ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އީސީގެ ނިންމުމަށް މަރުހަބާކީ
04 ސެޕްޓެމްބަރ 2023 - 17:57
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމުން، އިދިކޮޅު ޕީޕީއެމުން މިއަދު އެ ކަމަށް މަރުހަބާ ކިޔައިފި އެވެ.
އިލެކްޝަން ކޮމިޝަނުން އެ ގޮތަށް ނިންމީ، ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތުތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މައްސަލަތަކެއް ފާހަގަކުރުމުންނެވެ.
ޕީޕީއެމުން ކުރިން ތުހުމަތު ކުރި ގޮތުގައި ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ކުލައެއްގެ ގަލަމުން ފާހަގަ ޖަހަން ސަރުކާރުން ވަނީ މަޖުބޫރު ކުރަން ފަށައިފަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ނޫސްވެރިން ގާތު ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ގެނައި ބަދަލުގެ ނަތީޖާއަކީ މިނިވަންކަމާ އެކު ވޯޓުލުމުގެ ހައްގު ކަށަވަރުވުން ކަމަށެވެ. ފާހަގަ ޖަހާ ކުލައިން ނުވަތަ ޖަހާ ގޮތަކުން އެއީ ކާކު ލީ ވޯޓެއްކަން މިހާރު ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރަކު ތިޔަބޭފުޅުންގެ ވޯޓު ދެނެގަނެވޭނެ ގޮތެއް ނޯންނާނެ. މިނިވަންކަމާ އެކު ތިޔަބޭފުޅުން ބޭނުންފުޅުވާ ކެންޑިޑޭޓަށް ވޯޓު ލައްވަވާ،" ތޮލާލް އެދިވަޑައިގަތެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ވޯޓުލާ ދުވަހު ބޭނުންކުރެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެ ގަލަމެއް ކަމަށާއި އެ ނޫން އެހެން އެއްވެސް ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖަހާފައިވާ ނަމަ އެ ވޯޓެއް ބާތިލް ކުރާނެ ކަމަށެވެ.
މިހާރަކު ތިޔަބޭފުޅުންގެ ވޯޓު ދެނެގަނެވޭނެ ގޮތެއް ނޯންނާނެ. މިނިވަންކަމާ އެކު ތިޔަބޭފުޅުން ބޭނުންފުޅުވާ ކެންޑިޑޭޓަށް ވޯޓު ލައްވަވާ،"--- ތޮލާލް
"އަމިއްލަ ގަލަމެއް ހިފައިގެން އަންނަ މީހާގެ ގަލަން ޗެކްކުރާނެ އަޅުގަނޑުމެންގެ އޮފިޝަލުން. އެއީ ކޮން ކުލައެއްގެ ގަލަމެއްތޯ އެއީ އާދައިގެ ގަލަމެއްތޯ. އެގޮތަށް ޗެކް ކުރާއިރު އެއީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ނޫން ކަމަށްވަންޏާ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ،" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކިވަކި މީހުންނަށް ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ލާން އަންގާ މައްސަލަ ފާހަގަވެފައި ވަނީ މި ފަހުން ބޭއްވި ބައި އިލެކްޝަންތަކުންނެވެ. އެ އިންތިހާބުތަކުގައި ބައެއް މީހުން އެގޮތަށް އަންގާފައިވާ ކަމުގެ މައްސަލަ ވޯޓުލާން ދާން މީހުން ކޮމިޝަންގެ އޮފިޝަލުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް..
05 September 2023
މިމީހުން ވޯޓުން ބަލިވާއިރަށް އަދިވެސް ބުނާނއ މިނިވަން އިންތިހާބެއް ނޫނޭ.
ތަކުރުބެއްޔާ
04 September 2023
ނޫކުލައިގަ ވެސް ހުރެދާނެ ފާހަގަ ވެއްޓޭ ގަލަން.. މަ ފާހަގަ ޖަހާނީ 3 ގައި އޭރުން 4 ވެއްޓޭނެ. ކުލައަކުން އަދި ފާހަގަ ވެއްޓުން ހައްލެއް ނުވާނެ.
ސީދިބޭ
04 September 2023
4 އަށް ވޯޓް ލީމަ 3 ގޮޅި އަށް މިފަހަރު ނުވެއްޓޭނެ، މިވެސް ޕޕ ކުދިން ގަބޫލުކުރާ ކަންތަށް، ދެން ކިހާ މޮޔަ ހައްދާ ލެވޭނެ. ގިނަ ދިވެހީންގެ ތެރޭގައި ގިނައީ ގަމާރުން،
އަލްމުދިޝް
04 September 2023
ނޫވެގެން ޕީއެންސީން މުއިއްޒު އެއްވަނައިގާ އޮވެ ލަބީބް ދެވަނައަށް ގޮސްގެން ނޫކުލައިގެ މައްސަލައިގާ ސްޕްރީމްކޯޓަށް އެމްޑީޕީ ނުދާނެބާއެވެ.
ފައިސާބެހުން
04 September 2023
ފާޑުފާޑުގެ ވާހަކަ ދއްކާއިރު ވޯޓުން ބަލިވާނެކަން ވެސް އެނގުމަކީ ކޮންބައެއްގެ ފަރާތުން ލިބިގެން އުޅޭ އޯޑަރެއްބާ،، މިހާއަވަހަށް ވޯޓަށް އަތްބާނާ ނުފޫޒު ފޯރުވީތާ، މިހާރުވެސް އެބަ ކުޅުދުއްފުށީގާ ފައިސާބަހާ ކެރެންޏާ ނިކަން އެވާހަކަ ދައްކާލަ ބަލާ.!!!
އަލިފާންފޮށި
04 September 2023
އަނގޮއްޑި އަޅައިގެން ވޯޓް ލާން ވަދެވޭނެތޯ ނޫސްވެރިން ސާފުކޮއްލަދެއްވުން އެދެން.
ބޮޑުރިޔާ
04 September 2023
އެހެންވީމާ އެންމެން 3 އަކަށް ވޯޓް ލާނީ އޭރުން 4 އަކަށް ވެއްޓޭނެޔޯ ކުރިންފަހަރުަހެން
ޓެރޭ
04 September 2023
ވޯޓު ވެއްޓޭ ވާހަކަ ދެއްކީ ފުރަތަމައިނުން އެމްޑީޕީން، ފަހުން އެވާހަކަ އެގޮތަށް ދެއްކީ ޓީޥީ މުއާ ކިޔާ މީހެއް... އޭނަ މިހާރު ހުރީ ސާލިހުގެ ފަހަތުގައި
ރުންކުރު
04 September 2023
މި މީހުންނަށް ކަމުދާ ހަމަ އެއްގޮތްވެސް ނޯންނާނެ. ހަމަ ބަލިވެއްޖެކަން އެނގުނީ އެކި ފާޑު ފާޑުގެ ދޮގު ތުހުމަތުތައް އެކި މީހުންގެ ބޮލުގައި އަޅުވާ އިންތިހާބު އޮޅުވާލީކަމަށް ހަދާނެ. މިއީ މާކުރިންވެސް އެނގޭ ކަމެއް.
އަލި ބެއްޔާ
04 September 2023
އެކަމަކު ވޯޓުލާ މީހުން 4 އަށް ނައަޅާފިނަމަ މީނަ ބުނާނީ ކީކޭ؟؟؟
އަފްރާސިޔާބު
04 September 2023
4 ގައިޖަހާ ފާހަގަ އަރާ މަތީގައި ޖެހިގެން އޮތް ނަންބަރުގައި ހަރުލަނީ. އެއީ އޭގައިވާ ފާޑެއްގެ ލޭޔަރަކުން ވާގޮތެއް. 4 ގައި ޖަހާ ފާގަ ފޭދިގެން ގޮސް ވަޔަށް އަރައިގެން ދަނީ ކަމަށް ބެލެވެނީ. ބަރާބަރު 8 ގަޑި އިރު ފަހުން 3 ވަނަ ނަންބަރުން ކަޅުން ރަނގަޅު ފާހަގަ ދައްކާލަނީ. ވަރަށް ބޮޑަށް ރޭވިގެން ހިނގާ ކަމެއް އެއީ.
ޖުން
04 September 2023
މި އަނިޔާވެރި ކަރަޕްޓް ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަން ސޮއިކުރަމުންދާ ސޮއިކުރުން ހުއްޓުވަބަލަ.އެކި އެކި ޕްރޮޖެކްޓް ނަމުގަ.
ސަރީރުރި
04 September 2023
އެހެންތަ