ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ.
28 އޯގަސްޓް 2023 - 06:20
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ގއ. ކޫއްޑު އާއި ވިލިނގިލި ބްރިޖަކުން ގުޅާލައި ކޫއްޑޫގައި މަސްވެރިކަން ތަރައްގީ ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވައުދުވެވަޑައިގެންފި އެވެ.
އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވިލިނގިލީގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ވިލިނގިލި ތަރައްގީ ވާނީ މުޅި ހުވަދު އަތޮޅާއި އައްޑޫ އަދި ފުވައްމުލަށް ވެސް ތަރައްގީ ކޮށްގެން ކަމަށެވެ.
ވިލިނގިއްޔަށް އެންމެ ފައިދާ ވާނީ ކޫއްޑުއާ ބްރިޖަކުން ގުޅާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި މި ނަފާ ކުރުމަށްޓަކައި އަދި އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ކޫއްޑޫ އާއި ވިލިނގިއްޔާ ދެމެދު، އަޅުގަނޑުގެ ސަރުކާރެއްގައި ބްރިޖަކުން ގުޅުވާލާނަން،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ބްރިޖަކުން ގުޅުވައިލުމުން އިގްތިސޯދަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ އެވެ. . ކޫއްޑޫ އަށް މީގެ 25 އަހަރު ކުރިން ވަޑައިގެންނެވިއިރު އޮތީ މިހާރު އޮތް ގޮތަށް ކަމަށާއި އިގްތިސޯދު ރަނގަޅު ކުރުމަށް އެތަން ބަދަލު ކުރަންޖެހޭ ކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.
"މި ރަށަކީ މަސްވެރި ރަށެއް. އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އެބައޮތް ކޫއްޑު އަށް ބޮޑު ބަދަލެއް ގެނައުމުގެ. ސަރުކާރުތަކުން މި ވާހަކަތައް ދައްކާ، ނަމަވެސް މިހާތަނަށް ދިޔައިރު ވެސް އަދިވެސް ހަމަ މި ކޫއްޑޫއަކަށް ބަދަލެއް ގެނެވޭތަނެއް ނުފެނޭ،" ނާޒިމް ވިދާޅުވި އެވެ.
ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ.
- ކޯލްޑް ސްޓޯރޭޖް، މަސް ފިނިކޮށްގެން ބެހެއްޓުމުގެ މިންގަނޑު އިތުރުކުރުން (ސްޓޯރޭޖް ބޮޑުކުރުން)
- 10،000 ޓަނުގެ މަސް ރައްކާ ކުރެވޭ ގޮތަށް ހެދުން.
- މަސް ބަންދުކުރެވޭ ގޮތް ތައާރަފު ކުރުން.
- މަހުގެ ބައި ޕްރޮޑަކްޓްސް އުފައްދައިގެން ވިއްކޭގެ ގޮތް ތައާރަފު ކުރުން.
- 200 ޓަނުގެ މަސް ބަންދު ކުރެވޭ ކާރުހާނާއެއް ހެދުން.
- 1،500 ޓަނުގެ މަސް ކިރޭ ގޮތަށް ކޫއްޑޫ ތަރައްގީ ކުރުން.
ނާޒިމް ވިދާޅުވީ އެމްއެންޕީ ވެރިކަމެއްގައި މަސްވެރިންނަށް ކަންކަން ފަހުވެގެންދާނެ ކަމަށެވެ.
"މަހަށް ދާން ބޭނުންވާ މީހުންނަށް އޮޑިދޯނިފަހަރު ބަނދެދިނުމަކީ އަޅުގަނޑުގެ ސިޔާސަތެއް. ޒަމާނީ ފެންވަރަށް ދޯނި ބަނދެދީ، ދިގު މުއްދަތެއްގައި ފައިސާ ދައްކާ ގޮތަށް މަސްވެރިންނަށް ދޭނަން،" ނާޒިމް ވިދާޅުވި އެވެ.
ވިލިނގިއްޔާއި ކޫއްޑޫ ގުޅާލާ ބްރިޖް މަޝްރޫއު މި ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އެ މަސައްކަތް ހަވާލުކުރީ 180 ދުވަސް ތެރޭ ނިންމަން ނަމަވެސް މިހާތަނަށް މަސައްކަތް ނިމިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނާލް
28 August 2023
ހަނިމާދޫ އާއި ސ.ހިތަދޫ އާދޭތެރޭ ބުރިޖުއަޅަންވީނު!
ރޯޒަސް
28 August 2023
ނާޒިމް ސޯ ކޮން ފައިދާއެއްތޯ ތީގެން އިގްތިސާދަށް ވާނީ؟ މަސްކިރަނީ ދޯނިތަކުން ސީދާ ކޫއްޑޫއަށް. ކާކުބާ ދޯނި ވިލިގިލި ބަނދަރަށް ލައިގެން ޕިކަޕަށް އަޅައިގެން މަސް ގެންދާނީ. ތީގެން ފައިދާއެއް ވަންޏާ ވާނީ މަސް ފެކްޓަރީގެ މުވައްޒަފުންނަށް. އެހެން ނޫނަސް ކޫއްޑޫ އެއަޕޯޓް ތިނަނުގައި އޮއްވާ އަޑިން ދަތުރުކުރެވޭ ވަރުގެ ބްރިޖެއް ނޭޅޭނެ ކަން ބޮލުގެ ތެތްކަމެއް ހުރިއްޔާ އިނގޭނެ.
ސީނުމާ
28 August 2023
ބަލަ އޭނާގެ ބޮލުގަނެތޭ ތެއްކަމެއް
ކެޔޮޅުބެ111
28 August 2023
ތިކަމުން ވާނެ ފައިދާއެއް ނެތް.
ހޮޓްކިންގ
28 August 2023
ނާޒިމޫ ތީ ރައީސް ސޯލިހު ގުޅާލައްވާފައި ވިލިނގިލީ މެންބަރު ސައުދު ރިބަންކަނޑާފައި އޮތް ބުރިޖެއްގެ ވާހަކަ ތި ދައްކަވަނީ.
އެކޮއެ
28 August 2023
ނާޒިމޫ، މިފަހަރު ނުވާނެ ތިކަމެއް. އަދި އަވަސް. އަދި މަޑުކޮށްލިނަމަ ވަރަށް ރަނގަޅުވީސް. މި ދައުރުގައި ކުރި މަތި ނުލާ، އަދި މަޑުކޮށްފައި، ކަންތައްތަކެއް ސިޔާސަތުތަކެއް ރަނގަޅު ބިލުތަކެއް މަޖިލީހަށް ލައި، ރަނގަޅު ބައެއްގެ ލޯބި ހޯދައި، ބައެއްގެ އިތުބާރު ހޯދައި، ހަމަޖެހޭ ވާހަކަތަކެއް ބުރަދަން ބޮޑު ގޮތެއްގައި ދެއްކުން މުހިއްމު. މިފަހަރު ދެން ޔަޤީނެއްނު ނުވާނެކަން، ބޮޑު ދެޕާޓީ އޮއްވާ އެކޮޔެ ކީއްކުރާނީ. ޤާސިމަށް ވާވަރުވެސް ވާނެއެކޭ ނުބުނެވޭނެ. ވީމާ ؟
ހުވަދޫ އަލިބެއްޔާ
28 August 2023
ނާޒިމް ސަރ، ވިސްނަވާ.. ކޫއްޑޫ އާއި ވިލިނގިލި ގުޅާވެސް ލެވިދާނެ.. ޤައުމުގައި މިއަދު އެންމެ ބޭނުންވަނީ ތިފަދަ ބުރިޖްތޯ؟؟؟ ބަލަން ތިއްބާ ޤައުމު މިދަނީ ބަނގުރޫޓުވަމުން.. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އާދައިގެން ނިކަމެތިން ގޮތްހުސްވެ މަގުމަތިވަނީ.. ދައުލަތުގެ ދަރަނި 100 އިން މައްޗަށް ޖެހިލައިފި.. ޤައުމަށް ފައިދާކުރުވަނިވި ކަމެއްގެ ވާހަކަ ނެތި ރަށްރަށުގެ ރައްޔަތުން ވާވެއްދުން ސިޔާސީ ވެރިން ހުއްޓާލާން ވެއްޖެ..
ގެދާނޯމޮސް
28 August 2023
ތިޔަބުނާ ބުރިޖް ގެ ވާހަކަ ދެއްކިމީހާ މިހާރު ދެތަނބު ޖަހާފަގޮސް ކެމްޕެއިނުގަ އެއުޅުއްވަނީ އަތޮޅުތެރޭގައި ރިޔާސީ ބަހުސްގައެވެ. ބްރިޖް އެޅިމީހުން ތިވާހަކަ ދައްކާނަމަ ބީރުކަންފަތަށްވެސް އިވިދާނެއެވެ!
ތައްޚާނު ބޭ
28 August 2023
8 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެރިކަން ލިބުނަސް ބުރިޖު އަޅައިދެން ޖެހޭނެ!
އަލްމުދިޝް
28 August 2023
އެހެން ދެއްތޯ!