ކ. ގުޅިފަޅު. ގުޅީފަޅުގައި 3،000 ފްލެޓް އެޅުމަށް ވަނީ ނިންމާފައި-- ފޮޓޯ: މިހާރު
08 އޯގަސްޓް 2023 - 11:39
މި ސަރުކާރުގެ ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ އެންމެންނަށް ހަދާ ފްލެޓުތަކުގެ ތެރެއިން ބާކީ ހުރި 4،000 އެއްހާ ފްލެޓު ހަދާނީ ގިރާވަރާއި ގުޅިފަޅު އަދި ހުޅުމާލޭގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހުޅުމާލޭގައި މި ވަގުތު 4،000 ފްލެޓެއްގެ މަސައްކަތް ކުރިއަށް ގެންދާ އިރު މިދިޔަ ހަފުތާގައި ކޮންޓްރެކްޓަރާ ހަވާލު ކުރި އިތުރު 4،000 ފްލެޓްގެ އަމަލީ މަސައްކަތް މި މަހު ފަހުކޮޅު ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އިތުރު 2،000 ފްލެޓް އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ ފްލެޓްތައް ވެސް އިމާރާތް ކުރަން މިނިސްޓްރީގެ ވިސްނުން ހުރީ ހުޅުމާލޭގަ އެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން 13،000 ފްލެޓް ދޫކުރަން ވަނީ ނިންމައިފަ އެވެ. އެެހެންވެ، އިތުރު 2،000 ފްލެޓްގެ ފައިސާގެ ހަމަޖެހި ހުޅުމާލޭގައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ނަމަ، އިތުރު 3،000 އަށް ވުރެ ފްލެޓް ހަދަން ޖެހެ އެވެ. އަކްރަމް ވިދާޅުވީ ބާކީ 3500-4000 އެއްހާ ފްލެޓު ހަދާނީ މި ސަރަހައްދުގެ ތިން ތަނުގަ އެވެ.
އެ މަސައްކަތް ވެސް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފެށުމަށް މަސައްކަތް ކުރާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި، އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ވަނީ ފަށައިފަ އެވެ. މިއަދު އިއުލާންކުރި ލިސްޓުގައި ތިބި ބާކީ މީހުންނަށް ފްލެޓް ދޭނީ ގުޅިފަޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ފްލެޓްތައް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭނާ ވިދާޅުވީ، ޝަކުވާ ހުށަހަޅަން ކަނޑައެޅި 15 ދުވަސް ހަމަވުމަށް ފަހު، ދާއިމީ ލިސްޓު ނެރޭނީ، ފްލެޓަށް ކުރިމަތި މީހުންނަށް ލިބުނު ޕޮއިންޓާ އެކު ކަމަށެވެ. ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ވެރިފައި ކުރުމުގެ މަސައްކަތް ދާއިމީ ލިސްޓު އިއުލާނު ކުރުމުގެ ކުރިން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދާއިމީ ލިސްޓުގައި ފްލެޓް ލިބުނު މީހުންނަށް ލިބޭ ޕޮއިންޓުތައް އެނގޭނެ،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފްލެޓްތައް ނިމޭ ވަރަކުން ދޫކުރަނީ ދާއިމީ ލިސްޓުގައި ކަނޑައަޅާ ތަރުތީބުންނެވެ. ދާއިމީ ލިސްޓާ އެކު ފްލެޓްގެ އަގުތައް ވެސް އާންމު ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ސަރުކާރުން ފްލެޓްތައް އިމާރާތް ކުރަނީ ފަހިދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. މީގެ ކުރިން މީޑިއާ އަށް ދެއްވި މައުލޫމާތުތަކުގައި ފަހިދިރިއުޅުމުން ހަދާ ފްލެޓްތަކުގެ އަގު އެންމެ ބޮޑުވެގެން އުޅޭނީ 6،000ރ. އާ ހަމައަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
09 August 2023
5 އަހަރުން ނެރެވުނީ ހަމައެކަނި ފުލެޓް ލިސްޓެއް.އަދި ފުލެޓްވީ ތަނެއްނެއިގޭ
ޢެ ސޮރު
08 August 2023
އިންތިޚާބަށް ކަނޑަ ޖެހި ޒަމާނުގަ އުޅުއްވާ ރައީސެއް ސާލިހަކީ.
ހިއްކިބިން
08 August 2023
ފްލެޓްބެހުން މީ ސަރުކާރުތަކުން ވ ދޯދިޔާކޮށް ކުރާ ކަމެއް. ރަށުގަ ގެ ހުރެ ފްލެޓް، އިއްޔެ މާލެ އައި މީހުނަށްވެސް ފްލެޓް، ދެމަފިރިންނަށްވެސް ފްލެޓް، ރަށުގަ އުޅެމުން މާލެއިން ފްލެޓް، އެކި ސްކީމްން ފްލެޓް މީ ހަގީގަތް. މިގޮތަށް މިކަން ކުރުމަކީ ބޮޑު ބޭއިންސާފެއް. އިހުމާލެއް، ބިޔަ އިސްރާފެއް. ދެކޮޅުޖެހޭ ކަމެެއް ނޫން. ހަގީގީ މައްސަލައަށް ހައްލެއް ލިބޭނެކަމެއް ނޫން. މިއަށްވުރެ މާ ތާހިރުވާނެ މާލެ ސަރަހައްދުގަ އެކަނި މީހުުންއުޅެން ސިޔާސަތެއް ރަސްމީކުރީމަ
ދެރަ
08 August 2023
އަކްރަމްކަމާލުއްދީނަށް ފޯމް ނަންބަރު ފޮނުވާލީމަ ޝަރުޠު ހަމަވެގެން ފްލެޓް ލިބުނު ވާހަކަ ބަޔަކު ދައްކާ އަޑުއެހިން. ޢެއްގޭ ދެމައިންނަށް
ހިތަދޫ 2
08 August 2023
ވުޖޫދުގަ ނެތް، ފައިސާ ހަމަވެސް ނުޖެހޭ މަސައްކަތަކުން ދެވެން ހުރި ފްލެޓް ތަކެއް ދޭނެ ކަމަށް ބުނެ ލިސްޓެއް ނެރުމަކީ ކޮރަޕްސަނަށް ނުވާނެ ގޮތެއް އެބައޮތް؟ ރޯމާ ދުވާލު އިނތިހާބު ކާމިޔާބު ވޭތޯ ހިނގާ ބޮޑު ޖަރީމާ ރާއްޖޭގެ ކޯޓް، މަޖިލިސް އަދި އެނޓި ކޮރަޕްސަން ނިދާފަ.
ބަބޫ
08 August 2023
ކޮށްމެ ބަޔަކު ވެރިކަމެއްގައި ތިއްބަސް ޑިމާންޑަށްވުރެ އިތުރަށް ފްލެޓް އަޅާބަލަ. ޔަގީނުންވެސް ސަރުކާރަކަށް ނުޖެހޭނެ ބައި ލޯ ލާރިއެއްވެސް ދައްކާކަށް. އެތަނަށް ވަންނަ މީހުން އެތަނުގެ ލާރިދައްކާނެ. މިހެން މިކަން ނުކުރަނީ ވަކި ބަޔަކަށް ގެއްލުން ވެދާނެތީ.
ޢަރުތަ
08 August 2023
އެތަނަށް ވަންނަ މީހުން ފައިސާ ދައްކާނަމަ، ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ހުންނާނީ ބަންޑުންވެފަ، އެއްވެސް ވަރަކަށް ފައިސާ ނުދައްކާ މީހުންވެސް ބައިވަރު އެބަތިބި އިދިކޮޅުސިޔާސީ މީހުންގެ ބަހަށް ހެއްލިގެން، އާޚިރުގަ ރީތި ބޮނޑިއެއް އެމީހުން ބޯނެ ބަލަން ތިބޭ.
މުޑަހަންޖާ
08 August 2023
ވަންނާނެތަނެއްނެތި މަގުމަތިވެފައޭކިޔައިގެން ހިޔާފުލެޓުދިން މާލޭ ގިނަމީހުން އަދިވެސް ތިބީ މަގުމަތިވެފަ، ސަބަބަކީ ރަށްރަށުމީހުން ބޮޑުކުލީގަ އެތަންތަނުން ބޯހިޔާ ހަމަޖައްސައިފި. މާލޭކަލޭގެ ހަމަ މަގުމަތީގަ، މީގަ ކޮޅެއްމެދެއް އެބަފެނޭތަ.
ޢަރުތަ
08 August 2023
8500 ދައްކަން ޖެހޭތީވެ ބޮޑުވެގެން ފައިސާ ނުދައްކަ، އެކަމަކު އެތަންތަން މަހަކު 15 ހާސް ރުފިޔާއަށް ކުއްޔަށް ދީފަ، ކިހާ ރީތި.
އޮޅުންބޮޅުން
08 August 2023
13000 ފްލެޓް އޭ ؟. ޔައުނީ ވަގުތީ ލިސްޓްގައި ޝަރުތުހަމަވާ ކަމަށް އޮތް 15000 އެއްހައި މީހުންގެ ތެރެއިން، ދާއިމީ ލިސްޓް ނެރޭއިރު 2000 އެއްހައި މީހުން ލިސްޓް އިން އުނިވާނެ އޭ ދޯ ތި ބުނަނީ.
ބުރާންތި 2
08 August 2023
ބަލަގަ 15000 މީހުން ހަމަވަނީ ޖޮއިންޓްކޮށް ޝަރުތު ހަމަވީ މީހުން ހިމަނައިގެން. މީހަކަަށް ފްލެޓެއް ނޫން.
ބާކީފްލެޓް
08 August 2023
ހަނދުގައިވެސް ހެދިދާނެ އިބޫސާލިހް ބޭނުމިއްޔާ.
ބޮޑުމީހާ
08 August 2023
5 އަހަރު ތެރޭގައި ތި ނިމުނީ ފްލެޓް ލިސްޓެއް. އެވެސް ޕާޓީ ކުދިންކޮޅު މުޅި ލިސްޓުގަ. ވެރިކަން ނިމެން 2 މަހަށް ވީމަ ކަނޑަޖެހި ޒަމާން މާޒީ ވެއްޖެ! އިބްރާހިމަކަށް ދޭނެ ވޯޓެއް ނެތް
ޢަރުތަ
08 August 2023
ވޯޓު އަޅާނިމުނީމަ ފެންނާނެ ދީފަހުރި ވޯޓު، އެދުވަހަކުން އިނގޭނެ ދޭނެ ވޯޓެއް ނެތްކަން ހުރިކަން، މިހާރު ހަމަ ބުނާކަށް ނޭގެ، ހީވަނީ މުއިއްޒުއަށް ވުރެ މަތިން ހޯދާނެހެން.