ރުބީނާ ދިލައިކް އާއި އޭނާގެ ފިރިމީހާ އަބީނަވް ޝުކްލާ.
01 ސެޕްޓެމްބަރ 2023 - 06:33
އިންޑިއާގެ ޓީވީ ޑްރާމާތަކުގައި މަޝްހޫރު އެކްޓްރެސް ރުބީނީ ދިލައިކް އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އޭނާ ބަނޑަށް މިހާރު ހަތަރު މަސް ވެއްޖެ އެވެ.
ރުބީނާ ކައިވެނިކޮށްގެން އުޅެނީ އިންޑިއާގެ ޓީވީ ޑްރާމާތަކުގައި މަޝްހޫރު އެކްޓަރެއް ކަމަށްވާ އަބީނަވް ޝުކްލާއާ އެވެ. އެމީހުން ކައިވެނި ކުރީ 2018 ވަނަ އަހަރެވެ.
މިފަހުން ދައުރުވި ރުބީނާގެ ބައެއް ފޮޓޯތަކުން އޭނާ ބަނޑުބޮޑު ކަމަށް ހީވެގެން ބައެއް ފޭނުން ވަނީ ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ދައްކައިފަ އެވެ. އަދި މެޓާނިޓީ ކްލިނިކެއްގެ ބޭރުން ރުބީނާގެ ދެމަފިރިން ފެނިގެން ވެސް އެ ވާހަކަ ދެއްކި އެވެ.
އެ ދެމަފިރިންނާ ގާތް މީހަކު ބައެއް ނޫސްތަކަށް ބުނި ގޮތުގައި، އެމީހުން އާންމުކޮށް އެ ވާހަކަދައްކާކަށް ބޭނުމެއް ނުވެ އެވެ. އެހެންވެ، ބަނބޮޑުކަން އިއުލާންނުކުރީ އެވެ. އަދި ދަރިފުޅު ވިހަން އެމެރިކާ އަށް ދާން ވެސް ދެމަފިރިން ވަނީ ނިންމައިފަ އެވެ.
ރުބީނާ އަށް އިތުރު މަޝްހޫރު ކަމެއް ލިބުނީ 2020 ވަނަ އަހަރު އިންޑިއާގެ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 14 ވަނަ ސީޒަންގައި ބައިވެރިވި ފަހުންނެވެ. އެ އަހަރު އެ ޝޯގެ އެއްވަނަ ވެސް ހޯދީ އޭނާ އެވެ. ބިގް ބޮސްގެ އެ ސީޒަންގައި ރުބީނާއާ އެކު އޭނާގެ ފިރިމީހާ އަބީނަވް ވެސް ބައިވެރިވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
02 September 2023
ދިވެހިން ދަންނަ މީހެއްނަމަވެސް ރަނގަޅުދެން..
އަބްޑޫޅް +
01 September 2023
ދެރައީ އޭނަ ގައިގަ މާބޮޑަށް އިންޑިޔާ ސިފަ ޖަހާތީ.