ޕްރިޔަންކާގެ މައިދައިތަ ޕްރޭމްކޮށްގެން ގެންގުޅޭ ޅީދަރިންގެ ފޮޓޯގަނޑު (ކ).
03 ސެޕްޓެމްބަރ 2023 - 07:03
ޕްރިޔަންކާ ޗޯޕްރާގެ މައިދައިތަ، ޑެނީސް ޖޯނަސް އޭނާގެ ހުރިހާ ޅީދަރިންގެ ފޮޓޯގަނޑެއް ފްރޭމްކޮށްގެން ގޭގައި ގެންގުޅޭ ކަމަށް ބުނެފި އެވެ.
އެންބީސީގެ "ޓުޑޭ ޝޯ"އަށް ދިން އިންޓަވިއުއެއްގައި ޑެނީސް ބުނީ އޭނާގެ ދޮށީ ތިން ފިރިހެން ދަރިން ކަމަށްވާ މަޝްހޫރު "ޖޯނަސް ބްރަދާސް"ގެ އަނބިންނާ އޭނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އެ ތިން ޅީދަރިންނަކީ ވެސް ވަރަށް ހެޔޮ، އެކުވެރި ބައެއް ކަމަށް އޭނާ ބުންޏެވެ.
މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ "ޖޯނަސް ބްރަދާސް"ގެ ތެރެއިން އެންމެ ދޮއްޓަށް ހުންނަ ކެވިން ޖޯނަސް އިނދެގެން އުޅެނީ ޓީވީ ތަރިއެއް ކަމަށްވާ ޑެނިއެލް ޖޯނަސްއާ އެވެ. ޖޯއީ ޖޯނަސް އިނދެގެން އުޅެނީ އިނގިރޭސި އެކްޓްރެސް ސޯފީ ޓާނާއާ އެވެ. އަދި ޕްރިޔަންކާއާ އިނދެގެން އުޅެނީ އެތަނުން އެންމެ ހަގަށް ހުންނަ ނިކް ޖޯނަސް އެވެ.
އެ އާއިލާގެ އެންމެ ހަގަށް ހުންނަ ފްރެންކީ ޖޯނަސް އަދި މީހަކާ ނީނދެ އެވެ.
ޑެނީސް ބުނީ އޭނާ ގޭގައި ފްރޭމްކޮށްގެން ގެންގުޅޭ ފޮޓޯގަނޑަކީ ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏަށް އިންޑިއާއަށް ގޮސް އުޅުނު ދުވަސްވަރު، ނެގި އެ ތިން ޅީދަރިންގެ ފޮޓޯއެއް ކަމަށެވެ. އެއީ ޕްރިޔަންކާގެ މެހެންދީ ހަފުލާގައި ނެގި ފޮޓޯއެއް ކަމަށް ބުންޏެވެ.
"މިއީ ވަރަށް ލޯބި ފޮޓޯއެއް. މިއީ އަހަރެންގެ އެންމެ ފޭވަރިޓް އެއް ފޮޓޯ... އެ ތިން ދަރިން،" އޭނާ ބުންޏެވެ.
"މި ފޮޓޯގަނޑު ހަރުކޮށްފައި ހުންނަނީ ގޭގެ ސިޑި މަތީގައި. ސިޑިން އަރައިގެންދާ ކޮންމެ ފަހަރަކު މި ފޮޓޯގަނޑު ފެންނާނެ."
ނިކްގެ މައިންބަފައިން ވަރަށް ރަނގަޅު ވާހަކަ ޕްރިޔަންކާ ވެސް ވަނީ އެކި އިންޓަވިއުތަކުގައި ބުނެފަ އެވެ.
ނިކް އާއި ޕްރިޔަންކާ ކައިވެނިކުރީ 2018 ވަނަ އަހަރެވެ. އެ ދެމަފިރިންގެ ދޮޅު އަހަރުގެ އަންހެން ކުއްޖަކު ވެސް މިހާރު އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންނާބު ކީ ކަހާނީ 2
05 September 2023
ތިން ޅީ ދަރިން ދެކެ ލޯބިވާކެމެއް ނޭނގެ، 3 ވަނަ ކުއްޖާ ފޮޓޯ ފުރޭމުން ދ ބައިކޮޅު އެއް ބައި އޮތީ ބޭރު ކޮށްލާފަ.
އަވަށްޓެރި ޓްރަމްޕު
03 September 2023
ނިކު ގެ އަމާ އެއީ ވަރަށް ހީވާގި ހިތް ހެޔޮ މީހެއް
އަލްމުދިޝް
03 September 2023
ދުނިޔެވީ ހަޔާތުން މިކުދިންނަށް ﷲ މިންވަރު ކޮށްދެއްވި ރީތިކަމާއި އަރާމާއި ތަނަވަސްކަމުގެ ވާހަކަ މިތާއުފަލާއެކު އެބަދައްކައެވެ. އަދި އެހެންމެ ގިޔާމަތް ދުވަހުން މިއުފާތަށް މިންވަރު ކޮށްދެއްވި ﷲ ގެ ގިނަގުނަ ނިޔުމަތްތަކުގެ ވާހަކައިން އެއުރެއް އެތާތިބެ ވާހަކަ ދައްކާއުޅޭނެ ކަމުގަ ކީރިތި ޤްރުއާނުން ސާފުއިބާރާތުން ގެނެސްދީފަވެއެވެ.