ޚަބަރު / ފައްޔާޒު އިސްމާއިލް (ކުރީގެ މިނިސްޓަރު)

ޑޭޓާ ބަލަހައްޓަނީ އަޅުގަނޑު، ރައީސް ކާމިޔާބުކުރާނީ 56 ޕަސެންޓަށް ވުރެން މަތިން: ފައްޔާޒް

ކާނިވަލުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: އިންތިހާބު ފެންނަނީ އެއްބުރުން މޮޅުވާތަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވި. -- ފޮޓޯ | ނިޝާން އަލީ | މިހާރު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރު ކާމިޔާބު ކުރައްވާނީ 56 ޕަސެންޓަށް ވުރެން މަތިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން, އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ކާނިވަލުގައި މިރޭ ބޭއްވި "އުފާވެރި މާލެ" ޖަލްސާގައި ފައްޔާޒް ވިދާޅުވީ މި ކެމްޕޭންގައި އޭނާ ބަލަހައްޓަވާ ޑޭޓާތަކުން ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއް ބުރުން އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށް ވިދާޅުވި އެވެ.

"މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަނޑު. ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެން އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން," ފައްޔާޒް ވިދާޅުވި އެވެ.

"އުފާވެރި މާލެ" ޖަލްސާއަށް ދިޔަ ސަޕޯޓަރުން: މި ޖަލްސާއިން ވޯޓުގެ ނަތީޖާ ފެނިއްޖެ ކަމަށް ފައްޔާޒް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ލަފާކުރައްވާ ޕަސެންޓޭޖް ވިދާޅުވެ ކާނިވަލުގައި ތިބި އެންމެންނާ އެކު ފޯރީގައި އެއްބުރުން ތަކުރާރުކުރައްވައި ފައްޔާޒް ވިދާޅުވީ "އަޅުގަނޑު ހޮވީ މި ޕާޓީ ހިންގާލަން" ކަމަށެވެ.

"ރައީސް ވިދާޅުވި ގޮތަށް އިތުރުވާ ކޮންމެ ދުވަހަކީ އެ 56 ޕަސެންޓް އިތުރުވާނެ ދުވަސް. އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ސެޕްޓެމްބަރު 9 ގައި އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނީ ބޮޑުކޮށް," އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމުގެ ކެމްޕޭނަށް މާލޭގައި މިރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދާއި ދަރިކަލުންނާއި ދަރިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ފައްޔާޒް ވިދާޅުވި ގޮތުގައި އައްޑު އާއި ފުވައްމުލަކުގެ މެޖޯރިޓީ ވެސް ލިބޭނެ އެވެ.

އެމްޑީޕީން ވަކިވި މީހުން ބޭނުންވަނީ އަނިޔާ އިޔާދަކުރަން، ދާނީ ހަތަރަކަށް

ފައްޔާޒް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދައި އިންތިހާބަށް ނުކުމެވަޑައިގެން ކުރައްވާ މަސައްކަތަށް ބަހުގެ ހަމަލާތަކެއް މިރޭ ދެއްވައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި އަމިއްލަ އެދުމުގައި ނުކުމެ ބޭނުން ވަނީ އަނިޔާވެރިކަން އިޔާދަކުރުމެވެ.

"ވެރިކަން ނުލިބުނީމާ ނޫނީ ވެރިކަމުގެ ބޭނުމުގައި ނޫނީ ސަރުކާރުގައި ބޭނުންވާ ވަރަށް ސަރުކާރުގައި ބައިވެރިނުވެވުނީމާ އެއީ ދެން ތިބި ރައްޔިތުންނަށް އޭގެ ހަސްކާ ދޭން ޖެހޭ ކަމެއް ނޫން," ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަށް ލިބިވަޑައިގަންނަވާނީ މި އިންތިހާބުގައި ހަތަރު ވަނަ ކަމަށެވެ.

"ޑިމޮކްރެޓްސްގައި ތިބި އާއްމު މެމްބަރުންނަށް އަޅުގަނޑު ދަންނަވާނީ ތި ބޭފުޅުންގެ ވޯޓު ބޭކާރު ނުކުރައްވައި އަޅުގަނޑުމެންނާ ގުޅިވަޑައިގެން ޕަސެންޓޭޖް 60 އިން މައްޗަށް ގެންގޮސްދެއްވާށޭ،"

"އުފާވެރި މާލެ" ޖަލްސާގައި އެމްޑީޕީގެ މެމްބަރުންތަކެއް ފޯރި ނަގަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސްއާ ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިން ގެއަށް ވައްދައި ފޮރުވައި މުޖުތަމައުން އެކަހެރިކުރާ ހާލަތު މި ގައުމުގައި މެދުވެރިވާން ބޭނުން ނުވާ ކަމަށެވެ. އަފްޣާނިސްތާނުގެ ހާލަތު ވެސް މި ގައުމަށް މެދުވެރިވާން ނޭދޭ ކަމަށާއި މިއީ ވިސްނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

މި ފަސް އަހަރު ހޭދަކުރީ, ފައްޔާޒް ވިދާޅުވި ގޮތުގައި, އަނިޔާނުކޮށް ބިރުވެރި ހާލަތަށް ނުވައްޓައި އެންމެންނަށް ޖާގަދީގެން އަމާންކަމުގަ އެވެ. އެކަމަކު އޭގެ ކުރީގެ ވެރިކަންތަކުގައި ގާޒީން ހައްޔަރުކޮށްފައިވާ ކަމަށާއި އެފަދަ ބިރުވެރި ހާލަތެއް މިހާރު ނެތް ކަމަށް ވިދާޅުވި އެވެ.

48 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދުން999

10 September 2023

ހިސާބުގޯސްވީ ގައުމުގައި ހަމަހަމަ ކަމެއް ނެތި ގާނޫނުގެ ރައްކާތެރިކަން ނެތިކޮށްލައި ގިނަރައްޔިތުންގެ ހައްގު ފޭރިގަތީމަ. ކޮބާތަ ބިިންވެރިންގެ އުސޫލޭކިޔައިގެން ހެދި އުސޫލު. ދިރާސާ ކޮށްލަބަލަ، ކޮބާތޯ ބެލުމެއްނެތި ދޫކުރި ގޯތިތައް. ކޮބާތޯ ރާއްޖެތެރެއިން މާލެ އައިސް މާލޭގައި އުމުރު ދުވަހު ދިރިއުޅުނު މާލޭގެ ރައްޔިތުންގެ ހައްގު. ދަފްތަރުމީހުންގެ ހައްގުތައް. އެއީމަދު ބައެއްކަމަށް ޖެހި ހިސާބު ގޯސްވީ. ނަތީޖާ ވަރަށް ސާފުނޫންތޯ؟ އަދި ހަމަ ޅައީ، ތަޖުރިބާ ؟؟؟

The name is already taken The name is available. Register?

ރުންކުރު

03 September 2023

ހުރިހާ ކެނޑިޑޭޓުންވެސް ރަނގަޅު. އެކަމަކު ކަންކަން ކުރެވޭ، ކުރާނެ އަދި ކޮށްފަ އެންމެ ފުރިހަމަ އަށް ދައްކާފަ ހުރީ އިބޫ....ނަންބަރު 3....ތަރައްޤީ ގެރެންޓީ!!!

The name is already taken The name is available. Register?

ލީލީ

02 September 2023

ކިޔަވާގެން ނިކުންނަ ކުދިންނަ މީހުންނައް ލިބެނީ ކުޑަމުސާރައެއް .. ސިޔާސީ މަގާމުތަކަށް ލާރިއޮއްސީ އެތައްހާސް ސިޔާސީ މަގާމުތަކެއް އުފައްދާ ޕާޓީކުދިން ނައް ބޮޑުމުސާރަ ބެހީ

The name is already taken The name is available. Register?

މީލު

02 September 2023

މީ މިހާރު އެހެން އިބޫއެއް ގޮތް ބަލާލަންވެސް ފުރުސަތުދެއްވާ ދެވަނަ ދައުރެއްގަ މަސްރޫއުތައް ސުލޯއެއް ނުވާނެ އަލުން އެކަންޑުވެސް ހޯދާނެ ހުރިހާ ސިއްރު އެއްބަސް ވުންތައް ހާމަކުރާނެ

The name is already taken The name is available. Register?

އިންމަ'

02 September 2023

އަދިވެސް ގަބޭުލެއް ނުކުރަން %40 އައަްވުރެ މަތިން ލިބޭނެކަމަކަށް .. މުއިޒު ތާއީދު ފެނިފަ އެމުޑީޕީން ތިވަރަކައް ތިތެޅޭނީ

The name is already taken The name is available. Register?

އަސްތާ

02 September 2023

ފައްޔާޒަކީ ކުއްޖެއްކަމަށް އަމިއްލައަށް ތިހެން ބުނާނަމަ ތިއޮތީ ފުރަތަމަ ބަލަހައްޓަންޖެހޭ ޑޭޓާވެސް ރަގަޅަށް ނުބެލެހެއްޓިފަ. އެ ޑޭޓާ އެއޮތީ ވަރަށް ގޯސްކޮށް.

The name is already taken The name is available. Register?

ސަމީރު

02 September 2023

200% ބުނިނަމަ އަންތަރީސް ނުވީސް، ރޭގައި ޖަލްސާއަށް އައި މީހުންގެ ލޯންޗު ކިއު ފެނުނުނަމަ ތިވާހަކަ ނުދެއްކީސް ، މޮއޮއް ބޮޑު މާލެއިން ނެތް ބަޔަކު ޖަމާވެފައި

The name is already taken The name is available. Register?

މަންޑ

02 September 2023

އިންތިހާބު ބާއްވަނީ ކީއްކުރަން ދެން؟

The name is already taken The name is available. Register?

ލުތުފީއަލީ

02 September 2023

100 % ވުރެން މަތިންނޭ ނުބުނީ ކީއްވެބާ؟ ހީވަނީ ލިބޭނީ 46 ހެން.

The name is already taken The name is available. Register?

އިވައްޓެ

02 September 2023

މަށައް ފެއްނަ މަންޒަރުން ހީވަނީ 86 ޕަސެންޓު ލިބޭނެ ހެން. ދެން ތިބި ގާސިމާ އައްނި މައުމޫނު ނާޒިމުމެން މީ މާލޭ ބެފުޅު ގަބީލާތަކުގެ ސަރުދާރުން. މަތީފަޑި. ޓޮޕް 1 ޕަސެންޓް. ޑީޕްސްޓޭޓު. މުއިއްޒުވެސް އަކީ ސަރުދާރެއްގެ ހާދިމެއް. މި މަތީފަޑީގަ އެއްމެނާ ނި ގަބީލާ ތަކުގެ ހާދިމުންނާ އެއްކޮއް 10 ޕަސެންޓު ވަނީ. އައްނިއާ ހެދީ އެމްޑީޕީ އައް ވޯޓު ނުދޭން ތިބިމީހުންވެސް މިހާރު އޯކޭ އައްނި ބޭރު ކުރީމަ. އިބޫ 86 ޕަސެންޓް ކަށަވަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454