އެމްޕީއެލް އާއި ހައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރަނީ-- ފޮޓޯ: އެމްޕީއެލް
17 އޯގަސްޓް 2023 - 23:52
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމު" ގައި އެމްޕީއެލް އިން ބައިވެރިވެއްޖެ އެވެ.
އެމްޕީއެލް އިން ބުނީ، މި ސްކީމުގައި ބައިވެރިވީ އެކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހިކޮށްދިނުމަށް ކަމަށެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރީ އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރީ ސީއީއޯ ނަޖީލް އަހުމަދެވެ.
މި ސްކީމުގައި ބައިވެރިވާ މުވައްޒަފުންނަށް ހައްޖާއި އުމްރާއަށް ދިއުމަށް ކޮންމެ މަހަކު ވެސް މުސާރައިން ވަކި އަދަދެއް ކަނޑާނެ އެވެ. އަދި މުސާރައިން ކަނޑާ އަދަދު ކަނޑައަޅާނީ އެ މުވައްޒަފެކެވެ.
އެމްޕީއެލް އިން މިހާރު ވެސް އަންނަނީ އެކުންފުނީގެ މުވައްޒަފުންނަށް ހައްޖާއި އުމްރާއަށް ދިއުމުގެ ފުރުސަތުތައް ކޮންމެ އަހަރަކު ވެސް ދެމުންނެވެ. އެގޮތުން މިއަހަރު ވެސް ތިން މުވައްޒަފުން ހައްޖުގެ އަޅުމަކަށް ފޮނުވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy