މިރޭގެ ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަނީ: ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބުކުރަން އެންމެ ބޭނުންވަނީ ޔާމީން ކަމަށް އޭނާ ވިދާޅުވި --- މިހާރު ފޮޓޯ/ނިޝާން އަލީ
10 އޯގަސްޓް 2023 - 22:40
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެ ބޮޑަށް ބޭނުންފުޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ މާލޭގެ މައި ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވަން ޕީޕީއެމްގެ އިސްވެރިންނަށް ވުރެ ބޮޑަށް ޔާމީން ބޭނުންފުޅުވާ ކަމަށެވެ. އަދި މިއަދު ހައި ކޯޓުން ޔާމީނާ ބައްދަލުވެވަޑައިގަތުމުން އެކަން ކަށަވަރުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވުރެ އެ މަނިކުފާނު [ޔާމީން] ޑރ. މުއިއްޒާއި ސެމްބެ [މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް] މި އިންތިހާބު ކާމިޔާބުކުރަން ބޭނުންފުޅުވާ ކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި މުއިއްޒާއި ޕީޕީއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ޝިޔާމް ވިދާޅުވި ގޮތުގައި ޔާމީނަށް މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭނެ ހާލަތު ކުރިމަތިވުމުން މުއިއްޒަށް ޓިކެޓްގެ ފުރުސަތު ޔާމީން ދެއްވީ ރައްޔިތުންގެ ހައްގުގަ އެވެ. މުއިއްޒަކީ ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި އަދި އެ މަނިކުފާނާ އެއް އަމާޒަކަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އެތައް ދިވެހި ރައްޔިތަކު ވޯޓުލާނެ ފަރާތެއް ނެތި މަގުމަތިވެދާނެ ކަމުގެ ބިރުވެރިކަން އެ މަނިކުފާނުގެ ހިތްޕުޅުގައި އޮތީތީވެ އެ މަނިކުފާނު މިއަދު މި ވަނީ އަޅުގަނޑުމެންނަށް ގޮތެއް ދައްކަވާފައި. އެ މަނިކުފާނު ދެއްކެވީ އެ މަނިކުފާނުގެ އަރިހުން ޔަގީނުން ވެސް ތަރުބިއްޔަތުވެވަޑައިގެން ހުންނެވި އަދި އެ މަނިކުފާނުގެ ރަން ޒައާމަތުގައި ތަރައްގީގެ މަސައްކަތްތަކުގައި އެންމެ ބުރަކޮށް އުޅުއްވި އެއް ވަޒީރު ޑރ. މުއިއްޒު،" ޔާމީންގެ ވެރިކަމުގައި ހައުސިން އާއި ޕާކްތަކާއި ބަނދަރުތައް އަދި ސިނަމާލެ ބްރިޖުގެ މަޝްރޫއު ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި މުއިއްޒާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރަން ޔާމީން ފެއްޓެވި މަސައްކަތް ވެސް މުއިއްޒު ފުރިހަމަ ކުރައްވާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. ޔާމީނެކޭ އެއްފަދައިން މުއިއްޒުގެ ވެސް އަމާޒަކީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި އެނގެނީ އެ ސިޔާސަތާ އެކީގައި ޑރ. މުއިއްޒު ނުކުމެވަޑައިގެން ހުންނެވީ،" ޝިޔާމް ވިދާޅުވި އެވެ.
މުއިއްޒަށް ތައުރީފް ކުރައްވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމަށް އިންތިހާބު ކާމިޔާބުކުރަން އެންމެ ފަސޭހަވާނެ ކެންޑިޑޭޓަކީ ވެސް މުއިއްޒު ކަމަށެވެ. އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންގެ ތެރޭގައި މުއިއްޒާ ވާދަ ކުރެއްވޭނެ ފެންވަރު ހުރި ބޭފުޅަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
12 August 2023
"ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެ ބޮޑަށް ބޭނުންފުޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ". އެހެންވެގެންތަ މުއިއްޒުގެ ރިޔާސީ ކެންޑިޑެސީ ޔަގީންވެފަ އޮއްވާ އިންތިޚާބު ބޮއެކޮޓް ކުރަން ދެފަހަރު މަތިންވެސް އެންގީ، ކަލޭމެން ޖަލުގަ އޮތް ބޮޑު ގައިދީއެއްގެ ފޮޓޯ ކެމްޕޭނު ޕޯސްޓަރުތަކުގަ ޖަހައިގެން ކެމްޕޭނު ކުރަނީ ލަދެއްވެސް ނުގަނޭނު، އިތުރަށް ވަނީ ފަލީޚަތް.
ޔާމީން އައުޓް
11 August 2023
ޔާމީން ކިޔުން ހުއްޓާ ހަމަ މިހާރު. އެހެން ނޫނީ ވޯޓެެއް ނުދޭނަން.
ބޮޑުރިޔާ
11 August 2023
ޔާމީން ނުރުހޭނެ ޕީއެން ސީ ވެރިކަމަކަށް ޔާމީން އަކީ ޕީޕީ އެމް މީހެއް އަނެއްކާ ޕީޕީއެމް ގުރުބާން ކުރަންމިޖެހެނީ ޕީއެންސީއަށް އެންމެ ބޮޑުޕާޓީ އެންމެ ކުޑަ ޕާޓީއަށް މިއީ ޕީޕީ އެމް މެމްބަރުންގެ މޫނުމަތީގައި ޖެހި ތަފާލެއް
މީމީމީ
11 August 2023
ޔާމީނު މިބުނަނީ ތިމަންނަ ސިޔާސީކަންތަކުން ދުރުވެގަތީމޭ. އަނެއްކޮޅުން ޕޯޑިއަމަމްތަކަށްއަރާ މިކިޔަނީ ޔާމީނޭ ޔާމީނޭ ޔާމީނޭ ވާނުވާއެއް ނޭގުނެއްނު. މިކަހަލަބައެއްގެ ފަހަތުގައި އުޅޭކަށްނުވާނެ. އެހެންދިމާލަކަށްމިނައްޓާލީ.
އަސްލުވެސް ކަމުދޭތަ
11 August 2023
މުއިއްޒު އަސްލުވެސް ކަމުދޭތަ!!! ވަޒީރުކަމާއި ވެރިކަމާއި އަދި ވަރަށް ތަފާތުވާނެއެވެ.
ބްރޯސް
11 August 2023
ރައީސް ޔާމީނުގެ ނިންމުން ވަރަށް ސާފު! ގަދަ ކަމުން އޭނަ ލައްވާ އެހެން އެއްޗެއް ބުނުއްވިޔަސް އޭނަގެ ވިސްނުން ވަރަށް ސާފު. ޔާމީނު ނޫނެކޭ ބުނާނީ ވަރަށް ވިސްނާފަ. އެހެންވީމައި މަގޭ ނިންމުމަކީ ޔާމީނުގެ ނިންމުން. ބޯއިކޮޓް އިލެކްޝަން!
ނައިފަރުޝިޔާމުމެން
11 August 2023
ޑރ.މުޢިއްޒުއަށް ޓިކެޓް ދިނީމާ ބޮޑާ ހާކާފައި 3 ދުވަސް ވަންދެން ގޭގައި ތިބި ވާހަކަ ދައްކަބަލަ. ޝިޔާމާއި، ސަޢީދާއި، ޓޮމާއި، ޝުޖާމެންނަށް ހީވީ ރައީސް ޔާމީނޭ ކިޔައިގެން ބޭނުންހާ އެއްޗެއް ހެދޭނެ ކަމަށް. ލާރި ފައިސާގެ އަޅުންމީ. ޕީޕީއެމްއަކީ ތަސައްރަފް ފުދި ބޮޑުވެފައިވާ ޕާޓީއެއްކަން މިމީހުންނަށް ނޭނގުނީމާ ދެރައީ. ތިމާމެންގެ ސިޔާސީ ކެރިއަރަށް ވިސްނާފައި ހިތާ ދެކޮޅަށްވިޔަސް ގޮތް ހުސްވެގެން އެންމެން ފަހުން އަންނަން ޖެހުނީ ޑރ.މުޢިއްޒު ފަހަތަށް.
ރާއްޖޭގެބާޒު
11 August 2023
ދެން އޮތީ އެންމެ ގޮތެއް ނޫންތޯއެވެ. ބޮއިކޮޓް ކުރެއްވުމެވެ. ނޫނީ އެހެން ޕާޓީއަކަށް ތާއީދު ދެއްވުމެވެ އެއީ ނުކުރައްވާނެ ކަމެވެ. އެއި ނުކުރައްވަނެ ކަމެވެނެ. ސާލިހުވި ވައުދު މުއިޒަށް ފުއްދައި ނުދޭތީ އާދޭސް ކުރުން މިހާރު އެދަނީ ކުރިޔަށެވެ. ގެއަށް ބަދަލުކޮށް ދެއްވުން ގާތެވެ!!
ދޮގެއ
11 August 2023
ދޮގު އެންމެ ފަހުވަގުތު ޕާޓީންވެސް ވަކިވާންޖެހުނެއްނު ހުސްދޮގު
ކޮސްބޮލާ
11 August 2023
ޔާމީނުގެ ދުވަސްދުއްވާލަން މިމީހުން ހާދަވަރަކަށް ރާވައިގެން މިއުޅެނީ؟؟ ވަރިކަން ލިބިއްޖެނަމަ ޔާމީނު އުމުރަށް ޖަލުގައި ބަހައްޓާނެއެވެ.