އޭސީސީގެ ރައީސް އާދަމް ޝާމިލް (މ) އާއި އެ ކޮމިޝަންގެ މެންބަރުން ޕްރެސް ކޮންފަރެންސެއްގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
07 ސެޕްޓެމްބަރ 2023 - 15:04
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން ނުވަނަ ނުދޭން ބުނެ، ރިޝްވަތު ހުށަހަޅާނަމަ އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް އެދިއްޖެ އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކެމްޕެއިން ކުރިއަށްދާއިރު ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
"ކެމްޕެއިން ކުރިއަށް ދާއިރު ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ މީހުން، ވަކި ގޮތަކަށް ވޯޓު ހޯދުމަށް ނުވަތަ ވޯޓު ނުލުމަށް އެއްވެސް ނުފޫޒު ނުފޯރުވުމަށާއި ވަކި މީހަކަށް ވޯޓު ނުލުމަށް ބުނެ ރިށްވަތުގެ ގޮތުގައި ފައިސާ ނުވަތަ ހަދިޔާ ނުދިނުމަށް ދަންނަވަން،" އެސީސީން ބުންޏެވެ.
ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް އެދި ހުށަހަޅައި ހުށަހެޅުންތައް ގަބޫލު ނުކުރުމަށް ވެސް އޭސީސީން އެެދުނެވެ.
މާއްދީގޮތުން ނުވަތަ މާލީ ގޮތުން ފައިދާ ވާނެ ފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އޭސީސީއަށް މައްސަލަ ހުށަހެޅުމަށް ވެސް އޭސީސީން އެދުނެވެ.
ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނާން
08 September 2023
ކަލޭމެނަށް ހުށަހެޅުމެކޭ މަގުމަތީ އެވާހަކަ ދެއްކުމެކޭ ވާނީ އެއްކަމެއް
މުންޖުން
08 September 2023
ރިސްވަތަށްވާނީ ހަމަ އެކަނި ފައިސާތޯ؟
ހަސަން ލަތީފު
08 September 2023
ރިސްވަތު ބަހަނީ ތިޔަބޭފުޅުންގެ ރައީސް! އަވަހަށް ހިފާ މައްސަލަ ބައްލަވާ ރައްޔިތުންނަށް ހާމަކުރައްވާ! ކޮމިސަނަކީ މުސްތަގިލް ތަނެއް އަމިއްލަ އިޚުތިޔާރުގައި މަސައްކަތް ކުރެވޭނެ! ރައްޔިތުން ގޮބޯހައްދަން ނޫޅޭ! ތިޔަ ބޭފުޅުންނަށް މުސާރަދެނީ ރައްޔިތުން މިހާކަންވަރު ހަދާނުގައި ބަހައްޓާ!
ރައްޔިތުންގެ
08 September 2023
ޕޕމ އިން ބަހަނީވެސް ރައްޔިތުންގެ ފައިސާއެވެ.
ދުންމާރިހުސޭނު
07 September 2023
ބޭކާރު ވާހަކަ ދެއްކުން ހުއްޓާލަން އެބަޖެހޭ. ހިގާކަމެއް ހިގާނެ. ނުހިގާކަމެއް ނިހިގާނެ. މިތަނަކު ލާރިބަހާކަމެއްވެސް ނުބަހާކަމެއްވެސް އެގުނަސް އިގެނީއަކީނޫން. އެއްކަމެއްވެސް ނޭގޭނެ ނުވެސް ބެލޭނެ.
އަހުމަދު ޛަލު ކޮއި
07 September 2023
ހުށަހަޅާފަ ހުރި މައްސަލަތައް ނިންމަބަލަ މިކަމާ ނުވެބަލަ އަދި ނުލިބޭ ލޯ ލާރިއެއްވެސް
ކިމް
07 September 2023
ވޯޓަށް ސަރުކާރު މަޝްރޫތައް އޯކޭ؟
ބޮޑުމީހާ
07 September 2023
ހުށަހަޅާފަ ހުރި މައްސަލަތައް ނިންމަބަލަ
ގެދާނޯމޮސް
07 September 2023
ސާބިތު ކުރޭވޭ ވަރުގެ ހެކި ނެތޭބުނާއިރު އޯޑިޔޯ ވީޑިޔޯގެވެސް 200 އެއްހާ މައްސަލަ ވެއްދިއެވެ.
ބޮސް ގެ ބޮސް
07 September 2023
އަދި ކިރިޔާ ނިދިން ހޭލެވުނީތޯ ވާނެ ހައެތި ވެ ނިމުމުން؟
ރަދީފްއޮފިޝަލް
07 September 2023
''އެއްވެސް ކަމެއް ކޮށްފިނަމަ އޭސީސީއަށް މައްސަލަ ހުށަހެޅުމަށް ވެސް އޭސީސީން އެދުނެވެ.'' . މިމީހުންނަށް އެއްވެސް ކަމެއް ނުފެންނާނެ.