ޚަބަރު / ރިޔާސީ އިންތިޚާބު 2023

ވޯޓުލުމުގެ ހައްގު އޮތް 282،395 މީހުން: ލިސްޓް ފައިނަލްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މައި މަރުކަޒުގެ ތެރޭގައި މީހަކު ފޯނަކަށް ބަލަހައްޓައިގެން: އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ވަނީ ޝާއިއުކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

20 އޯގަސްޓް 2023 - 04:55

13 comments

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތަށް ފަހު، ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ގެޒެޓްކޮށްފި އެވެ.

އެންމެ ފަހުން ނެރުނު ލިސްޓާ އެއްގޮތަށް، ފައިނަލް ލިސްޓުގައިވާ ގޮތުން، އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބެ އެވެ. މީގެ ތެރެއިން 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މިފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

ފައިނަލް ލިސްޓު ނެރުމުގެ ކުރިން އީސީގެ ނައިބު އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި މި ލިސްޓަށް ދެން ކޯޓު އަމުރަކުން ނޫނީ ބަދަލެއް ނުގެނެވޭނެކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

"މި ފައިނަލް ލިސްޓަކީ، އިސީގެ ވެބްސައިޓުގައި ދުވަހުން ދުވަހަށް އާންމުކުރަމުން، ސިޔާސީ ޕާޓީތަކާ ލިސްޓު ހިއްސާކުރުމުގެ އިތުރުން، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށް ވެސް ރިއާޔަތްކޮށްގެން، ފައިނަލް ކުރެވިފައިވާ އެންމެފަހުގެ ލިސްޓު،" ހަބީބްގެ ޓްވީޓްގައިވެ އެވެ.

އިންތިހާބާ ބެހޭ ބައެއް ތަފާސްހިސާބު

މި އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ މާލެ ސަރަހައްދުގައި އެކަނި ވެސް 176 ފޮށި ބަހައްޓަން ނިންމާފައި ވާއިރު ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި އަށް ފޮށި ބަހައްޓާނެ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް، ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނައިން ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއްގެ ވޯޓުލުން 30 ވަނަ ދުވަހު ބާއްވާނެ އެވެ. އެ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބިފައިވާ ދެ ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ ފަހަރެވެ.

13 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮއްލަތު

20 August 2023

ބާތިލު ނިޒާމެއް. ނިޒާމަށް ތާއީދު ނުކުރަން. ވޯޓުލާން ނުދާނަން. މަކަހަލަ ބައިވަރު އެބަ އުޅޭ. އެހެންވީމަ އަދަދުތަށް ތިހެން ހުއްޓަސް ވޯޓު ނުލާ ބައިވަރު މީހުން އުޅޭނެ

The name is already taken The name is available. Register?

ކިރު ސައި

20 August 2023

ބާތިލު ކޮމެންޓެއް

The name is already taken The name is available. Register?

ޝަރަފުއްދީން

20 August 2023

280،000 މީހުން ނުބެލެހެއްޓިގެން އުޅޭ ސަރުކާރެއް!

The name is already taken The name is available. Register?

ްްޤައުމު

20 August 2023

ކޮން ސަރުކާރެއްގަ ރައްޔިތުން ބެލުނީ …. ޙެހެހެހެ

The name is already taken The name is available. Register?

ވާޖިބެ

20 August 2023

މުއިއްޒު ހޮވޭނެ. އެންމެ ގިނަވޯޓު މުއިއްޒުއަށް ދޭނީވެސް މާލެއިން. ބަލަން ތިބޭތި. ދެން މުއިއްޒު އެއް ބުރުން ހޮވިގެން ދާނެ. ދެން މިވެރިކަން ވެސް އެ ނިމުނީ.

The name is already taken The name is available. Register?

ނާބަ

20 August 2023

މިއާޓިކަލް ތަފާސް ހިށަބު ދިމާނުވާކަން ފާހަގަވޭ 2008 209294 86.58 181,206.75 29871 2013 239165 91.41 218,621.00 22970 2019 262135 89.22 233,889.00 20260 2023 282395

The name is already taken The name is available. Register?

ނޭގޭތީއަހާލި

20 August 2023

ކޮންކަހަލަ ސިކުއެންސެއްތަ ތިލިޔުނީ

The name is already taken The name is available. Register?

ޑީއާރުޕީ

20 August 2023

ދަ ޑިމޮކުރެޓްސް އެއް 1 ބުރުން.. ޗިއްޕެ ފޮރިން މިނިސްޓަރަކަށް. ހަސަން ލަތީފް ފިޝަރީޒް މިނިސްޓަރަކަށް. އިލިޔާސް ލަބީބު ރޯޑް ކޮންސްޓުރަކްޝަން ގެ އެމްޑީ.

The name is already taken The name is available. Register?

ބައްޕި

20 August 2023

މިތާ ކޮމެންޓުކުރާ މީހަކު ލިޔާނެ 1. އިބޫ 29000 ވޯޓު. 2. މުއިއްޒު 28000 ވޯޓު. 3. ގާސިމް 17000 ވޯޓު........... އޭނާގެ ހިސާބު އެއްކުރީމާ ވޯޓުލާވަރު ލައްކައަކަށްވެސް ނާރާ.

The name is already taken The name is available. Register?

ވަރަބިންދާލި

20 August 2023

ދެންތިބިހާބަޔަކަށް ލެވޭވޯޓް ބާތިލް ކަމަށް ހިސާބު ޖަހާތީ އެހެން ވަނީ .

The name is already taken The name is available. Register?

1206

20 August 2023

އެންމެ ގިނައިން ވޯޓް ލިބޭ މީހުންގެ ތެރޭގައި އެއް ވަރަކަށް ވޯޓު ލިބިފައިވުމުން، ދެ މީހުންނަށް ވުރެ ގިނަވެއްޖެ ނަމަ؟

The name is already taken The name is available. Register?

އެދުރުބޭބެ

20 August 2023

2 ވަނަ ބުރަކަށް އެ 2 މީހުން ނުވަތަ 3 މީހުން ދާނީ. އެކަކަށް ވެސް %51+1 ވޯޓު ނުލިބެންޏާ ދެވަނަ ބުރަކަށް ދާއިރު 2 ވަނަ އަށް 2 މީހަކު ވޯޓުން އެއްވަރުވެފައި ތިބިނަމަ އެ 2 މީހުނާ އެކު 3 މީހުން 2 ވަނަބުރުގައި ވާދަކުރާނީ.

The name is already taken The name is available. Register?

ނިމޯ

20 August 2023

? ދުސްތޫރުވާނީތޯއްޗެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454