އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. މަކުނުދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ
04 ސެޕްޓެމްބަރ 2023 - 06:54
ހދ. މަކުނުދޫގައި މިހާރު ހަދަމުން އަންނަ އެއާޕޯޓާ އެކު، މި ސަރަހައްދުގެ ޓޫރިޒަމް ފުޅާކުރުމަށް މި ރަށު ފަޅު ތެރޭގައި އިތުރު ރިސޯޓުތައް ހަދަން ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަކުނުދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަކުނުދު އަކީ އެހެން ރަށްތަކާ މާ ދުރުގައި، ގުދުރަތީ ގޮތުން މާ ރީތި ސިފަތަކެއް ލިބިފައިވާ ފަޅެއްގެ ތެރޭގައި އޮންނަ ރަށެއް ކަމަށެވެ.
މުޅި ރާއްޖެއާ ވަކިން އޮތް ނަމަވެސް، ރީތި ފަޅަކާއި ފަރަކާ، އެހެން ގޮސް ޓޫރިޒަމަށް އެންމެ ފައްކާ އެއް ތަން: ރައީސް
މަކުނޫދު އަކީ ޓޫރިޒަމްގެ ތަފާތު މަންޒިލަކަށް ހެދިދާނެ ކަމުގެ ޔަގީން ކަން، ރާއްޖޭގައި ރިސޯޓްތައް ހިންގާވާ ވިޔަފާރިވެރިޔާ އަދި އެމްޑީޕީގެ ކޯލިޝަން ޕާޓުނަރު އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވެސް ދެއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހދ. މަކުނުދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: އެމްޑީޕީ
"މުޅި ރާއްޖެއާ ވަކިން އޮތް ނަމަވެސް، ރީތި ފަޅަކާއި ފަރަކާ، އެހެން ގޮސް ޓޫރިޒަމަށް އެންމެ ފައްކާ އެއް ތަން،" ރައީސް ވިދާޅުވި އެވެ.
މި ރަށު ފަޅުގައި މިހާރު ވެސް އަންނަނީ ރިސޯޓެއް ހަދަމުންނެވެ. ރައީސް ރޭ އިއުލާންކުރެއްވީ، މި ފަޅުގެ ތެރޭގައި އަދި އިތުރު ރިސޯޓުތައް ހަދަން އިންވެސްޓަރުން ހޯދާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މަކުނުދޫ އެއާޕޯޓަށް ބިން ހިއްކާއިރު، އިތުރު ދެ ރަށް ނުވަތަ ތިން ރަށް ހިއްކާނެ ކަމަށާއި އެއީ ވެސް ޓޫރިޒަމަށް އަމާޒުކޮށްގެން ހިއްކާ ރަށްތަކެއް ކަމަށެވެ.
މަކުނުދޫ އެއާޕޯޓު ހެދުމަށް 43 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރަން 16 މިލިއަން ޑޮލަރަށް ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ވަނީ ހަވާލުކޮށްފަ އެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން މިއަދު ވަނީ ފަށައިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހދ. މަކުނުދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: އެމްޑީޕީ
• މެރިކަލްޗާ އަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުން.
• ބިން ހިއްކައި ފްލެޓް އެޅުން.
• މަގުތަކުގައި ތާރު އެޅުން.
• ފުޓްބޯޅަ ދަނޑެއް ހެދުން.
• ބަނދަރު ފުންކުރުން.
• އައިސްޕްލާންޓެއް ހެދުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
04 September 2023
މީގެ މީހަކަށް ނުކެރޭ 2018 ގަ ވީ ވައުދުތަކުގެ ވާހަކަ ދައްކާކަށް. ވައުދުތައް މަތިމައްޗަށް ވާއިރު ރާއްޖޭގެ އިގްތިސާދާއި ލިބޭ އެއްޗަކާއި ދެކޮޅުޖެހޭތޯ ބަލާލުމެއްވެސް ނެތް. ޑިމޮކްރެސީއެއްގައި ރައްޔިތުންގެ ދައުރަކީ އަތްތިލަބަޑިޖަހައި ނެށުމެއް ނޫން. ވެރިން ޒިންމާދާރުކުރުވައި މިވާ ވައުދުތަކުގެ ދެކޮޅުޖެހޭތޯ ބެލުމަކީ ރައްޔިތުންގެ ޒިންމާއެއް
ބޭހޮއްކޮ
04 September 2023
ކޮންމެ މީހަކައްވެސް 5 އަހަރުގެ ދައުރެއް ރަނގަޅީ. ދެން ބޭނުމީ އާ މީހެއް
ވެބޫ
04 September 2023
5 އަހަރުން ނުވި ..
ކޮޅުކެހި
04 September 2023
16މިލިއަން ޑޮލަރަށް ތިކަމެއް ނުނިންމޭނެ. މެންބަރު އީސާ ތިތަނަށް ވަދެގެން އޭނަގެ ތައްޕާހަށް ލާރިކޮޅު ކޮޅާލުމަށް ބިގްފިޝް(މަސްވެރިކަން ކުރާ ބަޔަކަށް) ހަވާލުކޮށްގެން ޖަހާ ސަކަރާތެއް. ދުވަސްކޮޅަކުން ހުއްޓާލާފަ ރައްކާވާނީ. އިންޑިއާ ކުންފުންޏަށް ދޭނެ ފައިސާ ނުލިބިގެން.
ހިދާޔާ މިސް
04 September 2023
ކުރިން ބުނިވާހަކަ 5 ދުވަސް ފަހުން ކެންސަލު
ހިކާ
04 September 2023
ނޮޅިވަރަމައްވެސް އެއާޕޯޓެއް ބޭނުން ކީއްވެ ހުރިހާތަނެއްގަ އަާޅާއިރު ނޭޅޭންވީ
ލިލީ.
04 September 2023
ކާށިދޫ އަައްވެސް އެއަރޕޯޓެއް ބޭނުން
އަޑިކޮންނަ
04 September 2023
"މުޅި ރާއްޖެއާ ވަކިން އޮތް ނަމަވެސް، ރީތި ފަޅަކާއި ފަރަކާ، އެހެން ގޮސް ޓޫރިޒަމަށް އެންމެ ފައްކާ އެއް ތަން،" މިހެންވެދޯ މި ފަސްއަހަރު ތި ހޭދަކޮށްލި މަކުނުދޫ އެކަހެރި ކޮށްލުމުގަ. މިއިބްރާހިމްބެއަށް މަކުނުދޫގައި އެއަރޕޯޓެއްވެސް ރިސޯޓެއްވެސް ނުހެދޭނެ. ނުވެސް ހެދޭނެ.
ކުކުޅޭމާ
04 September 2023
މަމެން ރަށުގާ ބަނދަރާ، ޓަފުދަނޑާ ތާރު އެޅީ މަމެންގެ ޖީބުންނެގި ޖީއެސްޓީ ފައިސާއިން.. މަމެން ރަށުގާ 1500 އެއްހާމީހުން ކޮންމެމަހަކު 12000ރ ޒަރޫރީ ބޭނުންތަކަށް ޚަރަދުވެ ހުސްވި. އޭގެ %8 ޖީއެސްޓީގެ ގޮތުގާވަނީ ސަރުކާރުން ނަގާފަ.އެއީ ކޮންމެ މީހެއްގެއަތުން މަހަކަށް 960ރ ،އަހަރަކަށް 11520ރ. 1500 މީހުން އަތުން އެއީ 17.2 މިލިޔަން އަހަރަކު. 5 އަހަރަށް އެއީ 86.4 މިލިޔަން . ރައްޔިތުން ފެލި މިސަރުކާރަށް އަހަރުން ވޯޓުނުދޭނީ މިހެންވީމާ
ބްރޯސް
04 September 2023
ދެން ތި ހިސާބު ޖަހާލަ ބަލަ ކުރިއަށް އޮތް 5 އަހަރަށް އެހެން ސަރުކާރެއް އަންނާނެކަމަށް ބަލާފައި... ނަންބަރު ތަފާތުވިބާ؟
ކުކުޅޭމާމާ
05 September 2023
މިނިކުފާނު އެކަނިތޯ ޖީ އެސްޓީ ދައްކަނީ.. އިބޫ ނޫނީ މަކުނުދޫ އަށް މިހާ ބޮޑު އިސްކަމެއް ދެއްވި ވެރިއެއް އަދި ނާދޭ.. އެކަން އެދަނީ ފެންނަމުން.. މަކުނުދޫ މެޖޯރިޓީ އިބޫ އަށް ލިބޭނެ.. އިންޝާ ﷲ
އެއްލާލާނަމޭ
04 September 2023
ރައީސް އިބޫ ވައުދުވި މިއަހަރު ޖޫން މަހު ވިލިމާލެ ބްރިޖް ނިމޭނެއޭ އެއިރު ވެސް މަމެން ބުނިން ނުނިމޭނެއޭ އަދި އެއް ތަނބުވެސް ނުނިމޭ ކުޅަދާނައެއް ނޫނޭ 50 އަހަރުން ވެސް އިންޑިއާ އަށް އެބްރިޖް ނިންމަން އެމްޑީޕީ އަކީ ގައުމުގެ މިނިވަން ކަން އިންޑިއާ އަށް ނުވިއްކިގެން ކޮށި އަރައިގަނެގެން އުޅޭ ބައިގަނޑެކޭ އެއަރޕޯރޓް ފެރީގެ އަގު 10 ރުފިޔާ އިން 35 ރުފިޔާ އަށް ވަނީ ބަދަލުކޮށްފައި ރައްޔިތުން ފެލަނީ މިސަރުކާރު ޖެހޭނީ ނަގާ އެއްލާލަން އެއްލާލާ ބޮޑު ވަބާއެކޭ