ކުޅިވަރު / ދިވެހި ކުޅިވަރު

ހިންގުން ދޯދިޔާވެ، އެސޯސިއޭޝަންތައް ފަހުނޭވާގައި!

މި އަހަރުގެ އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސްގައި އެ ކޮމިޓީގެ މެންބަރުން: ހާމަކޮށް ކަންކަން ގެންދިއުމުގައި އޮލިމްޕިކް ކޮމިޓީ ވެސް ވަނީ ފަހަތު ފަޔަށް ބުރަ ވެފަ --- ފޮޓޯ: އެމްއޯސީ

ފުޓްބޯޅައިގައި އޮތް މައްސަލަތައް ތިލަވަމުން ގޮސް އެފްއޭއެމް އޮތީ ރަށުތެރެއަށް ބޭޒާރުވެފަ އެވެ. އެކަމަކު އެހެން އެސޯސިއޭޝަންތަކުގެ ވާހަކަތައް އެންމެން ނުކުމެ ނުދެއްކިޔެއްކަމަކު، އެފްއޭއެމް އެކޭ އެއްގޮތަށް ރާއްޖޭގެ ކުޅިވަރު ގިނަ އެސޯސިއޭޝަންތައް އޮތީ ހިންގުން ދޯދިޔާވެ ބޮއްސުން ލައިފަ އެވެ.

އާ ސަރުކާރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕޯޓްސް އަށް ވަކި މިނިސްޓްރީއެއް އުފައްދައި، ކުޅިވަރުގެ އިތުރުން ފިޓްނަސް އަދި ރެކްރިއޭޝަންގެ މެންޑޭޓް ވެސް އެ މިނިސްޓްރީ އަށް ދީފައި އޮތް އިރު، މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިނިސްޓަރު އަބްދުﷲ ރާފިއުގެ އެންމެ ބޮޑު ބޮލުގެ ރިހުމަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ދަށް ހާލަތެވެ.

ކޮންމެ އެސޯސިއޭޝަނަކަށް ސަރުކާރުން ބަޖެޓް ދެ އެވެ. މިދިޔަ ސަރުކާރުން، ކޮންމެ އެސޯސިއޭޝަނަކަށް އަހަރަކު މަދުވެގެން 500،000 ރުފިޔާ ދިނެވެ. އެކަމަކު ގަވާއިދުން އޮޑިޓް ކުރާ އެސޯސިއޭޝަންތައް މަދެވެ.

ސްޕޯޓްސް އޮގަނައިޒޭޝަން މެނޭޖުމެންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ، ހުސައިން މުހައްމަދު ލިޔުނު އާޓިކަލެއްގައި ބުނެފައި ވަނީ މިއަދު ވެސް ބައެއް ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި މާ ކުރީގެ "ބޯދާ އުސޫލުތަކާއި ވައްޓަފާޅި" ގެންގުޅޭ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ކުޅިވަރު ގާނޫނު ފާސް ކުރިތާ ނުވަ އަހަރުވީ އިރު ވެސް އޭގެ ފައިދާ ރާއްޖޭގެ ކުޅިވަރަށް ލިބިފައި ނެތީ އެސޯސިއޭޝަންތަކުގެ އެކަންކަމާ ބީރަށްޓެހިވުމުންނެވެ.

"މި ޒަމާނުގެ ހިންގުމުގެ ނިޒާމެއް ލިބިފައިވާ މި ގާނޫނު ނުދަންނަ ކިތަންމެ ކަމެއް ރާއްޖޭގެ އެތައް ކުޅިވަރު އިދާރާއެއްގައި އަމަލު ކުރުމުންދާ ވާހަކައަކީ ކޮންމެ ދުވަހު ވެސް އިވޭ ވާހަކަތަކެކެވެ.،" އޭނާގެ ކަރުދާހުގައި ހުސައިން ލިޔެފައިވެ އެވެ.

ކުޅިވަރުގެ ޑިޔު ޕްރޮސެސް ފުރިހަމަ ވެސް ނުވޭ

ބައެއް އެސޯސިއޭޝަންތަކުގައި އުފައްދަން ޖެހޭ ލީގަލް ކޮމިޓީ އާއި ޖުޑިޝަލް ކޮމިޓީތައް އުފައްދައިފައެއް ނުހުރެ އެވެ. ޑިސިޕްލިނަރީ ކޮމިޓީ އާއި އެތިކްސް ކޮމިޓީ އުފައްދާފައެއް ނުހުރެ އެވެ. ޑިސިޕްލިނަރީ ފިޔަވަޅެއް އަޅަން ވެސް އެކްސްކޯ މެންބަރުންނަށް ފެނިފެން ފިޔަވަޅު އަޅައިފައި އެބަހުއްޓެވެ. ޓީޓީގެ ލެޖެންޑް އަލީ އާދަމްމަނިކު (ތާޅަފިލި އަލިބެ) އަށް ޓީޓީ އެސޯސިއޭޝަންގެ އެއްވެސް ހަރަކާތެއް އަދި އެސޯސިއޭޝަންގެ އެއްވެސް ވަސީލަތެއް ވެސް ބޭނުން ނުކުރެވޭ ގޮތަށް 2020 ގައި ސަސަލްޕެންޑް ކުރީ ޑިސިޕްލިނަރީ ކޮމިޓީއަކުން ނިންމައިގެނެއް ނޫނެވެ.

އެއީ ޓީޓީ އެސޯސިއޭޝަންގެ އިންތިހާބީ މައްސަލަ ހިފައިގެން އަލިބެ ސިވިލް ކޯޓަށް ދިއުމުންނެވެ. އަލިބެގެ "ކުށަކީ" ކުޅިވަރު ގާނޫނާއި އިންޓަނޭޝަނަލް އޮލިމްޕިކް ޗާޓާރުގެ އުސޫލުތައް މުގުރާލުމެވެ. ޓީޓީއޭއެމްގެ މައްސަލަ ހިފައިގެން ޝަރުއީ ކޯޓަށް ދިއުމަކީ އަލިބެ ހެދި "ގޯހެކެވެ." ބަދަލުގައި އަލިބެ ދާން ޖެހޭނީ ބައިނަލްއަގުވާމީ ކުޅިވަރު އިދާރާތަކުގައި ހުރި މަރުހަލާތަކަށް ކަމަށް ޓީޓީއޭއެމުން އޭރު ކޯޓުގައި ވަކާލާތު ކުރި އެވެ.

އެކަމަކު އަލިބެ އަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގުވާމީ ކުޅިވަރުގައި އަމަލުކުރާ "ޑިޔު ޕްރޮސެސް" ގެ މިންގަނޑަށް ޓީޓީއޭއެމުން އަމަލު ނުކުރެ އެވެ. ގައުމީ ޗެމްޕިއަންކަން 10 ފަހަރު ހޯދި އަލިބެ އަށް ފިޔަވަޅުއަޅަން ނިންމީ އެސޯސިއޭޝަންގެ އެކްސްކޯއިންނެވެ.

ތަޅާފިލި އަލިބެގެ މައްސަލަ ޑިޔު ޕްރޮސެސް ފުރިހަމަނުކޮށް އޮތުމުން ސްޕޯޓްސް ކައުންސިލުން އޭނާ އަށް ހައްލެއް ލިބޭނެ ކަމަށް މަޑުކޮށްގެން ހުރިނަމަ އަދި ވެސް ޖެހޭނީހީ ހުންނާށެވެ. ސްޕޯޓްސް ކައުންސިލަށް މަޑުނުކޮށް އަލިބެ ވެސް ފަހުން މައާފަށް އެދުނީ ޓީޓީ އަށް އޭނާގެ ހިތުގައި އޮތް ލޯބި ބޮޑުކަމުން އެ ކުޅިވަރުގެ ހަރަކާތްތަކާ ދުރުގައި ހުންނަން ބޭނުންވާތީ އެވެ.

ޓީޓީގެ ލެޖެންޑް އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ)

ހާމަކަމެއް ނެތް، މައުލޫމާތު ދޭން ވެސް ދެކޮޅު ހަދާ!

އެސޯސިއޭޝަންތަކުގައި ހާމަކަން ބޮޑުކޮށް ކަންކަން ކުރުމުގެ ސިޔާސަތެއް ނެތެވެ. ކްލަބަކަށް ވުރެ އެސޯސިއޭޝަންތަކުގައި "ސިއްރު" ބޮޑެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދުމުން ވެސް އެންމެ އާދައިގެ މައުލޫމާތު ހާމަކުރަން ވެސް އެސޯސިއޭޝަންތަކުން ދެކޮޅު ހަދަ އެވެ.

ސަރުކާރުގެ އިދާރާތަކާއި ސަރުކާރުން ފައިސާ ދީގެން ހިންގާ އިދާރާތަކުން މައުލޫމާތު ހޯދުމުގެ ހައްގުގެ ދަށުން މައުލޫމާތުތައް ހޯދައި އާންމުކުރާ، އައިމަން ލަތީފް ބުނީ، ކުޅިވަރު އިދާރާތަކުން މައުލޫމާތު ހޯދަން ގިނަ ތަންތަނަކަށް އޭނާ ހުށަހެޅުމުން މައުލޫމާތު ދިނީ މަދު އެސޯސިއޭޝަންތަކަކުން ކަމަށެވެ.

"ފަސް އިނގިލިން ގުނާލެވޭހާ މަދު ވާނެ މައުލޫމާތު ދިން ކުޅިވަރުގެ އިދާރާތައް. އަދި މައުލޫމާތު ފޯރުކޮށްދިން އިދާރާތަކުން މައުލޫމާތު ދިނީ ވެސް އެތައް މަސައްކަތެއް ކޮށްގެން ދިގު މަރުހަލާތަކަކުން،" 'ޒިންމާދާރު' ގެ ނަމުގައި ވެބްސައިޓެއް ހަދައި އިދާރާތަކުން މައުލޫމާތު ހޯދައި އާންމުކުރާ އައިމަން ބުންޏެވެ.

ކުޅިވަރު މައްސަލަތަކަށް ކޮލަމް ލިޔާ، އެ ދާއިރާއިން ކިޔަވައިގެން ހުންނެވި ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ ކުޅިވަރުގެ އުންސުރުތައް ފުރިހަމަކުރުމަކީ ފެއާޕްލޭ އާއި އޮލިމްޕިސިޒަމްގެ އެއް އަސާސް ކަމަށެވެ.

ކުޅިވަރުގެ މި އުންސުރުތައް ފުރިހަމަކުރަން ޖެހޭނެ. ޑިސިޕްލިނަރީ އާއި އިސްތިއުނާފް އަކީ އޮލިމްޕިސިޒަމް އާއި ފެއާޕްލޭގެ ތެރެއިން ބާރޫއަޅާ ކަންކަން،" ހާމދު ވިދާޅުވި އެވެ.

ކުރީގެ ސްޕޯޓްސް މިނިސްޓަރު މަހްލޫފް އޭނާ ބޭނުން ނުވާ އެސޯސިއޭޝަނަކަށް ފިޔަވަޅެއް ނޭޅޭ ކަމަށް ފާޑުކިޔާ މީހުން ބުނޭ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެސޯސިއޭޝަންތަކުން އެ ފިޔަވަޅުތައް ދަމަހައްޓާފައި ނެތުމުން ދެން ދާން އޮތް ތަނަކީ ސްޕޯޓްސް ކައުންސިލެވެ. ކުޅިވަރު ގާނޫނުގައި ބުނެފައި ވަނީ އެސޯސިއޭޝަނެއްގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ސްޕޯޓްސް ކައުންސިލަށް ހިނގައްޖެ ނަމަ އެ މައްސަލަ ބަލައި އެކަމަކާ ބެހޭގޮތުން އެ އެސޯސިއޭޝަނަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

"ކުޅިވަރުގެ ގައުމީ ޖަމިއްޔާތަކާ ބެހޭގޮތުން އެ ޖަމިއްޔާތަކުގެ މެންބަރުން ނުވަތަ ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ކުޅޭ ކުޅުންތެރިންނާ ބެހޭގޮތުން ހުށަހެޅޭ މައްސަލައެއް އެ މައްސަލައެއް ހުށަހެޅުނު ފަރާތުން އިދާރީގޮތުން ނިންމިގޮތާ މެދު ހިތްހަމަނުޖެހިގެން ހުށަހެޅޭ މައްސަލަތައް އިސްތިއުނާފުކޮށް، އެކަމާ ބެހޭގޮތުން އިދާރީ ފިޔަވަޅު އެޅުން," ކުޅިވަރު ގާނޫނުގެ 12 ވަނަ މާއްދާގައިވާ ސްޕޯޓްސް ކައުންސިލްގެ މައުސްލިއްޔަތުތަކުގެ ބާބުގެ (ބ) ގައި ބުނެފައި ވެއެވެ.

އެކަމަކު ސްޕޯޓްސް ކައުންސިލުން އިންސާފު ލިބިދާނެކަމުގެ އެއްވެސް އިޝާރާތެއް، ކުޅިވަރު ހިންގުން ބޮއްސުންލާފައި އޮތް ގޮތުން ފެންނާން ނެތް ކަމަށް ކުޅިވަރުގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެސޯސިއޭޝަންތަކަށް "ހިމާޔަތް" ދެއްވައިގެން އޭރު ހުންނެވީ އެސޯސިއޭޝަނެއްގައި އޮތް ނުލެވޭނެ މިންވަރަށް ކަމަށެވެ.

"ހައްގު ގެއްލިގެންދާ އެތުލީޓަށް ސްޕޯޓްސް ކައުންސިލުން އިންސާފެއް ލިބޭނެ ކަމަށް ބަލައިގެން އިންތިޒާރުގައި ހުންނަންޏާ ހުންނަން ޖެހޭނީ. އެސޯސިއޭޝަނަކަށް ފިޔަވަޅު އަޅަން ފޮނުވިޔަސް ކޮންމެ ވެސް ގޮތަކުން އެކަންކަން ހުންނަނީ ނުފޫޒު ބޭނުންކޮށްގެން ހުއްޓިފަ،" ކުޅިވަރުގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އާދަމް: އެ އެސޯސިއޭޝަނުގައި ވެސް ވޯޓް ލުމުގެ ހައްގު އެއްބައެއްގެ ނަމުގައި ހުންނަ ގިނަ ކްލަބްތަކަށް ލިބޭ --- ފައިލް ފޮޓޯ: އެމްއޯސީ

ދެން އޮތީ އަސާސީ ގަވާއިދުގައި އޮތް މައްސަލަތަކެވެ. އެސޯސިއޭޝަންގެ ކަންކަން ނިންމަން ވޯޓް ދެވޭ ގޮތްތައް ވެސް ރާއްޖޭގައި އޮތީ މާ މުސްކުޅި ގޮތަކަށް ކަމަށް ކުޅިވަރުގެ ދާއިރާއިން ކިޔަވާވިދާޅުވެގެން ތިއްބެވި ބޭފުޅުން ވިދާޅުވެ އެވެ. އެސޯސިއޭޝަންގެ ވޯޓް ކޮންޓްރޯލް ކުރަން އެކެއްގެ ނަމުގައި ގިނަ ކްލަބްތަކެއް ރަޖިސްޓްރީކޮށްގެން މުބާރާތެއްގައި ބައިވެރިވެ، އަހަރީ އާންމު ޖަލްސާގައި ވޯޓްލުމުގެ ހައިސިއްޔަތު ކޮންމެވެސް ގޮތަކުން ހޯދަ އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުން ރާވާ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ރަޖިސްޓްރީ ނުކުރާ ކްލަބްތައް ބައިވެރި ކުރުމާއި އެކެއްގެ ނަމުގައި ހިންގާ ގިނަ ކްލަބްތަކަކުން އެސޯސިއޭޝަންތަކުގެ ވޯޓް ކޮންޓްރޯލް ކުރުމަށް ހޯދާ ބާރާއި، އަށެއްކަ ކްލަބުން މުޅި އެސޯސިއޭޝަން ކޮންޓްރޯލް ކުރުމުގެ ނިޒާމެއް ރާއްޖޭގެ ކުޅިވަރުގައި ހުރި އިރު ވެސް މިހާތަނަށް ވެސް މި މައްސަލަތަަކަކަށް އިސްލާހީ ބަދަލުތަކެއް އައިސްފައެއް ނެތެވެ.

"ވޮލީ އާއި ބާސްކެޓްގައި ވަރަށް އާންމުކަމެއް. އެއް ބަޔަކު ވަރަށް ގިނަ ކްލަބްތައް ހުންނާނެ. ވަކިވަރަކަށް މުބާރާތްތަކުގައި ވާދަ ކުރީމަ ވޯޓު ލުމުގެ ހައިސިއްޔަތު ލިބޭނެ،" ވޮލީގެ އިސް ހަރަކާތްތެރިޔަކު ބުންޏެވެ.

ކުރީގެ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް، ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މަގާމުގައި ހުންނެވި އިރު އޭނާ އަށް ލިބިފައިވާ ބާރުގެ ދަށުން ގިނަ ކަންކަން އިސްލާހު ކުރުމަށް އެސޯސިއޭޝަންތަކުން އަންގާފައި ވާނެ ކަމަށެވެ. އެސޯސިއޭޝަންތަކުގެ އަހަރީ އާންމު ޖަލްސާ ނުބޭއްވުމާއި އަސާސީ ގަވާއިދުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުމުން ވެސް އެކަންކަން އިސްލާހު ކުރުމަށް ވެސް ތަކުރާރުކޮށް ވެސް އަންގާފައި ވާނެ ކަމަށެވެ.

"ސްޕޯޓްސް ކޮމިޝަނާގެ މަގާމަކީ ކޯޓެއް ނޫން. [ފިޔަވަޅެއް އަޅަންޏާ] އަޅުގަނޑު ވެސް ފޮނުވަން ޖެހޭނީ ސްޕޯޓްސް ކައުންސިލަށް. [އެހާހިސާބުން ވެސް އެކަން ނުކޮށްފިއްޔާ] އޮލިމްޕިކް ކޮމިޓީ އަށް ފޮނުވާނީ." ހީނާ ވިދާޅުވި އެވެ.

ބޮއްސުންލާފައިވާ، ވޮލީބޯޅަ އެސޯސިއޭޝަނަށް، ފިޔަވަޅު އަޅައި ދިނުމަށް އެދި، ކުރީގެ އެކްޓިން ސްޕޯޓްސް ކޮމިޝަނާ އާއިޝަތު ސަމާހް އޮލިމްޕިކް ކޮމިޓީގައި އެދުނެވެ. އައި ހަމައެކަނި ބަދަލަކީ ތިން އަހަރުގެ ކޮންގްރެސް އެއް ފަހަރުން ބާއްވައި އަސާސީ ގާވާއިދު ފާސްކޮށް ތައްގަނޑު ނުޖެހެނީސް އިތުރު މައްސަލައެއްގެ ތެރެއަށް ވީއޭއެމް ވެއްޓުމެވެ.

100 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއަނި

04 December 2023

ހީނާ ކޮށްދީފައި ދިޔަ ކަމެއް ކިޔާލަދީބަ؟ އެސޯސިއޭޝަންތަށް ރަނގަޅު ހަމަހަމަ ގޮތެއްގައި މަސައްކަތެއް ކޮށްފައި އޮތްނަމަ މިއަދުތަކެއް ނާރާނެ

The name is already taken The name is available. Register?

އިކަ

04 December 2023

ސުހާނާ އަރުތައަށް ވަރަށް އާހެންހީވޭ، ގިނަ އެސޯސިއޭޝަން ތަކުގައި ތިބުނާ ވަރަށް ފައިސާ ހުންނަ ކަމަކަށް ނަހަދާ، ހަރަދު ކުރަން ޖެހެނީ މައިންބަފައިންގެ ރައްކާކުރެވިފައިވާ ފައިސާއިން، އަދި އެ ފައިސާ އަނބުރާ މިނިސްޓްރީން އެސޯސިއޭޝަންއަށް ދިނުމުން އެ ހަވާލުނުކޮށް ބޭނުންކޮށްލާ.

The name is already taken The name is available. Register?

އަލި

03 December 2023

ކޮންމެ ފަރާތަކަށް ދޫކުރިޔަސް ޗެކް އެންޑް ބެލެންސް ބެލެންވާނޭ މިބުނަނީ. ކޮންމެހެން ކުޅުންތެރިންގެ އެކައުންޓަށް ފޮނުވާކަށްނުޖެހޭ. ތަފްޞީލް މަޢުލޫމާތު ނުދެވޭނީ ގޯސްތަކެއް ހެދޭތީ ނޫންބާ.!

The name is already taken The name is available. Register?

ސުހާނާ

03 December 2023

އަރުތަ އަދި އޮލިމްޕިކް ސްކޮލަރޝިޕްގެ ދަށުން ކުޅުންތެރިންނަށް ލިބޭ ފައިސާ އެސޯސިއޭޝަންތަކަށް ދޫނުކޮށް ކުޅުންތެރިންނަށް ދޫކުރުމަކީ ރަނގަޅުގޮތްކަމުގައި ނުދެކެން. ޚަރަދު ކުރެވެންވާނީ އެސޯސިއޭޝަން ތަކުގެ ބެލުމުގެ ދަށުން.

The name is already taken The name is available. Register?

އަލި

03 December 2023

އަރުތައަށް ފަހުވަގުތު ކުޅުންތެރިންތައް އަޅާލީ ހަމަޖެހޭ އުސޫލަކުންނޫން. އަރުތައިގެ ހަޤީޤީ މަޤްޞަދަކީ ކާމިޔާބުހޯދާ އަދި ކުރިމަގުއޮތް ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ހޯދައިދިނުން. އުމުރުން 35 ނޫނީ 40 ވެ ރިޓަޔަރވާންވެފަ ތިބި ބަޔަކަށް އަރުތަ ޕްރޮގްރާމް ދިހަ ބާރައަހަރަށް އިތުރުކޮށްލީ މުޅިންއެހެން ކަމެއްގައި. މިކަމުގެ ގެއްލުން މިހާރު އަރުތަލިބޭ ޒުވާން ކުޅުންތެރިންނަށް ކުރާނެކަން ޔަޤީން. މުސާރައެއް މެޑަލް ފައިސާއެއް ނުލިބޭ. މިކަންވެސް ރިވިއުކުރަންޖެހޭ.

The name is already taken The name is available. Register?

ައަނި

04 December 2023

ރަނގަޅު ވާހަކައެއް، އެއްމެފަހުން ވެސް ބަހާލީ ކެމްޕެއިންގައި މަސައްކަތް ކޮށްދިން އުމުރު ހަމަވެފައިތިބި ގާތް މީހުންގެ އާއިލާއަށް.

The name is already taken The name is available. Register?

އަލި

03 December 2023

ނީލާ ނަޖީބުގެ މައްސަލައަށް ވީގޮތެއް އެނގޭބާ؟ ކޮންމެސް ކުއްޖަކު މިކަން ސާފުކޮށްލަދެއްވާ.

The name is already taken The name is available. Register?

އަލި

03 December 2023

ހުޅުމާލޭގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް ހަދަންކިޔާތާ 10 އަހަރުވެއްޖެ. ކިހިނެއް މިކަންކުރާނީ. ބެޑްމިންޓަން ވިޔަފާރި ހިންގާ ފަރާތްތަކަށް ގެއްލުންވާނެ ހުޅުމާލޭގައި މިކަހަލަ ތަނެއް ހަދައިފިއްޔާ.

The name is already taken The name is available. Register?

އަލި

03 December 2023

އަރުތަ އަދި އޮލިމްޕިކް ސްކޮލަރޝިޕްގެ ދަށުން ކުޅުންތެރިންނަށް ލިބޭ ފައިސާ އެސޯސިއޭޝަންތަކަށް ދޫކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. ކުޅުންތެރިންގެ ސްކޮލަރޝިޕްތަކާއި މުބާރާތްތަކަށް ދާން ލިބިފަހުރި ފައިސާކޮޅު އެހެން ކަންކަމަށް ތަޅާބުރުވަނީ. ޖަވާބުދާރީ ވުމެއްނެތް. މިހާވަރަށް މިވާހަކަތައް އެންމެން ދައްކާއިރު އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތްތަކުގެ އެއްވެސް ކަންބޮޑުވެމެއް ހަމަ ނެތީބާ! ހެޔޮނުވާނެ! މި އެސޯސިއޭޝަންތައް އޮޑިޓްކޮށްބަލަ.

The name is already taken The name is available. Register?

ސުހާނާ

03 December 2023

އަރުތަ ލިބިފައިތިބި ހުރިހާ ކުދިންނަކީ ވެސް ޤައުމީ ފެންވަރުގައި ވަނަތައް ހޯދާފައިތިބި ކުދިން. ދިރާސާ އެއް ހަދާބަލަ އެނޫން ކުއްޖަކަށް އަރުތަ ލިބިފައިވޭތޯ؟ ޓީމަށް ވެސް އަރާނެ ފެންވަރު ހުރިއްޔާ.

The name is already taken The name is available. Register?

ޢަމިއްލައެދުން

03 December 2023

ސުހާނާ އަދި ޅަވާނެ ކުޅިވަރައް ހާއްސްކޮއް ބާސްކެޓައް ، ތިކަމަނާ ގެ ދަރި ޓީމައް އެރީމަ އެނިމުނީ ތޯ ، ހިތައް އެއްޗެއްވެސް ނާރާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454