ޚަބަރު / ރިޔާސީ އިންތިޚާބު 2023

ވޯޓުލާ ދުވަހު އިދިކޮޅުން ޖަގަޑާ ހަދަން މަސައްކަތް ކުރާނެ: މާރިޔާ

ރައީސްގެ ކެމްޕެއިން ޖަލްސާއެއްގައި މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވަނީ: ވޯޓުލާ ދުވަހު އިދިކޮޅުން ޖަގަޑާ ހަދަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: އެމްޑީޕީ

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވާއިރު، ޖަގަޑާ ހަދަން އިދިކޮޅުން މަސައްކަތް ކުރާނެ ކަމަށާއި އެ ފުރުސަތު އެ މީހުންނަށް ނުދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެމްޕެއިނަށް ސިލްސިލާކޮށް މާރިޔާ ބާއްވާ ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ، އެމްޑީޕީއާ އެންމެ ވާދަވެރި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބިއްޖެ ނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އޮތް އަނިޔާވެރިކަން އަލުން އިޔާދަވާނެ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން އެކަން ވަރަށް ސާފުކޮށް ފެނުނު ކަމަށާއި ޔާމީނާ ކިރިޔާ ވެސް ވާދަކުރެވޭ ވަރުގެ ލީޑަރެއް ހުރި ނަމަ، ޖަލަށް ލައި ނުވަތަ އަމިއްލަ އަށް އަރުވާލެވިގެން ގައުމުން ބޭރުގައި ހުންނަވަން މަޖުބޫރުކުރުވި ކަމަށް މާރިޔާ ވިދާޅުވި އެވެ.

ދިވެހިން އެނބުރި އެ ބިރުވެރިކަމުގެ ތެރެއަށް އަލުން ދާން ބޭނުންނުވާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނުމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ކެތްތެރިކަމާ އެކީގައި ތިއްބަވާތި، ޖަގަޑާ ހަދަން މަސައްކަތްކުރާނެ. އެއީ އަބަދުވެސް އެކަންކަން އޮންނަ ގޮތް. އެ ބޭފުޅުންގެ ވެރިކަމުގައި ވެސް އެކަން އޮންނާނެ ގޮތް ވެސް މެ. އެހެންވީމާ، އެ ކަންކަމަށް ޖާގަ ނުދީ މަޑުމަޑުން ތިއްބަވައިގެން ވޯޓުލެއްވޭތޯ ބައްލަވާ: މާރިޔާ

މާރިޔާ އެދިވަޑައިގަތީ ރައީސްގެ ސަޕޯޓަރުން އަންނަ މަހު 9 ވަނަ ދުވަހުގެ ވަރަށް ހެނދުނާ ގޮސް ވޯޓުލުމަށެވެ. އިދިކޮޅުން ވޯޓު ގަޑުބަޑުކޮށް، ޖަގަޑާ ހަދަން މަސައްކަތް ކުރާނެތީ، އެ ފުރުސަތު ނުދީ ކެތްތެރިވެގެން ތިބުމަށް ވެސް އޭނާ އެދިވަޑައިގަތެެވެ.

"ކެތްތެރިކަމާ އެކީގައި ތިއްބަވާތި، ޖަގަޑާ ހަދަން މަސައްކަތްކުރާނެ. އެއީ އަބަދުވެސް އެކަންކަން އޮންނަ ގޮތް. އެ ބޭފުޅުންގެ ވެރިކަމުގައި ވެސް އެކަން އޮންނާނެ ގޮތް ވެސް މެ. އެހެންވީމާ، އެ ކަންކަމަށް ޖާގަ ނުދީ، މަޑުމަޑުން ތިއްބަވައިގެން ވޯޓުލެއްވޭތޯ ބައްލަވާ،" މާރިޔާ ވިދާޅުވި އެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދަނީ މޮޅުވާން."

ކޮންމެ ދުވަހަކު ބާއްވާ މި ޕްރެސް ކޮންފަރެންސްގައި މާރިޔާ ދަނީ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅެ، ބަހުގެ ހަމަލާތައް ފުލުފުލުން ދެއްވަމުންނެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވެސް މުއިއްޒަށް ރައްދުކުރެއްވި ވާހަކަތަކުގައި މާރިޔާ ވިދާޅުވީ ދުވަހެއް ދުވަހަކަށް ޕީޕީއެމް/ޕީއެންސީއަށް އޮންނަ ތާއީދު ކުޑަވަމުންދާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މުއިއްޒު ރަށްރަށަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަން ނުކުންނަ މީހުންގެ "ސައިޒު" ވެސް ކުޑަވަމުންދާ ކަމަށް މާރިޔާ މިއަދު ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒު ވިދާޅުވެފައި ވަނީ ކޮންމެ ދުވަހަކު އޭނާ އެމްޑީޕީ އަށް ރައްދު ދެއްވަން ފައްޓަވައިފި ނަމަ ރައްޔިތުންނާ ދައްކަވާނެ ނުވަތަ ހުށަހަޅުއްވާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތެއް ވެސް ނޫން އެހެން މީހުންނާ ބެހޭ ގޮތުން ވާހަކަ ދެއްކުން. ރީތި ސިފައެއް ވެސް ނޫން އަނެކާއާ ބެހޭ ގޮތުން ވާހަކަ ދެއްކުން. އަދި އަމުދުން ހަގީގަތާ ހިލާފު ވާހަކަ ދެއްކުން. އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އެ ހަމައެއް،" މުއިއްޒު "މިހާރު" އަށް ވިދާޅުވި އެވެ.

20 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރިއްޔަ

28 August 2023

އެމްޑީޕީ ވެރިކަމުގައި ނޯންނަންޏާ މިރާއްޖެ ޖަގަޑާގެ ހާލަތަށް ދަނީ. އެހެންވީމަ މިއީ ކޮންބަޔަކު ކުރާ އަދި ކުރުވާ ކަމެއްކަން ވަރަށް ސާފު.

The name is already taken The name is available. Register?

މިގައުމުގެ ވާހަކަ

28 August 2023

އިބޫ މޮޅުވެގެން ވެރިކަމަށް އެރީމަ ޔާމީނު އެކަނި ހުރީ އިދިކޮޅުގަ. ޔާމީނު މިހާރު އެހުރީ ޖަލަށްލާފަ. މިފަހަރު އިބޫ ބަލިވެއްޖެނަމަ އަދި އެހެން ހުރިހާ ޕާޓީއެއް އަނެއް ފަޅީގަ ތިބެއްޖެނަމަ އިބޫ އެކަނި ހުންނާނީ އިދިކޮޅުގަ. އެހެންވީމަ ޖަލަށްލާން ހުންނާނީ އެންމެ ސިޔާސީ މީހެއް. އިބޫ ޖަލަށްލީމަ އިބޫ ކައިރީ ތިބި އެންމެން އަނެއްކާ ފެން އޮތް ތަނަކަށް ގޮސްދާނެ. ދެން އިބޫ އެކަނިވެދާނެ. ޔާމީން މަތިން މިހާރު ހަނދާންނެތުނުހެން އިބޫ މަތިން އެންމެން ހަނދާންނެތިދާނެ

The name is already taken The name is available. Register?

އައިސާދިޔެ

28 August 2023

ގައުމުގެ މިނިވންކަމާ އިސްތިގްލާލް ހިފަހައްޓަން މިވަގުތު އޮތް އެންމެ ރަނގަޅުގޮތަކީ ކަމަނާ ދުރައްޖެހިލުން...

The name is already taken The name is available. Register?

ތަޅާ ކަމަނަ

28 August 2023

ތަޅާނެ ކުދިން ކޮޅެއް ހޯދުމުގެ މަސައްކަތް ކުރި ހަނދާން އެބަހުރިތަ؟!!

The name is already taken The name is available. Register?

ހގޖގޖ

28 August 2023

ކަލެމެން އަތުގަ ހުރިހާބާރެއް އޮތީ. އޭގެ ބޭނުން ނުހައްގުގޮތުގަ ހިފަނީ ކަލޭމެން

The name is already taken The name is available. Register?

1828

28 August 2023

އިދިކޮޅުން ޖަގަޑައެއް ނުހަދާނެ. އެކަމަކު ސަރުކާރުން ބޭރުންހައި އެއްޗެއް ހަދާކަށް ގިނަ ރައްޔިތުން ފުރުސަތެއް ނުދޭނެ.

The name is already taken The name is available. Register?

ގުދުބެއްޔާ

28 August 2023

ހޮޅިވާހަކަ ނުދައްކާ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

28 August 2023

ތިބުނާ ޖަގަޑާ ހަދާނީ ކޮން ބައެއް. ޖަގަޑާ ހަދަން މަގުފަހިކޮށް އެކަމަށް ވާގިދޭނީ ކޮން ބައެއް. މިހާތަނަށް ޖަގަޑާ ހަދައި ރައްޔިތުންނާ ދައުލަތަށް އެތައް ގެއްލުމެއްދިނީ ކޮން ބައެއް. ތަޅާނެ ކުދިން ބޭނުންވީ ކޮން ބައެއް. ވަރަށް ސާފު އެހެންނޫންތޯ.

The name is already taken The name is available. Register?

އައްމަޓީ

28 August 2023

ޖަގަޑާ ހަދާނީ އެމްޑީޕީ އިން ، ޖަގަޑާ ހަދާފައިއޮތީވެސް އެމްޑީޕީއިން

The name is already taken The name is available. Register?

ޒަރީރު

28 August 2023

ހާދަ އަންޕްލެޒަންޓް މީހެކޭ މާރިއާ މީ. މަށަށް ހިއެއް ނުވެ އެއުޅޭ ޓުރަންޕްވެސް މިވަރު ވާނެ ހެނެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454