"2018 ގައި ވެސް މި ރަށުން މެޖޯރިޓީ ދިނީ އިބޫއަށް. މި ބުރު ވެސް އެ ތާއީދު ބަދަލެއް ނުވާނެ"
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެ ތިބި މީހުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 އޯގަސްޓް 2023 - 18:15
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ގދ. ތިނަދޫން ގިނަ ބަޔަކު ނުކުމެ މި އިންތިހާބުގައި ވެސް އެމަނިކުފާނަށް 70 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯދައިދޭނެ ކަމުގެ ޔަގީންކަން ސަޕޯޓަރުން ދީފި އެވެ.
އަންނަ މަހު 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ސިޔާސީ ގޮތުން ވާދަވެރިކަމާއި ފޯރިގަދަ ތިނަދުއަށް ރައީސް މިއަދު ވަޑައިގެންނެވި އިރު، ރަށުގެ ބަނދަރުގެ އެއްކޮޅުން އަނެއްކޮޅަށް ސަޕޯޓަރުންގެ "ރީނދޫ ކުލައިގެ" ދިގު ސަފެއް އޮތީ އެތުރިލައިފަ އެވެ.
އެންމެން އެއް އަޑަކުން ގޮވަމުން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "އެކެބުރުން" ދެވަނަ ދައުރަކަށް ހޮވާނެ ކަމަށެވެ. ޖޯޝާއި ފޯރީގައި ނުކުމެ ތިބި ސަޕޯޓަރުން ބުނި ގޮތުގައި އެ ސަފުން ދައްކައިދިނީ އެމްޑީޕީގެ ރޫހު އޮތީ ތިނަދޫގައި ކަމެވެ.
މިފަހަރު ތިނަދޫން ރިކޯޑް އަދަދަކަށް އިބޫ ވޯޓު ނަގާނެ. -- ސަޕޯޓަރެއް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެ ތިބި ބަޔަކާ އެކު ސެލްފީއެއް ނަންގަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތިނަދޫން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާންކުރެއްވުމަށް ގަޑިއެއްހާއިރު ރައީސް ހޭދަކުރައްވަން ވެސް ޖެހިވަޑައިގަތެވެ.
"މިފަހަރު ތިނަދޫން ރިކޯޑް އަދަދަކަށް އިބޫ ވޯޓު ނަގާނެ،" ސަޕޯޓަރުންގެ ސަފުގައި ހުރި މީހަކު ބުންޏެވެ.
ބައެއް މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި، ތިނަދޫ މީހުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައި އެއް ކަމަކީ މި ރަށް ސިޓީއަކަށް ބަދަލުކޮށްދިނުމެވެ. ރައީސްގެ މި ދަތުރުގައި އެކަން އިއުލާންކުރައްވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެ އެވެ.
"2018 ގައި ވެސް މި ރަށުން މެޖޯރިޓީ ދިނީ އިބޫއަށް. މި ބުރު ވެސް އެ ތާއީދު ބަދަލެއް ނުވާނެ،" ސަޕޯޓަރުންގެ ސަފުގައި ހުރި މީހަކު ބުންޏެވެ.
މި ރަށުގެ އެމްޑީޕީ ބައެއް މީހުން ބުނި ގޮތުގައި، މި އިންތިހާބުގައި ރައީސަށް 70 ޕަސެންޓް ވޯޓު ތިނަދޫން ލިބޭނެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެ ތިބި ބަޔަކު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ދަތުރުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް އާއި ތިން ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުތް މީހުން ސަފުގައި މީހަކު އުރައިގެން ހުރި ކުޑަކުއްޖެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތިނަދުއަށް ރައީސް ކުރައްވާ މި ދަތުރުފުޅުގަަައި ގއ. އާއި ގދ އަތޮޅު ގުޅުވައިދިން އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވި އެވެ. ފައްޓަވަައިދެއްވަން ވަނީ ހަމަޖައްސަވައިފަ އެވެ. އަދި މިރޭ މި ރަށުގައި ބޮޑު ކެމްޕެއިން ޖަލްސާއެއް ވެސް ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެނަދޫކޫދެ
31 August 2023
މިއައްވުރެ ލަދުހަޔާތް ކުޑަބަޔަކު އުޅޭ ރަށެއް ނޯންނާނެ. ޔާމިންގެ ސަޕޯޓަރެއްނޫން އަޅުގަޑަކީ އެކަމަކު ޔާމިން މާލެއަށް ކޮށްނުދޭ ތަރައްގީ ތިނަދޫއަށް ކޮށްދިން. ދެފުއްކެހެރިކަމުގެ ލާމަސީލު ބައެއް.
ބޮޑުމީހާ
31 August 2023
މިކަހަލަ މަންޒަރު ދައްކާފަ ވޯޓް ފޮށިން ބަލިކޮށްލަަންޖެހޭ، ސަބަބަކީ ދެންވެސް އަންނަ ރައީސުންނަށް ފިލާވަޅެއް ދޭންޖެހޭ، ހުސް ވައުދު އަންނަނީ އަންނަނީ ގަ ދައުރު ނިންމިޔަކަސް ލިބޭނެ ވޯޓެއް ނޯންނާނެކަން.
މޭރާ ޚެޔާލް
31 August 2023
ތިނަދޫ ރައްޔިތުން ތިހެން ގުނބޯއެއް ނުހެއްދޭނެއެވެ. އިބޫގެ ނާޤާބިލުކަން ތިނަދޫ ރައްޔިތުންނަށް އޮޅިފަކާ ނެތެވެ.
ތަކުރާ
31 August 2023
ތިކަމާ ނުވެއްނޭ
ތެދު ބަސް
30 August 2023
2018 ގައި އޮތް ހާލަތެއްނޫން މިހާރު އޮތީ ކޮންމެ ގޮތެއް ވިޔަސް. އެއިރު ލިބުނު ވަރަކަށް މިހާރަކު ނުލިބޭނެ.
ފެނަކަ
30 August 2023
ކޮބާ ފެނަކައާއި ރާއްޖޭގެ އެތަންމިތަނުން ގެންދިޔަ 8 ސަތޭކައަށްވުރެ ގިނަމީހުން؟ ގަދަކަމުން ގެންދިޔަ އެ މީހުން ވޯޓުދޭނެތަ؟ އެމީހުން ވޯޓުލާނީ ތިނަދޫ ފޮށްޓަށްތަ؟
ކޭކޮޅާދޭ
30 August 2023
2018 ގައި އޮތް ހާލަތެއްނޫން މިހާރު އޮތީ. އެއިރު ލިބުނު ވަރަކަށް މިހާރަކު ނުލިބޭނެ.
އަލްމުދިޝް
30 August 2023
ތިނަދޫގެ ހާހެއްހާ މިހުން އެއްވެލިޔަަަސް މިހީވަނީ ސޯލިހުމިފަހަރު ހޮޮވާފާނެ ކަމަށް ތޯޢެވެ. އާބާދީގެ މެޖޯރިޓީ އޮތީ ސަރުކާރާ ދެކޮޅަށެވެ. މިކަން ސެޕްޓެމްބަރ 10 ވަނަދުވަހު ހެނދުފެނިގެން ދާނެއެވެ.
ޢަލީ ދީ
30 August 2023
ޢަތޮޅު އެންމެން ތިނަދޫ ރީންދޫ ސަފުގައި. ??
ކޮމެންޓްކުރަމީހާ
30 August 2023
އެއްބުރުން އިންތިހާބު ކާމިޔާބުކުރާ ކެނޑިޑޭޓުން ހައްތާވެސް....
ރަނގަޅު
31 August 2023
ކޮންމެ މީހަކު ކޮންމެ އިރެއްގައި ކާމިޔާބު ކުރިއަސް، އެވާނީ އެއްބުރުން ކަމަށް. ސުވާލަކީ ފުރަތަމަ ބުރު ތޯ ނުވަތަ ދެވަނަ ބުރު ތޯ...