ގެއްލިގެން ހޯދަން އިއުލާންކުރި، ހއ. ބާރަށު މުހައްމަދު ތައުފީގު، 35: އޭނާ އަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައިގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ކައުންސިލުން ބުނޭ.--
27 އޯގަސްޓް 2023 - 13:43
މިދިޔަ އަންގާރަ ދުވަހުން ފެށިފެން ގެއްލިގެން ހޯދަމުންދިޔަ މުހަންމަދު ތައުފީގު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހއ. ބާރަށު ޝައިނިންސްޓާ، މުހައްމަދު ތައުފީގު 35، ގެ ޚަބަރެއް ނުލިބުމުން އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅީ އިއްޔެ މެންދުރު އެވެ.
ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ މިއަދު މާލެ އިން ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.
ބާރަށު ކައުންސިލުން ބުނިގޮތުގައި ތައުފީގަކީ މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވެސް ދަނީ އެންޑީއޭ އިން ފަރުވާ ހޯދަމުންނެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެންޑީއޭ އަށް ފަރުވާ އަށް ގޮސް ހުއްޓާކަން ވެސް ވަނީ އެނގިފަ އެވެ.
މީގެ ކުރިން ވެސް މީހުން ގެއްލިގެން އެ މީހުންގެ ފޮޓޯ އާންމުކޮށް، އެމީހުން ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމަސަ
27 August 2023
ނަމަވެސް މީގެ ކުރިން ފެނުން ފަހުން އުޅޭތަނެށް ޢާންމު ނުކުރޭ
6
27 August 2023
މީއަނެއްކާ ކައުންސިލަރެއްތަ؟
ސައްޙާފް
27 August 2023
މާތް ﷲ މަސްތުގެ ނުބައި ވަބާއިން ތައުފީޤައި ތިފަދަ އެތައް ޒުވާނުން މިންޖުރައްވާށި.
ޓައްޕު
27 August 2023
ޓައީ އަޅާލާފަ އިންނަ އިރު ހީވެސް ނުވޭ. މިހާރު މާފިނައިންވާ ކަމެއް ތިޔަ ގޮތަށް އިންސާނުން މީޑިއާގަ ނިވިދިއްލުން.