ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
09 އޯގަސްޓް 2023 - 09:08
އެ މަނިކުފާނުގެ ވެރިކަމުގެ މި ފަސް އަހަރުގެ ދައުރު ނިންމާލައްވަނީ އެއްވެސް ކޯޓެއްގެ ފުރާޅަކުން ޓިނު ނުނަގައި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ފާޑުވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހައިސިއްޔަތުން ގއ. އާއި ގދ. އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، ގައްދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، ޖަލަށް ލާފައި ނުވާ ކަމަށެވެ.
އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންނާއި މަޖިލީހުގެ 12 މެމްބަރަކާއި އުއްތަމަ ފަނޑިޔާރާއި ޕްރޮސެކިއުޓާ ޖެނެރަލުން ތިއްބެވީ ޖަލުގައި ކަމަށް ރައީސް އިބްރާހިް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވެސް ކުރައްވަނީ ވެރިކަމެއް ކަމަށާއި ނަމަވެސް، ސުޕްރީމް ކޯޓުގެ ފުރާޅުން، ޓިނު ނެގި މައްސަލަ އަށް އިޝާރަތް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އެންމެ ކޯޓެއްގެ ފުރާޅުން ވެސް ޓިނެއް ނުނަގާ ކަމަށެވެ.
"އެންމެ ކޯޓެއްގެ ފުރާޅުން ވެސް ޓިނެއް ނުނަގަން، އެންމެ ކޯޓެއްގެ ވެސް. ވެރިކަން ކުރެވިއްޖެ. ތިޔަބޭފުޅުން 9 ސެޕްޓެމްބަރުގައި ނުކުމެ ވޯޓުލައްވާއިރު ވިސްނަވަންވީ މި ކަންތައްތަކަށް" އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި އޭރު ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ފެބްރުއަރީ 1، 2018 ގައި ނެރުއްވި އަމުރާ ގުޅިގެން، އެ އަމުރު ނެރުނު ބައެއް ފަނޑިޔާރުން ހައްޔަކުރުމަށްޓަކައި އެ ކޯޓުގެ ފުރާޅު ނަގައިގެން ސިފައިން ވައްދަން މަސައްކަތް ކުރި ކަމުގެ ވާހަކަ ވަރަށް ބޮޑަށް އެ ދުވަސްވަރު ދެއްކި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރޭގެ ވާހަކަފުޅު ބިނާކުރެއްވީ އެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވަމުން ޔާމީން ޑިސެމްބަރު 10، 2021 ގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ "ޓިނު ނަގަން ޖެހުނީ އެންމެ ސަބަބަކާ ހުރެ" އެވެ. އެއީ ދާހިލީ ހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށާއި އުދުވާނީ ހަމަތަކެއް ރާއްޖެ އަށް އަތުވެދާނެތީ ނުވަތަ ރައްޔިތުންގެ ތެރޭގައި މަސްލަހަތު ގެއްލި، މަގުތަކުގައި ހަމަނުޖެހުމެއް ވެސް އޮވެގެން ނޫން ކަމަށް ވިދާޅުވި އެވެ. ޔާމީންް ވިދާޅުވީ "ޓިނު ނަގަން" ޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން ނޯންނާތީ ކަމަށެވެ. އަދި އެ ދަނޑިވަޅުގައި ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށް ޔާމީން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުކީމު
10 August 2023
ކޯޓަކުން ޓިނުނަގާކަށެއް މަނިކުފާން ނުޖެހޭނެ ނޫންތޯ މަނިކުފާން ޤައުމުގެ އެންމެހާ ކަންކަން ދޫކޮއްލެއްވީ އިންޑިއާ އެމްބަސީއަށްވީމަ އެކަން ކުރައްވަނީ އެބޭފުޅުން އިންޑިއާގައިވެސް ކުރައްވާ އުސޫލުން ރިސްވަތާ މަގާމާ ޖާހަތު ދައްކައިގެން.. އަމިއްލަ ބޮލުން ކުރެއްވުނު އެއްކަމެއްވެސް ދައްކަވާ ބައްލަވާ. ފުރާޅުތަކުގައި ޓިނުހުންނަކަން މަނިކުފާން ދަންނަންތޯ؟
ޢިންބާ
10 August 2023
ކޯޓް ޓިނު ނުނަގާ ޒީރޯޓޮލަރެންސްގެ ދަށުން ޤައުމު ހަފްސްކޮށްފި، ފާޑުފާޑު ކޮމިޝަން ހަދާ އެއްކަމެއްވެސް ނުހޯދި، 5 އަހަރު ނިމުނީ ބުރިޖުވެސް ނޭޅި.
20000
09 August 2023
ތިޔަ ހަ ސޭކު އިމްރާން ނިކަން ދުރުގައި ބަހައްޓާ ބަލަ
ބޮޑުމީހާ
09 August 2023
ދައުރެއް ތި ނިންމާލި ގޮތް ކިޔައިދޭން ވެއްޖެއްޔާ މަނިކްފާނު ވާހަކައެއްވެސް ނޯންނާނެ. ޖޭއެސްސީ މިނިވަންކުރަން އައިމީހުން ހިސާނު އެތަނަށް ލައިގެން މުޅި ޖޭއެސްސީ ހިސރުކޮށްފި.
ތާރޭ
09 August 2023
ޓިނު ނުނަގާ ބެންޗްގައި އެއްކޮށް ޕާޓީކުލަ ޖައްސާލީ ދޮތަ. ސަޅިއޭ..
ޓިނުކާޕާރުސަލް
09 August 2023
ޓިނު ނަގާކަށް ނުޖެހޭނެނޫންބާ ފަނޑިޔާރު ހައިވެގެން ކާން ގެންދާ ބަތްޕާރުސަލް ގެންދާ ތަނަށް ދަންދެން ބަލާފަ އެއީ ސުލޫކީ މައްސަލައަކަށް ހަދަންވެގެން ފަނޑިޔާރަށް ބިރު ދައްކާނެ ބަޔަކު ޖޭއެސްސީއަށް ލެވުނީމަ.
އާދަމް ޒާހި
09 August 2023
އެއީ ތެދެއް. ޓިނެއް ނުނަގާ. ބިމު އަޑިން ތޮރުފީ. ފިކުރުތައް މިނިވަން މަގުތަކުން ހުރަސް ދައްކައި ލަންބައިލީ. ބާރުވެރިންގެ މުލައްދަނޑީގައި ވިކީ
އުމަރު،
09 August 2023
ފޯނުކޯލަކުން ހުރިހާކަމެއް ވަންޏާ ކީކުރަން ޓިނުނަގަނީ
ނަރުބަކުރު
09 August 2023
ޓިނު ނަގާކަށް ނުޖެހޭނެތާ ކަލޭ އަތާފަޔާ ޖުޑިޝަރީއަށް ބާނާގެން ބޭނުންވާ ގޮތްގޮތަށް ހުކުން ޖަހަމުން ދަންޔާ!!
އުދުހޭ
09 August 2023
ގައުމުގެ ފުރާޅު އޮތީ އިންޑިޔާއަށް ދީފަ ދޯ؟