ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެމްބަޝިޕް ފޯމު ހަވާލު ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
29 އޯގަސްޓް 2023 - 23:36
އެމްޑީޕީއާ ގުޅެން ޑިމޮކްރެޓްސް ޕާޓީގެ އެހެން މެމްބަރުންތަކެއް އަދިވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ލ. އާއި ތ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ފޮނަދޫގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ބައެއް މެމްބަރުން ވާހަކަތައް ދައްކަމުން ދިޔަސް އަދި ފައިނަލް ނުކުރެވޭ ކަމަށެވެ. ވިދާޅުވީ، ފައިނަލް ކުރެވޭ ހިސާބަށް ދިއުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ.
އެމްޑީޕީ ދޫކުރައްވައި ރައްޔިތުންގެ މަޖިލިހުގެ 14 މެމްބަރަކު ވަނީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްދައުރެއް އަދާކުރައްވާ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ. ނަމަވެސް އޭގެ ތެރެއިން ދެ މެމްބަރަކު ދާދި ފަހުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.
އެމްޑީޕީ ދޫކުރެއްވި މެމްބަރުންތަކެއް އަލުން އެ ޕާޓީ އަށް ސޮއިކުރެއްވުމާ ދިމާކޮށް، މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ، އެކަން ބަލައި ދިނުމަށް މަޖިލިހުގެ އިދާރާ އިން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ފުލުހުން އިއްޔެ މަޖިލިހުގެ އިދާރާ އަށް އެންގި އެވެ.
އަދި ރިޝްވަތޭ ތިޔަ ވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،"--- ރައީސް
މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ ކުރާ ތުހުމަތާ ގުޅުވައިގެން މިރޭ ނޫސްވެރިއަކު ސުވާލު ކުރުމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ކަހަލަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އެއްވެސް މެމްބަރަކާ އެކު އެމްޑީޕީން ފައިސާގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ.
"އަދި ރިޝްވަތޭ ތިޔަ ވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް ދޫކުރައްވައި ޔާސިރާއި ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ބޭފުޅުންގެ ދާއިރާ އަށް ތަރައްގީ ގެނެވެން އޮތީ އެ ގޮތް ހިޔާރު ކުރައްވައިގެން ކަަމށް ވާތީ އެވެ. އެ ދެ މެމްބަރުން ވެސް އެހެން ވިދާޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް އެއީ ތެދެއް. ކުޅުދުއްފުށި އޮތް ގޮތް އަޅުގަނޑުމެންނަށް މިހާރު އެބަ އެނގޭ. އަދި ތޮއްޑު އާއި ރަސްދޫގެ ވެސް ރައްޔިތުންގެ ވިންދާއި އިހުސާސް ހުރި ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންވީމާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވިންދާއި އިހުސާސާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭ ބައެއް. ހަގީގީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ވެއްޖިއްޔާ އެ ކަން ކުރައްވަން ވާނީ އެހެން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާރު
30 August 2023
ފައިސާ އާއި މުދާ ހުރިއްޔާ މެމްބަރުންނާއި ކައުންސިލަރުން ގެންދިއުމަކީ ވަރަށް ފަސޭހަ ކަމެއް. ކައުންސިރުންނާއި މެމްބަރުންނަކީ މިހާރު މީހަކު އިތުބާރު ކުރާ ބައެއް ނޫން. މިކަމުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އަދި އެމީހުންނަށް ލިބޭނެ މާ ގިނަ ވޯޓެއްވެސް ނޯންނާނެ.
އިބުރޭ މިއީ
30 August 2023
ރިޝްވަތު ބޭނުން ނުކުރާކަން އެބަ އިނގެޔޭ ސަރުކާރު ކުންފުނިތައް ބޭނުން ކޮއްގެން ރައްޔިތުންނަށް އަދި ޖުޑިޝަރީއާ ބޭނުންވާ ކަންތައް ކުރަން
ސަތަރޭ
30 August 2023
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދޫފުޅުން ވިދާޅުވެއްޖެ 2 މެމްބަރަކު އަލުން އެމްޑީޕީއާ ގުޅުނީ ދާއިރާއަށް ތަރައްޤީ ބޭނުންފުޅު ވެގެންކަމަށް. އަދި އިބްރާހީމް މުޙައްމަދު ޞާލިހުވެސް އެކަން އެގޮތަށް ކޮށްގެން މެނުވީ ތަރައްޤީ ނުގެނެވޭނެ ކަމަށް ވިދާޅުވެ އިޢުތިރާފު ވެއްޖެ. އަބަދުވެސް މިސަރުކާރުން ދައްކާ ވާހަކައަކީ ކުޑަބޮޑުމިނެއް ނުބަލައި، ކުލައަކަށް ނުބަލައި ހުރިހާ ރަށެއް ތަރައްޤީ ކުރާނެ ވާހަކަ. މީ ދެން ކޮން ކަމެއްތޯ މީ އުފެދޭ ސުވާލެއް.
ފޫހި
30 August 2023
އަގާމެދު އެއްބަސްނުވެވެނީއަދި ދޯ؟ އެހެންނޫނީ މަނިކުފާނުގެ ސިޔާސަތު ގޯސްވެގެން ދިޔަ ބަޔަކު ހިނދުކޮޅެއްގެތެރޭގައި އެސިޔާސަތު ރަނގަޅުވާންވީ ސަބަބެއްނެތް.. ރިޝްވަތަކީ ހާދަހާވާ ނުބައިއެއްޗެކޭ.
ކއޔެހސި
30 August 2023
ލާރި އަޅަނީތަ
ގޔ6ގބ7ުބ
30 August 2023
ދުއާ ދެއްވި ބޭކަލުން ހިޔެއް ނުވޭ ފައިސާ އަޅާނެހެންނެއް..( މީހަކު ބުންޏަސް ގަބޫލުނުކުރާތި)
ހިނގައިފި ދީފި
30 August 2023
"ފައިސާގެ މުއާމަލާތެއް ނޯންނާނެ. ރިސްވަތޭ ތިޔަ ވިދާޅުވާ ފުޅާ މާނައިގައި ކަމެއް ނޯންނާނެ" މި އޮތީ އެއްބަސްވެފަ ނާޖާއިޒު ކޮންމެވެސް ކަންތައްތަކެއް ހުށައެޅިކަމަށް. މާ ނޫންކަމަށް ހެދެން މިގޮތަށް ދެ މާނަ ލައިގެން ވާހަކަ ދައްކާކަށް ނުޖެހޭނެ ކަމެއް ނުހިނގާނަމަ.
ކިހާވަރަކށްތޯ!
30 August 2023
ކިހާވަރަކަށްތޯ އަގު އުޅެނީ؟
ފެންސު
30 August 2023
ކޮން ވާހަކައެއް ދައްކަންއޮންނާނީ!!! ހެޔޮހިތުން އަންނަމީހަކާ ދައްކާނެ ވާހަކައެއް ހަދާނެ ޑީލްއެއް ނޯންނާނެ. ހަމަ އައިސް ގުޅެންވީ
އަފްރާސިޔާބު
30 August 2023
ތިކަން ގަބޫލު ނުކުރާނަން. ކޮންމެ މެންބަރަކަށް 40 މިލިއަން ރުފިޔާއާއި ލަގްޒަރީ އެޕާޓްމަންޓްގެ 3 އެޕާޓްމަންޓާއި 5 މިލިއަން ރުފިޔާގެ ހިލޭ އެހީއާއި ސަފާރީ ބޯޓަކާއި ހުށަހެޅީ. މިހާރު ނުގޮސް ތިބި މެންބަރުންނަށް އެވަރު މަދީ. އެމީހުން ހުށަހަޅާ އޭގެ އިތުރަށް 2 ފަޅު ރަށާއި ގުޅީ ފަޅުން ވެއަރ 200×200 ފޫޓުގެ ވެއަރހައުސް އަކަށްވެސް. މިވަރު ތަންކޮޅެއް ބޮޑު ކަމަށް ވާހަކައިގާ ބައިވާ މުޢުތަބަރު ފަރާތަކުން ނަންހާމަ ނުކުރާމަތިން ބުނަނީ.