އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި ކޮމިޝަނާ އޕފް ޕޮލިސް އަހުމަދު ހަމީދުއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ޕޮލިސް
13 އޯގަސްޓް 2023 - 14:57
އިންޓަޕޯލްގެ މަސައްކަތް ފެށިތާ 100 އަހަރުފުރުން ފާހަގަ ކުރުމާ ދިމާކޮށް އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔޯގަން ސްޓޮކް ރާއްޖެ އަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފި އެވެ.
އިންޓަޕޯލްގެ މެމްބަރަކަށް ރާއްޖެ ވީ 1984 ގަ އެވެ. އެ ޖަމާއަތުގައި މި ވަގުތު ދުނިޔޭގެ 194 ގައުމެއް އެބައޮތެވެ.
ފުލުހުން ބުނީ އިންޓަލޯލްގެ އެސްޖީ ރާއްޖެ ވަޑައިގަތީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އެ ޒިޔާރަތުގައި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އިންޓަޕޯލްގެ ނެޝަނަލް ސެންޓްރަލް ބިއުރޯ މާލެ އަދި ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓާ ބައްދަލުކުރެއްވި ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޓަޕޯލްގެ ބެނާ ކަނޑުއަޑީގައި ދަމައިލުމަށް ބޭއްވި ހަރަކާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހަންމަދު ހަމީދު އާއި އިންޓަޕޯލްގެ އެސްޖީ ބައިވެރިވަނީ.-- ފޮޓޯ: ޕޮލިސް
އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ވަނީ އިންޓަޕޯލާ ގުޅިގެން ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް ރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޓަޕޯލްގެ ބެނާ ކަނޑުއަޑީގައި ދެމުމަށް ބޭއްވި ހަރަކާތުގައި ވެސް އެސްޖީ ބައިވެރިވި އެވެ.
ފުލުހުން ބުނީ ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ތަމްސީލުކުރާ ގިނަ އަދަދެއްގެ މަންދޫބުން ވެސް އެ ހަރަކާތުގައި ބައިވެރިވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުސްތާން
13 August 2023
އެއް ދުވަސް ކޮޅެއްގަ އަޑު އެހިން މިއުޅޭ އަލީ ވަހީދުއޭ ކިޔާ ސޮރަކު ޝަރީއަތަށް ހާޒިރުނުވެގެން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނު ވާހަކަ. އަދިވެސް އެސޮރު ނުފެންނަނީ ކަންނޭނގެ މި މީހުންނަށް. ރަނގަޅަށް ހޯދަބަލަ، މިހާރު އެއްކަލަ ސޮރު އެބަ ފެނޭ ވަރަށް ގިނައިން ސްޓޭޖްތައް މަތިން.
ފެނުނީއޭ
13 August 2023
ފެނިގެން ބަލައިއައި ކަމަށްވާނީ!!
ޓާޓާ
13 August 2023
ތީ އަލީ ވަހީދު ނުގެނުވުނު ބައެއް. ދެން ކޮންވާހަކައެއްދައްކާކަށް.
ކޮބާހޭ
13 August 2023
ސްކޯސް އޮފް ފްލެއާސްގެ މީހުންނޯ؟ އެމީހުންވެސް ތިބުނާ ރެޑްލިސްޓަށް އެރި. ޔާމީނާއި އަދީބާ ގުޅިގެން ވަގު ލާރި ރާއްޖޭގެ މާލިއްޔާތުން ބޭރުކޮށްގެން އެކަމަކު އިންޓަޕޯލަކަށް ވީކަމެއްނެތް. އެކަމކު އެމެރިކާ ބުނެފިއްޔާ ވަގުތުން އެމީހަކު ވަށާލާ!