދިނަސްނުދިނަސްމަލާނަށް ލިބުނަސްނުލިބުނަސް ގޯތި އޮންނާނީދީފާ އަހަރެންމިހިރީވެރިކަން ކުރާކުރާހިތުން އަހަރެން މީމާލޭގެމެޔަރު އަހަރެންހުންނާނީ އަހަރެން ދަނައްނަ ގިނަމީހުން މާލޭސިޓީކައުންސިލުން ވަޒީފާދީފާ
މޮޔަވެއްޖެ
07 August 2023
ވެރިކަމާހުރެ މިމީހުން މޮޔަވެއްޖެ.
ކަންވާރު އިބްރާހީމް
07 August 2023
ދޫނުދެއްވި ކަމަށް ބުނެފައި ތިޔަފޯމް ލިޔަސް ވޯޓެއް ނުލިބޭނެއެވެ. މުއިއްޒު އުޅެނީ އޮޅުވާލައިގެން ވެރިކަން ހޯއްދަވައިގެން ޔާމީނު އުމުރަށް ޖަލުގައި ބަހައްޓަވާންހެން ހާދަ ހީވެއެވެ. މިކަހަލަ މަކަރުވެރިޔަކު ސާލިހު ނޫނީ މަދުވާނެއެވެ. ޕީޕީއެމްއަށް މިވަގުތު ސިޔާސީގޮތުން އޮތް އެއްމެ މަންފާހުރި ގޮތަކީ ޔާމީނު ފަހަތުގައި ތިބެގެން، އެހެން ޕާރޓީއެއްގެ ކެންޑިޑޭޓަކަށް ތާޢީދުކުރުމެވެ. ނަމަވެސް މުއިއްޒު ހުރީ ޔާމީނުއަށް ވާނެގޮތެއްވާން ދޫކޮށް ވެރިކަމަށް ހިފާފައެވެ.
ކާމި
07 August 2023
އެއް ފަހަރު ވެސް މުއިއްޒު ނުކުމެ، ޕަބްލިކްގައި ޔާމިންއަށް ބޭނުންވާ ގޮތަށް އަމަލު ކުރުމަށް، އިތުރަށް ޔާމިންއާ މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވިތޯ؟އެހެން ވިދާޅުވެފައި، އެހެން ނަމަވެސް އިތުރު ޗޮއިސްއެއް ނެތުމުން އެންމެ ފަހުވަގުތު ފޯމޯލުން މައްސަލައެއް ނެތް. މިހާރު ކުރާ ކަމަކީ، ސްޓައަރރިންގ ކޮމިޓީތައް މެދުވެރިކޮށް ޑރ. މުއިއްޒު ނެރުމަށް ގޮވާލާ ބަޔާން ނެރުން. އަހަންނަށް ޔަޤީން ވެރިކަމަށް ހޮވިއްޖެނަމަ މުއިއްޒު، ޔާމިންއަށް ވަފާތެރި ނުވާނެކަން
ޕީޕީއެމްނކުއްޖާ
07 August 2023
މު އިއްޒުއަށް ވޯޓިލާން ޖެހެންޏާ މަ ވޯޓުލަލައިފާނަން އިބޫއަށްވެސް ..
ފެންސު
07 August 2023
މުއިއްޒު އާއި އިބޫތެރެއިން އިބޫއަށް ވޯޓުދެންޏާ ، ކަލޭ ވޯޓުދޭނެ ދެއަހަރުގެ ތުއްތޮކުއްޖަކަށްވެސް.
ކެޔޮޅުބެ111
07 August 2023
މުއިއްޒު އަކީ މޭން އެއް...!