ވިޔަފާރި / ދިރާގު މޯލްޑިވްސް ރޯޑް ރޭސް

މިފަހަރު ދިރާގު ރޯޑް ރޭސް ވެސް ކުޑަކުދިންގެ ހައްގުތަކަށް

ކުރިން ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ކުޑަކުއްޖަކު ބައިވެރިވަނީ --- ފޮޓޯ/މިހާރު

25 އޯގަސްޓް 2023 - 17:57

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭ އަދި ދިވެހިން ދުވުމަށް ހިތް ޖެއްސި ދިރާގު ރޯޑް ރޭސް މި އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގު ރޯޑް ރޭހަކީ ކުޑަކުދިންގެ ހައްގުތަކަށް ހާއްސަކޮށް، އެ ކުދިންގެ ހައްގުތަކަށް އަހުލުވެރިކުރުމުގެ މަގުސަދުގައި ބާއްވާ ބައިނަލްއަގުވާމީ ދުވުމެކެވެ. މި ދުވުމުގައި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާ ގުޅިގެން އާންމުން ހޭލުންތެރި ކުރުމަށާއި އެ ޖަމިއްޔާތަކަށް ފަންޑްރެއިޒް ކުރުމަށް މަސައްކަތް ކުރާނެ އެވެ.

Dhiraagu Maldives Road Race - About us

Dhiraagu Maldives Road Race - About us

Dhiraagu Maldives Road Race 2023

މި ލިންކުން ރޭހަށް ރަޖިސްޓާ ކުރެވޭނެ.

ދިރާގު ރޯޑް ރޭހަށް އެންޑޯސްޑް ކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް ދިރާގުން 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދޭނެ އެވެ. އެއީ އެ ޖަމިއްޔާތަކުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރަން ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

ދިރާގު ރޯޑް ރޭހަށް މިހާރު ރަޖިސްޓްރޭޝަނަށް ހުޅުވާލާފައި ވާއިރު، ކޮންމެ ރަޖިސްޓްރޭޝަނަކުން ލިބޭ 100ރ. އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް އެ ޖަމްއިއްޔާތަކަށް ހަދިޔާ ކުރާނެ އެވެ.

މިއަހަރުގެ ދިރާގު ރޯޑް ރޭހަށް ދިރާގުން އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަކީ:

- އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް)

- ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔާޑް ސޮސައިޓީ އޮފް މޯލްޑިވްސް

- ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް

- ކެއާ ސޮސައިޓީ

- ޗައިލްޑް އެބިޔުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)

- ޑައިބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސް

- މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް (އެމްއޭޕީޑީ)

- މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

- ތެލެސީމިއާ ސޮސައިޓީ

- މޮމްސް އެއިޑް

- ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)

- ޓައިނީ ހާޓްސް އޮފް މޯލްޑިވްސް

ދިރާގު ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގައި ބާއްވާ ހަމައެކަނި ދުވުމެވެ.

މި ދުވުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454