29 އޯގަސްޓް 2023 - 21:07
މި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް ކުރެއްވި މަސައްކަތްތަކުން ފެނިވަޑައިގަންނަވަނީ އެންމެ އާބާދީ ބޮޑު މާލެ އާއި އައްޑޫގެ އަޣުލަބިއްޔަތު އެ މަނިކުފާނަށް އޮތް ތަން ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ތ. އާއި ލ. އަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން ފޮނަދޫގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ހޯއްދެވޭނެ ޕަސެންޓް އެނގިވަޑައިގަންނަވާނީ އަދި ބައެއް ރަށްރަށާއި މާލޭގެ ގޭގެ އަށް ވަޑައިގެން ކުރައްވާ ކެމްޕެއިންތަކަށް ފަހު ކަމަށެވެ.
"އަދި އަޅުގަނޑު އައްޑޫ ސިޓީއަކަށް ނުދަން. ކުޅުދުއްފުއްޓަކަށް އަދި ނުދެވޭ. ޅ. އަތޮޅަކަށް ނުދެވޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3-4 ދުވަހުގެ ތެރޭގައި އެ އަތޮޅުތަކަށް އަޅުގަނޑުމެން ދާނަން. ދެން މާލޭގައި އަދި އެބަޖެހޭ އަޅުގަނޑުގެ ޑޯ ޓު ޑޯ އާއި ބައެއް ހަރަކާތްތައް އެބަހުރި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާުވި އެވެ.
އެ ކަމަކު އެ މަނިކުފާނު ވިދާޅުވީ، ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބޭ ތަން މިހާރު ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެސްޓް ޕާޓީއާ ގުޅިވަޑައިގެންނެވި، ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރަކު ވަރަށް ފަހުން އެނބުރި އެމްޑީޕީ އަށް ސޮއިކުރެއްވިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެ ބޭފުޅުންނަށް އަބަދުވެސް އެމްޑީޕީން ޖާގަ އޮންނާނެ ކަމަށެވެ.
"ކުރީގައި އެ ބޭފުޅުން ތިއްބެވި ހިސާބުގައި އެ ބޭފުޅުންނަށް ތިއްބެވޭނެ އަޅުގަނޑުމެންނާ ގުޅިވަޑައިގަތީމާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީ ދޫކޮށް ދިޔައި މަދު ބައެކެވެ. އެކަމަކު އަދިވެސް އެނބުރި އައިސް "އެ ބޭފުޅުންގެ އެމްޑީޕީގައި އެ ބޭފުޅުންނަށް ތިއްބެވޭނެ" ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާރު
30 August 2023
މިފަހަރު ދިވެހިންތިބީ ބަހާ ފައިސާއާއި، ފަޅުފަޅުންދޭ ގޯއްޗާއި އަދި ނުކަތާ ވަރަށް ދޭ ވަޒީފާތަކުގެ އަވާގައި ޖެހޭ ގޮތަކަށް ނޫން. ގިނަ މީހުން ތިބީ ލިބޭ އެއްޗެއް ލިބިގަނެ ކޮންމެ އަގެއް ދީފަވެސް އިބްރާހިމުގެ ވެރިކަން ނިންމަން. މައިގަޑު ސަބަބީ ބޭރު ގައުމެއްގެ ދަށަށް މި ލޮބުވެތި ވަތަން ދިޔަ ނުދިނުމަށްޓަކައި. ދިވެހިންނަށް މިހާރު ޔަގީން އެބަވޭ ކެނޑިނޭޅި އިންޑިއާއިން މި އިންތިހާބު އިބުރާހިމަށް ކާމިޔާބުކުރުމަށް ކުރާ މަސައްކަތްތައް. އިނަފް އިސް އިނަފް.
ލުގުމާން/
30 August 2023
ރާއްޖެ ތަރައްގީ ވާނީ އައްޑޫއައް ވެރިރައް ބަދަލުކޮއްގެން
މުކޭ.
30 August 2023
އައްޑޫ މީހުންނަކީ މިނިވަންކަމައް ލޯބިކުރާބައެއް އެމީހުން ބޭނުމެއް ނުވާނެ ބޭރުގެ ނުޕޫޒުން ސަލާމަތް ނުވެގެްން އުޅޭތަން ދެކޭކަށް
ޒަކީ69
30 August 2023
ތިފެންނަނީ ހުވަފެނެއް... މަނިކުފާނު ނިދިން ހޭލައިގެން ރަގަޅަށް މޫނު ދޮވެލައިގެން ބޮނޑު މަންޒަރު ބަލާލަން ވީ ނޫންތޯ..! އަޅުގަނޑަށް ފެންނަނީ ރައީސް ޔާމީނަށް ޖެހުނު ހާލު މަނިކުފާނަށް ޖެހެން އުޅޭ މަންޒަރު. ރައްޔިތުން މިހާރު ތިބީ ސިޔާސީ ކަންކަމުގައި ފައްކާވެފައި. ކުރިޔަށް ވަޑައި ގަންނަވާއިރު ވިސްނަވަން ވާނެ، ކާރީގައި ގިނައީ މެހި މާބުރު އުސޫލުން އުޅޭ ބަޔެއްކަން. ގުޑް ލަކް.
މިކޫ
30 August 2023
ގޮތް ނޭނގޭ އެއްބަސް ވުންތަކާ ހެދި ސަރުކާރުން ތިބީ ރުޅީއައިސް ފަ
ގުލުމީ
30 August 2023
ހީވާގޮތް ތިަޔައީ ނުވާނެ މާ ސުލޯއި
ފޫހި
30 August 2023
ޢަދުލުވެރިކަން އިބޫގެނެތް. މުޅިދުނިޔޭގެ އެންމެ އަގުބޮޑު ބިން އަރިސްމީސްކޮޅަށް ބަހާލީ. އަހަރެމެން ޑިޕްރެޝަނަށް ވައްޓާލާފަ. އިބޫ ނޫންގޮތެއް އަހަރެމެން ހަދަން ބޭނުން. ރޮޒޭއާ މާރިއާ އަކޫ އަށް ގޯތި ލިބުނީ ކޮންތާކުންތޯ މަނިކުފާނު އެމީހުންގާތު އައްސަވަބައްލަވާ. އެ މީހުން ވެސް ހިޔެއްނުވޭ މަނިކުފާނަށް ވޯޓް ދޭނެހެނެއް. އަނިޔާއަކީ ހަމައެކަނި ޖަލަށް ލުމެއްނޫން. އަހަރެމެންނަށް ނަފްސާނީ އަނިޔާ ލިބިއްޖެ. މާޔޫސް ކުރުވައިފި. އުމުރަށް ކުލި ދައްކަންޖައްސުވައިފި.
ޝަފީގްބެ
30 August 2023
މާލޭ ދަފުތަރު އެކަކުވެސް ތިބޭފުޅާ އަކަށް ވޯޓެއްނުދޭނެ. ގޯތި ބަހާލީ ހިތުހުރި ވިޔާނުދާގިތަކަށް
މުޝީރު
30 August 2023
ތިފެންނަނީ އަވާމެންދުރު.
ސޭކުސްތާން
30 August 2023
ހޮޅި ވާހަކަ ނިދައްކައު