އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ
03 ސެޕްޓެމްބަރ 2023 - 21:44
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މިރޭ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސް ކެމްޕެއިނަށް މިއަދު ހަވީރު މަކުނުދޫ އަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ފަސްވީ އެވެ. އެމަނިކުފާނު މަކުނުދޫ އަަށް ވަޑައިގެންނެވީ މިރޭ 9 ޖަހަަނިކޮށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ
އެމަނިކުފާނަށް މަރުހަބާ ކިޔުމަށް މި ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ނުކުމެ ތިއްބެވެ. ކުދިބޮޑު ގިނަ ބަޔަކާއި އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ތިއްބެވެ. މުޅި ބަނދަރު ސަރަހައްދު އޮތީ އެމްޑީޕީގެ ރީނދޫ ކުލަ އާއި، މި ރަށުގެ ބޮޑު ތައީދެއް އޮންނަ އާދަލަތު ޕާޓީގެ ފެހި ކުލައިގެ ދިދަތަކާއި ބެނާތަކުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ނުކުތް މީހުންގެ ސަފުގެ އެންމެ ކުރީގައި މި ރަށު ކައުންސިލުގެ ޕީޕީއެމް މެމްބަރުން ވެސް ތިބި އެވެ. އެތަނުން މެމްބަރަކު ވިދާޅުވި ގޮތުގައި، ރައީސަށް މަރުހަބާ ކިޔުމަށް އެ ބޭފުޅުން ނުކުމެވަޑައިގަތީ، ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް އިހުތިރާމް ކުރައްވާތީ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ
މަކުނުދޫން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި، މި ރަށު މީހުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ އެެއާޕޯޓެކެވެ. އަތޮޅުގެ އެހެން ރަށްތަކާ މާ ދުރުގައި ވަކިން އޮންނަ މަކުނުދޫ އަށް، މޫސުން ގޯސް ދުވަސްވަރެއްގައި ދަތުރުފަތުރު ކުރުމަކީ ރައްޔިތުން ބުނާ ގޮތުގައި "ބޮޑު ވޭނެކެވެ." އެހެންވެ، ބޭނުންވަނީ އެކަމަށް ހައްލެއް ގެނެސްދޭނެ ވެރިއެކެވެ.
"ކުރިން ސަރުކާރުތަކުން ވެސް ކީ ކޮށްދޭނަމޭ، ނުވި. އެކަމަކު ރައީސް ސޯލިހު މިހާރު އެ އޮތީ އެކަން ކޮށްދެއްވަން ފައްޓަވާފައި. މި ދިގު ސަފު މިއަދު މިތަނުގައި މި އޮތީ އެހެންވެ،" މީހަކު ބުންޏެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. މަކުނުދޫ ކައުންސިލްގެ ޕީޕީއެމް މެމްބަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
މަކުނުދޫގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ދައުލަތުގެ ބަޖެޓުން 16 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއާޕޯޓް ހަދަން 43 ހެކްޓަރުގެ ބިން ހިއްކަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ކުރައްވާ އެންމެފަހުގެ ކެމްޕެއިންތަކުގައި މިއަދު ވަޑައިގަތީ ހދ. ގެ ބައެއް ރަށްތަކަށެވެ. މާދަމާ ވެސް މި އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެ އެވެ. އަދި މާދަމާ ރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
04 September 2023
މަކުނުދޫ ކައުންސިލް ބޭފުޅުން ނަށް ސާބަސް . ފިކުރު ތަފާތުވިއަސް ވެރިމީހާ އަށް އިހުތިރާމް ކުރަން ވާނެ. އިހަވަންދޫ ދިއްދޫ ތަންތަނުން މިނަމޫނާ އެބަޖެހޭ ދަސްކުރަން.
ދަ ޑިމޮކްރެޓްސް.
04 September 2023
ވޯޓު ހޯދުމަށްޓަކައި އިބޫ ލައްކަ މަސައްކަތްތަކެއް އެބަކުރައްވާ. ވަޒީފާތައް ހަބޭސް. އެއް ގޮނޑިއަކަށް ދިހަ ބާރަ ބޯ. ސޮއިކޮށްފައި ގެއަށްގޮސް ނިދާލަންވީ. ބަރާބަރަށް މުސާރަލިބޭ. ކޮންމެ ރަށަކީވެސް ސިޓީއެއް. ސިޓީއަކުން ލިބޭ ހުރިހާ ޚިދުމަތެއް އެބަ ޤާއިމުކޮށްދޭން ބޭނުންވޭ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންކުރާ އުޞޫލެއް ބެލުމެއްނެތް. ޤައުމު ފުނޑުފުނޑުވެގެން ފައިބާ މަންޒަރެއް ނުފެނޭ. ކަރުނަ އަޅާބަޔަކު އަޅަންވީ.
މޫސަބެ.
04 September 2023
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ބީރައްޓެހި މޫނުތަކެއް
ހަމަތެދެއް
04 September 2023
އިބޫގެ ތަފާތަކީ ދިޔައީއެވެ. ޕީޕީއެމްގެ ކައުންސިލަރުންނާ ވެސް ހިނިތުންވެފައި ސަލާމްކުރުމެވެ. މަމެން ރަށަށް ރޔާމީން ވަޑައިގެންނެވި ދުވަހު އެމްޑީޕީގެ ކައުންސިލަރުންނާ ސަލާމް ނުކުރައްވައި އިގްނޯ ކުރެއްވީއެވެ. އިބޫވަރެއް ހަމަ ނެތެވެ.
ހައްގު،
04 September 2023
ދެންއަންނަ ދައުރެއްގަ މަކުނުދޫ ކަނޑުވިއްކާލަފަނެތި ރައްޔިތުން ތިބީ ހާސް ކަމެއްގަ
ހައްގު،
04 September 2023
މަކުނުދޫގަ މޫނުބުރުގާ އެޅި ޓީޗަރުން ރުޅިދއާދޭ
ހައްގައް ނަސްރު
04 September 2023
މަކުނުދޫ އައް އަދިކިރިޔާ އެެއައީ ވެރިކަން ނިމެން 5 ދުވަހައް ވީމަ އޭގެކުރިން އޮތްތަނެއްކަންވެސް ނޭގޭ
މަކުނުދޫ
04 September 2023
އެކަމަކުވެސް ވަރިހަމައެއްނުން. އެއޮތީވިއްޔާ ފެންނަން އޮތް ސަފުތައް. ދެރަނުވާތި މަކުނުދޫގެ 95 ޕަސެންޓް އަހަރެމެން ދޭނަން.
ޚިދުމަތް
04 September 2023
ރައްޔިތުންނަށް ޚިދުމަތްކުރެވޭނީ ޢިލްމީ ޤާބިލް އަދި ޙިކްމަތްތެރިންނަށް. މިދެ ކޮލިޓީވެސް މަނިކުފާންގެ ކިބައިން ނިމިދިޔަ ފަސްއަހަރު ފެނިފައިނެތް. ދެން ކީކޭތިކިޔަނީ؟
ސަލީމު އިދުރީސް
04 September 2023
އެއްމެ ހިކުމަތްތެރި މީހުން ސަޜާގެ ހިކިވައިގަ ހެދޭ ކަދުރުއް މިފަދަ ގައުމަކައް ބޮޑުއަގުދީ އެތެކޮއްފަ ދާއިމީކޮއް ބޮޑު ހެދަކޮއްގެންގެން ބަލަހައްޓަން މަސައްކަތް ކުރާބީ
ޙައްޤަށް ނަޞުރު
04 September 2023
އިންޝާ ﷲ، އަނިޔާވެރިކަން އަނބުރާ ޢިއާދައެއް ނުކުރެވޭނެ. އިދިކޮޅު ލީޑަރުންގެ އިތުރުން ސިޔާސީގޮތުން ޚިޔާލުތަފާތުވި އެކްޓިވިސްޓުންނާ، މަޖުލިސް މެންބަރުންނާ، މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނާ ފަނޑިޔާރުން ޖަލަށް ލައިގެން ހިންގި ވެރިކަން ގެންނަން ދިވެހިން ނޭދޭ. ދިވެހިން ހަނދާނެއްނުނެތޭ އެއަނިޔާ އާއި ނާމާން އަދި ބިރުވެރިކަން. 46 މަރު. ހުރިހާ މަރެއްގެ ހެކި ނައްތާލާފަ!
އަސްތާރު
04 September 2023
މޮޔަ ނުވޭ. ދިވެހިންތިބީ އިންޑިއާކިބައިން މިގައުމު ސަލާމަތްކުރުމުގެ ވަރުގަދަ ރޫހެއްގަ.
ސަލްމާން ޕީޕީއެމް
04 September 2023
މަމެން ރަށުގެ މަގުތަކުގައި ތާރު އަޅައިފި. ބަނދަރު ހަދައިފި. ނަރުދަމާ އަޅައިފި. ސްކޫލަށް އިތުރު 8 ކްލާސްރޫމާ ލެބެއް އިތުރުކޮށްދީފި. ފުޓްސަލް ދަނޑު އަޅައިދީފި. މިދިޔަ 40 އަހަރު މިތަން އޮތީ އަޅާނުލާ ވާނެ އެއްޗެއްވާން ދޫކޮށްލާފަ. މަމެން ހިތުގެ ލޯތްބާއެކު ރައީސްއަށް ވޯޓުދޭނަން. ބޭނުމީ ހަމަޖެހުމާ ތަރައްޤީ. ބޭނުމީ ހިތްތިރި ރައީސެއް. ވާދަވެރި ސިޔާސީ ޙަރަކާތަށް ފުރުސަތުދޭ ވެރިއެއް. ރައީސްގެ ޢާއިލާ އަކީ ދީނީ ބޭފުޅުން. ލޯފަން ބޭފުޅުންގެ 3 ޤާރީން އެބަތިބި.