ޚަބަރު / ރިޔާސީ އިންތިޚާބު 2023

ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނާނީ އާބާންކޯގެ މުވައްޒަފުން ބާކީ ނުވާ ގޮތަށް: މުއިއްޒު

ކަނޑިތީމު ޖަލްސާގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ: އާބަންކޯގެ އަތުން ހުޅުމާލެ ބާރުތައް އަތުލުމުގައި މުވައްޒަފުން ބާކީނުކުރާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވެވި-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ކަނޑިތީމުން،  އައިޝަތު ނުޒުހާ، މިހާރު

23 އޯގަސްޓް 2023 - 13:09

11 comments

ހުޅުމާލެ ހިންގުން އާބަންކޯގެ އަތުން ނަގައި، ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ބަދަލު ކުރާނީ އެ ކުންފުނީގެ މުވައްޒަފުންގެ ވަޒީފާ އަށް އަސަރު ނުކުރާނެ ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅާއި ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ށ. ކަނޑިތީމަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ އިހުތިސާސްގެ ދަށުން ލިބިދޭ ބާރުތައް ކައުންސިލަށް ނަގާނެ ކަމަށް އޭނާ ކުރިން ދެއްކެވި ވާހަކަ ސަރުކާރަށް ތާއީދު ކުރާ މީހުން ދައްކަނީ އޮޅުވާލައިގެން ކަމަށެވެ.

މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނީ ގާނޫނު އިމުގެ ތެރެއިން އެ ކަމަށް ލިބިދޭ ބާރުތަކުގެ ދަށުން ކަމަށެވެ.

"އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެ. މުސާރައެއް ވެސް ކުޑައެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ ބަޖެޓް ބަދަލުކުރާނަމޭ. ބަޖެޓާ އެކީގައި ރިސޯސް މާނައަކީ ބޭނުންކުރާ ވެހިކަލްތަކާއި އެކަމަށް ބޭނުން ކުރާ އެހެން އާލާތްތަކާ އެކީ ބަދަލުކުރާނަމޭ. މުވައްޒަފުން ބަދަލުވުމަކީ އެ މީހުންގެ އަމިއްލަ އަތްމަތީގައި އޮތް ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ދެއްކެވި ވާހަކަތައް އޮޅުވާލައިގެން އާބަންކޯގެ 500 އެއްހާ މުނިސިޕަލް މުވައްޒަފުންގެ ވަޒީފާ ގެއްލި، މުސާރަ ކުޑަވާނެ ކަމުގެ ބިރު ސަރުކާރުން ދައްކަމުންދާ ކަމަށެވެ.

"އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެ. މުސާރައެއް ވެސް ކުޑައެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ބަޖެޓު ބަދަލުކުރުމަށް ފަހު، ކައުންސިލަށް ބޭނުންވާ އިތުރު މުވައްޒަފުން އަލުން ނަގާނެ ކަމަށާއި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީން ކަން އޭނާ ދެއްވި އެވެ.

ކަނޑިތީމު ކެމްޕެއިނު ޖަލްސާގެ ތެރެއިން ޕީޕީއެމްގެ ސަޕޯޓަރުންތަކެއް-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ 2 ގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި މުއިއްޒު ވިދާޅުވީ، މާލެއަކީ ވިލިމާލެ އާއި މާލެއާއި ހުޅުމާލެ ކަމަށެވެ. ނަމަވެސް ވިޔަފާރި ކުންފުންޏެއްގެ ދަށުގައި ހުޅުމާލެ އޮތުމުން އެކަމުގެ ގެއްލުން ރައްޔިތުންނަށް ކުރާތީ އެކަން ބަދަލުކުރުމަށް އޭނާ ވައުދު ވެވަޑައިގެންނެވި އެވެ.

"އެހެންވީމާ، ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ބެލެހެއްޓުން، މާލެ ސިޓީ ކައުންސިލާ، މި ތަނުގެ އެކަމަށް ބޭނުންވާ ބަޖެޓާއި ރިސޯސަސްއާ އެއްކޮށް އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން،" މުއިއްޒު އެ ރޭ ވިދާޅުވި އެވެ.

ކަނޑިތީމަށް މުއިއްޒުގެ ގިނަ ވައުދުތަކެއް

ކަނޑިތީމުގެ މީހުންނާ ބައްދަލުކުރައްވައި މުއިއްޒު ވަނީ އެ މީހުން އެދުނު ހުރިހާ ކަމެއް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ރަށް ގިރުމާއި ކުނީގެ މައްސަލަ ހައްލުކުރުމާއި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމާއި މި ރަށުގެ މައި މަގުތަކުގައި ތާރު އެޅުން ހިމެނެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ބިލެތްފަހީގެ ފަޅުގައި އެއާޕޯޓެއް ހަދައި، އެ ސަރަހައްދުގައި ޓޫރިޒަމްގެ މަޝްރޫއުތައް ފެށުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގަތެވެ. މުއިއްޒު ވިދާޅުވީ އެއީ މި ދާއިރާގެ ތަރައްގީއަށްޓަކައި މުހިންމު މަޝްރޫއެއް ކަމަށެވެ.

ބިލެތްފަހި ފަޅުގައި އެއާޕޯޓެއް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު، މި ސަރުކާރުން ވެސް ގެންދަނީ ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ކުރަމުންނެވެ.

މުއިއްޒުގެ ށ، ނ. ގެ ކެމްޕެއިނު ދަތުރުފުޅުގައި މިއަދު ދެން ވަޑައިގަންނަވާނީ މި އަތޮޅުގެ ފޭދޫ އަށެވެ. ދެން ލިސްޓުގައި އޮތީ ކޮމަންޑު އާއި ފޯކައިދު އާއި މިލަންދޫގެ އިތުރުން އަތޮޅު ވެރިކަން ކުރާ ފުނަދޫ އެވެ. ނ. އަތޮޅުގެ ރަށްރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ އެވެ.

11 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަމަ

24 August 2023

"މުވައްޒަފުން ބަދަލުވުމަކީ އެ މީހުންގެ އަމިއްލަ އަތްމަތީގައި އޮތް ކަމެއް،" މުއިއްޒު ވިދާޅުވި އެވެ. މުއިއްޒުގެ 07 އަހަރުގެ މިނިސްޓަރ ކަމުގައި މާލޭ ސިޓީ ކައުންސިލަށް ހަދާލިގޮތް އަހަރެމެންނަށް މިތިބީ ފެނިފައި އެންމެ ކުޑަވެގެން ސިޔާސީ ޕާރޓީއަކުން ޖަލްސާއެއް ބާއްވަން އެދުނީމާވެސް ތަނެއްނުދިން ރާއްޖެތެރެއަށް ކޮށްދެވުނުކަމެއްނެތް. ކޮންމެހެން ވައުދު ތަކެއް ވާނެކަމެއްނެތް! މުއިއްޒުއަކީ ދިވެހިން ޓެސްޓްކޮށްފައިހުރި މީހެއް!

The name is already taken The name is available. Register?

ހަމީދުބެ

23 August 2023

ބޭންކް އަދި ދިރާގުވެސް ކައުންސިލް ދަށަށް ގެންނަން ފެނެ. އަދި ސްޓެލްކޯވެސް މީގަ އިތުރުކޮއްލާ

The name is already taken The name is available. Register?

ދޮން ރަހާ

23 August 2023

އާބަންކޯ ހަވާލުވާން އަންނަ އިރު އައިޑީ ކާޑު ކޮޕީ އެއް ހަނދާންކޮށް ގެންނައްޗޭ!

The name is already taken The name is available. Register?

ޔަޤީން

23 August 2023

މުއިއްޒުގެ ކޮމިތްމެންޓް ފުރިހަމަ ވާނެއެވެ، އިތުބާރު ކުރަމެވެ.

The name is already taken The name is available. Register?

ޢަރުތަ

23 August 2023

ނުވާނެ، ސިނަމާލެ ބުރިޖު އަޅަން ދައްކާލި ބޮޑުމަންޒަރުގަ ކޮޅަކަށް ހަތަރު ލޭނު އޮތް، ދުވާ މީހުނަށް ވަކިން، ބައިސްކަލު ދުއްވާ މީހުނަށް ވަކިން ލޭނެއް އޮތް، ބުރިޖު އަޅާ ނިމުނު އިރު ދެން އޮތް ގޮތް ތިޔަ ބުރިޖު ބޭނުން ކުރާ މީހުނަށް ތިއޮތީ ފެންނަން، އޭގެންވެސް މިލިއަނުން ބަޔަކު ދިރުވާލީ.

The name is already taken The name is available. Register?

ސަރީފާއްތަ

23 August 2023

މަސައްކަތް ކުރާ މުއައްޒަފުނަނަށް މުސާރަ ދީބަލަ. މަސައްކަތް ނުކޮށްމުސާރަ ނަގާމީހުން މަދުކުރަންޖެހޭ.

The name is already taken The name is available. Register?

Just

23 August 2023

ޠާމިނު އިރު ސިޓީ ކައުންސިލް، ރަޝުކްއުންސިލު ތަކައް ކިހިނެއް ހަދާލީ؟ ޢެއީނބަދަލު ހިފުމެއް ނޫންބާ؟

The name is already taken The name is available. Register?

ހަމަ އެމީހާ

23 August 2023

މިފަހަރު މުއީޒު ތަފާތުވާނެ

The name is already taken The name is available. Register?

އަފްރާސިޔާބު

24 August 2023

އެއީ ބަދަލު ހިފުމެއްނޫން. އެއީ ގާނޫނުގެ ދިގު އަތް އެމީހުންނަށް ފޯރާނެކަން އަންގާލީ. އެއީ ގާނޫނީ ސަރުކާރެއް ހިންގި ފަސްއަހަރު. ގާނޫނުން ބޭރުވާން އުޅުނު ކައުންސިލް ތަކަށް އެމީހުން ތިބެން ޖެހޭނީ ސަރުކާރެއްގެ ބާރުގެ ދަށުގައިކަން އަންގާލީ. މިހާރު ހެން ކޮންމެ ކަމެއް ކުރިއަސް ވަރިހަމަ ނުވާނެކަން ކައުންސިލްތަކުންވެސް ދަންނަން ޖެހޭނެ.

The name is already taken The name is available. Register?

48343

23 August 2023

ވެމްކޯ ބާރުގެބޭނުންކޮށްގެންނަމަވެސް ކައުންސިލުގެ ދަށަށް ގެންނަންޖެހޭނެ. ކުރިން އޮތީ ބާރުގެބޭނުންކޮށްގެންވެސް އެކަން ނުވެފާ. ތަންކޮޅެއް އާރުލާގޮތަކަށް އެކަންކޮށްގެން މިފަހަރު އެކަން ހައްލުކުރުން އޮންނަނީ.

The name is already taken The name is available. Register?

ތާއީދު

23 August 2023

ވެމްކޯއިން އެ ކުރަނީ ކައުންސިލްގެ މަސައްކަތެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454